ޕާކިން އޭރިއާ ބޮޑުކުރުމުން ރ. އަތޮޅާއި ބ. އަތޮޅުގެ އެންމެ ލަގްޒަރީ ރިސޯޓުތަކަށް ޖެޓުތަކުގައި އަންނަ މަހުޖަނުން ވެސް ވީއައިއޭގެ ބަދަލުގައި މިހާރު ޖެޓު ޕާކުކުރަނީ މާފަރު އެއާޕޯޓުގައި.
މާފަރު އިންޓަނޭޝަނަލް އެއާޕޯޓު. ކުރިއަށް އޮތް ދިހަ ވަރަކަށް ދުވަހު 200 އެއްހާ ޖެޓު ޖައްސާނެ ކަމަށް އެ އެއާޕޯޓުން ލަފާކުރޭ -- ފޮޓޯ: މާފަރު އެއާޕޯޓުް
26 ޑިސެމްބަރ 2025 - 15:02
ރާއްޖޭގެ ޓޫރިޒަމްގެ މި އަހަރުގެ ޕީކް ސީޒަން ފަށާފައިވާއިރު، ނ. މާފަރު އިންޓަނޭޝަނަލް އެއާޕޯޓުގެ ޕްރައިވެޓް ޖެޓް މޫވްމަންޓް 200 އަށް އަރައި، އެ އެ އެއާޕޯޓަށް ޖެއްސި ޖެޓުގެ އަދަދު 800 އަށް އަރާނެ ކަމަށް ބެލެވޭ ކަމަށް މާފަރު އެއާޕޯޓުން މިއަދު ބުނެފި އެވެ.
މާފަރު އެއާޕޯޓު ބޭނުން ކުރަން ފެށީއްސުރެ، ކޮންމެ އަހަރެއްގެ ޕީކް ސީޒަނާ ދިމާކޮށް އެ އެއާޕޯޓަށް ގިނަ އަދަދެއްގެ ޖެޓު ޖައްސަ އެވެ. މާފަރު އެއާޕޯޓުގެ މަތިންދާބޯޓުތަކުގެ ޕާކިން އޭރިއާ މި އަހަރު ދެގުނަ އަށް ބޮޑު ކުރުމުން، އެ ތަނަށް ޖައްސާ ޖެޓުތައް އެހެން އަހަރުތަކަށް ވުރެ ވެސް ވަނީ އިތުރުވެފަ އެވެ.
އެ އެއާޕޯޓުގެ ޖެނެރަލް މެނޭޖަރު މުމްތާޒް އަލީ ވިދާޅުވީ، މި މަހުގެ 20 އިން ފެށިގެން ޖެޓުތައް ޖައްސަމުން އަންނަ އިރު މިވަގުތު ވެސް 15 ވަނަރަކަށް ޖެޓް ޕާކުކޮށްފައި އެބައޮތް ކަމަށެވެ. އަދި އަންނަ އާދިއްތަ ދުވަހާއި ހޯމަ ހިސާބުގައި މާފަރު އެއާޕޯޓަށް ޖައްސާ ޖެޓުތަކުގެ އަދަދު 25 އަށް ވުރެ އިތުރުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"އަންނަ މަހުގެ 10 އަކާ ހަމައަށް ގިނަ އަދަދެއްގެ ޖެޓްތައް އަންނާނެ ކަމަށް ބެލެވޭ،" މުމްތާޒް ވިދާޅުވި އެވެ.
މާފަރު އިންޓަނޭޝަނަލް އެއާޕޯޓުގައި ޕާކުކޮށްފައި ހުރި ބައެއް ޖެޓުތައް. އެ އެއާޕޯޓުގައި ޖެޓުތަކަށް ޕާކު ކުރެވޭ އޭރިއާ މިހާރު ވަނީ އިތުރުކޮށްފައި -- ފޮޓޯ: މާފަރު އެއާޕޯޓުް
މާފަރު އެއާޕޯޓު އޮންނަނީ ހައި އެންޑް ގިނަ ރިސޯޓުތަކެއް އޮންނަ ސަރަހައްދެއްގަ އެވެ. އޭގެ ތެރޭގައި ވެލާ އާއި ސޮނޭވާ ޖާނީގެ ރަންދެލި ރިސޯޓު ހިމެނެ އެވެ.
މާފަރު އެއާޕޯޓުގެ ޕާކިން އޭރިއާ ބޮޑުކުރުމުން، ރ. އަތޮޅާއި ބ. އަތޮޅުގެ އެންމެ ލަގްޒަރީ ރިސޯޓުތަކަށް ޖެޓުތަކުގައި އަންނަ މަހުޖަނުން ވެސް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ބަދަލުގައި މާފަރު އެއާޕޯޓަށް ޖައްސަމުން އަންނަ ކަމަށް މުމްތާޒް ވިދާޅުވި އެވެ.
މިދިޔަ އަހަރު މާފަރު އެއާޕޯޓަށް ޖެއްސީ 579 ޕްރައިވެޓް ޖެޓެވެ. އަދި މި އަހަރު އެ އަދަދު އިތުރުވަނީ އޭޕްރަންގެ ޖާގަ ބޮޑުކޮށް، ޖެޓުތަކަށް ޕާކު ކުރެވޭނެ ޖާގަ އިތުރު ކުރުމުން ކަަމށް މުމްތާޒް ވިދާޅުވި އެވެ.
އޮކްޓޫބަރު މަހުން ފެށިގެން އޭޕްރީލްއާ ހަމައަށް އެ އެއާޕޯޓަށް ގިނަ އަދަދެއްގެ ޖެޓު ޖައްސަ އެވެ.
ފެސްޓީވް އަދި އާ އަހަރާ ދިމާކޮށް ރާއްޖެ އަށް ޗުއްޓީ ހޭދަކުރަން އަންނަ މަހުޖަނުން އިތުރުވާއިރު، ގިނަ އަދަދެއްގެ ޖެޓުތައް ކޮންމެ އަހަރު ވެސް ރާއްޖެ އާދެ އެވެ. މިވަގުތު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ވެސް ގިނަ އަދަދެއްގެ ޖެޓުތައް ވަނީ ޕާކުކޮށްފަ އެވެ. ނަމަވެސް ކުރިއާ ބަލާއިރު މި ފަހަރު އެ އަދަދު އަދި މަދުކަމަށް ވެ އެވެ.
މާފަރު އެއާޕޯޓު ހުޅުވީ 2019 ވަނަ އަހަރު އެވެ. އެ އެއާޕޯޓު ހުޅުވި ފަހުން އެކި މަރުހަލާތަކުގެ މަތިން، އެއާޕޯޓު ބޮޑުކޮށްފައިވެ އެވެ.
އަބޫދާބީ ފަންޑް ފޯ ޑިވެލޮޕްމެންޓް (އޭޑީއެފްޑީ) އިން 60 މިލިއަން ޑޮލަރު ހަރަދު ކޮށްގެން ހެދި މާފަރު އިންޓަނޭޝަނަލް އެއާޕޯޓަށް ހިންގަނީ ސަރުކާރުގެ އެއާލައިން ހިންގާ ކުންފުނި އައިލެންޑް އޭވިއޭޝަނުންނެވެ. މިއީ އޭ320 އާއި ބޮއިން 737 މަރުކާގެ ބޯޓު ފަހަރަށް ވެސް ޖެއްސޭ ފެންވަރުގެ އެއާޕޯޓެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ތިމާވެށި
27 December 2025
ރިސޯޤޓ ތަކަށް އަންނަ ގެސްޓުންގެ ތެރެއިން ރަށްރަށައް ބަލާލަން ދާން ބޭނުން ވާ މީހުންނަށް އެކަން ކޮށްދޭން ވީ އެވެ. ރަށްރަށައް ފައިދާ ވާނެ އެވެ. ކުރީގަ އެކަން ކުރިއެވެ. މިހާރު އެކަމެއް ނުކުރެ އެވެ.
ކޮރަލް
27 December 2025
ދެން އައިލެންޑް އޭވިއޭޝަން އަށް ގެއްލުން ވަނީ ކީއްވެތޯ އެވެ؟ މާފަރު ރައްޔިތުންނަށް ފައިދާ އެއް ވި ތޯ އެވެ.؟
އޮނަރަބަލް ފަރުފުރޭތަ
26 December 2025
ރާއްޖެއަށް މިވަރަށް ޖެޓުތައް ތިރިކުރާއިރު ޑޮލަރުގެ އަގުދަނީ ހައްތަހާ މަތިވަމުން ..20 ރ އަށް ވެސް ޑޮލަރެއް ގަންނާކަށް ނުލިބޭ .
ގަރޭ
26 December 2025
އެމީހުންގެންނަނީ ކުދިގުޅަ
މުރާސިލް
26 December 2025
މާފަރު އެއާޕޯޓަށް ދާދިފަހުން އެމިރޭޓްސް އެއާލައިންގެ 777 ގެ ޢާރު 300 މޮޑެލްގެ މަތިންދާ ބޯޓްވެސް ޓެސްޓް ފުލައިޓް ގެ ގޮތުގައި ޖެއްސިއެވެ.
Hasn Ahmed
26 December 2025
ސްކޫލް އަހަރީ ޗުއްޓީ އަށް މީހުންތައް ރިސޯޓުން ކެނޑެނީ
ބަރަކޫޑާ
26 December 2025
ތީ ހާދަ ދެރަކަމެކޭ މާލޭމީހުން އެތައް ބިލިއަނަކަށް ރަށު އެއާޕޯޓު ބޮޑުކޮށްފަ އާޓާމިނަލް ހެދީމާވެސް ތިގޮތަށް ތިކަން ދިޔާމަ.
އަފީފްބެ
26 December 2025
މާލެއަށް ތިޔަ ލިބޭ ގެއްލުން ފޫބައްދަން މާފަރުން ލިބޭ ޑޮލަރުކޮޅު ސެޕް ތުރޫކޮށް ކޯޑު ބަދަލުކޮށްގެން އަންނަ ޖަނަވަރީ 5 ވަނަ ދުވަހު ކަހާލަން ނިންމައިފިން. މާފަރަށް ތިޔައިން ވާނެ އެއްކަމެއް ނޯންނާނެ. މާފަރު ވެލީގަ ޕޯޓު އޮތަސް މާފަރު ރައްޔަތެއްގެ ކަރުބުޑުގަ ނުލާނެ ތިޔާ ޑޮލަރުގެ އެއްވެސް ރަހައެއް.
ބަދަންފުޅު
26 December 2025
ނ.އަތޮޅު ރަށްރަށް ވިއްކާފަ ފައިސާގަނޑު ގެންގޮސް ކ.މާލެކާރި ފަޅެއް އެހިއްކަނީ، ނ އަތޮޅުމީހުނަށް ކުރިމަތިނުލެވޭ ގޯއްޗަށް.
ބަރަވެލި.
27 December 2025
ބަރަވެލި ބުނާނީ މާތްވެގެންވާ މުޤައްދަސް ރަށްކޮޅު ކ.އަތޮޅު މާލޭ މީހުންގަށް ޓަކައި ނޫންހޭ އަހަރުމެން އެންމެން ދިރިމި އުޅެނީ. އެހެންވީމާ މާލޭ މީހުން އެމީހުންގެ ރަށަށް ޑޮލަރު ކޮޅު ކަހާލުމުގައި އެއްވެސް މައްސަލައެއް ނެތޭ.
އަބްޑޫޅް +
26 December 2025
ޢްޙުރެންވެސް، މަހުޖަނުކަމުން ޕީއެޗުޑީ ސަނަދު ނަގައިގެން އެބަ ދަން.