ވިޔަފާރި / ބީއެމްއެލް

އަލްހާންގެ ކުންފުނީގެ މައްސަލަ ބީއެމްއެލުން އިސްތިއުނާފު ކުރަނީ

ކިންސްގް ކެޕިޓަލް އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން-ފޮޓޯ:މިހާރު

އޮންލައިން ޓްރޭޑް ކުރުމުގެ ނަމުގައި ގިނަ ބައެއްގެ އަތުން ފައިސާ ނެގި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު އަލްހާން ފަހުމީގެ މަސްލަހަތު އޮންނަ ކުންފުނި ކިންގްސް ކެޕިޓަލްގެ އެކައުންޓް ބީއެމްއެލުން ހިފެހެއްޓީ ގާނޫނާ ހިލާފަށް ކަމަށް ސިވިލް ކޯޓުން އިއްޔެ ކުރި ހުކުމް އިސްތިއުނާފު ކުރަން ނިންމައިފި އެވެ.

ބީއެމްއެލުން މިއަދު ބުނީ، އެ މައްސަލަ އިސްތިއުނާފު ކުރަނީ ސިވިލް ކޯޓުން ނިންމި ނިންމުމުގައި ރިއާޔަތްކޮށްފައި ނުވާ ޝަރުއީ އަދި ގާނޫނީ ނުކުތާތަކަށް، އިސްތިއުނާފީ މަރުހަލާގައި ކޯޓުން ރިއާޔަތްކޮށް، އިންސާފުވެރި ނިންމުމެއް ކޯޓުން ނިންމާނެ ކަމަށް އުންމީދު ކުރާތީ ކަމަށެވެ.

ކިންގް ކެޕިޓަލް އިން ސްކީމް ހިންގަމުން ދަނިކޮށް ބީއެމްއެލުން މިދިޔަ އަހަރު އެ ކުންފުނީގެ އެކައުންޓްތައް ޑީއެކްޓިވޭޓްކޮށް، ފައިސާ ހިފެހެއްޓި އެވެ. ކިންގްސް ކެޕިޓަލުން ދައުވާކުރީ އެ އެކައުންޓްތައް ޑީއެކްޓިވޭޓްކުރީ ގާނޫނާ ހިލާފަށް ކަމަށް ކަނޑައެޅުމަށާއި އެކަމުގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލު ހޯދުމަށެވެ.

ސިވިލް ކޯޓުގެ ހުކުމުގައިވާ ގޮތުން ބޭންކާއި ކަސްޓަމަރުންނާ ދެމެދު އެއްބަސްވުން އޮންނަ ގޮތުން ވެސް ބޭންކަށް އިހްތިޔާރު އޮންނާނީ ފައިސާ ބަލައިނުގަތުމަށެވެ. އެކަމަކު އެކައުންޓްގައި ހުރި ފައިސާއެއް ހިފެހެއްޓުމުގެ އިހުތިޔާރެއް ބޭންކަށް އެއްބަސްވުމުގެ ދަށުން ނޯންނަ ކަމަށް އެ ހުކުމުގައިވެ އެވެ.

އެކައުންޓްތައް ހިފެހެއްޓުމާ އެކު، ކުންފުނިން ހިންގި ސްކީމަށް ފައިސާ އިންވެސްޓްކުރި ގިނަ މީހުންނަށް އޭގެ ފަހުން ފައިސާއެއް ނުލިބެ އެވެ.

އެ މައްސަލާގައި ކިންގްސްގެ ހިއްސާދާރުންނާއި އަލްހާންގެ މައްޗަށް މަނީ ލޯންޑްރިންގެ ތުހުމަތުކޮށް، ޖިނާއީ ތަހުގީގެއް ވެސް ދަނީ ހިންގަމުންނެވެ. އެ މައްސަލާގައި ދާދި ފަހުން އަލްހާންގެ އޮފީސް ފުލުހުން ފާސްކޮށް، ފޯނު ވެސް ހިފެހެއްޓި އެވެ.

16 ކޮމެންޓް, 2 ރިއެކްޝަންސް

icon happy icon happy 50%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 50%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

މުނީރު.

26 January 2023

މަރުހަބާ އަލްހާން

The name is already taken The name is available. Register?

އަސްތާ ބަލަ

25 January 2023

މީ ދުނިޔޭގެ ނަބްބަރ 1 ކޯޓުތައް، މިތަނުން ލާރިބް ނުވާނެ ކަމެއް ނޯބްނާނެ، އެއީ މި ރާއްޖޭގެ އިބސާފު އަދި ނުވީތާކަށް ދައުލަތުގެ މައްޗަށް އަމުރުކުރާނެ އަލްހާނަށް ބަދަލު ދޭންވެސް. ޙަހަހަހާ. ޥަގުންނާ ޑްރަގް ލޯޑުބްނަށް އިންސާފުލުބޭ ހަމައެކަނި ގައުމު

The name is already taken The name is available. Register?

LaamuonlineDOTcom

25 January 2023

ކަމުގެބާވަތުން ކޯޓުއަމުރަކާ ނުލާވެސް އެކައުންޓު ފުރީޒްކުރެވިދާނެ، މާނައަކީ އެކައުންޓުން ފައިސާ ނުނެގޭގޮތަޢް "ވަގުތީގޮތުން" ނުވަތަ މައްސަލަ ވަކިގޮތަކަށް ނިމެންދެން ހިފެހެއްޓުން، ނުވަތަ ކޯޓުން ގޮތެއްނިމެންދެން ހިފެހެއްޓުން އަދި މައްސަލަ ދިމާވިއެކައުންޓަށް އިތުރު ފައިސާޖަމާނުކުރެވޭގޮތްހެދުން، ކޯޓުއަމުރުހޯދައިގެން އެކައުންޓު ފުރީޒްކުރަންވާއިރު ޖަރީމާހިންގާބަޔަކު އެކަންކޮށް ނިންމާނެތާ! މިކަމަށްކިޔަނީ ޑީއެކުޓިވޭޓުކުރުމެއްނޫން ފުރީޒްކުރުން

The name is already taken The name is available. Register?

ޙިނި

25 January 2023

މީ ވަގުންގެ ރާއްޖެ، ވަގުންގެ ވެސް ހައްގުތައް އޮންނާނެ

The name is already taken The name is available. Register?

އަހްމަލް

25 January 2023

ތި ބޭންކުން ރައްޔިތުން އަތުން ރެޔާ ދުވާލު ކުރަނީ ވައްކަން! ރަނގަޅު ބޭންކިން ނިޒާމެއް މިގައުމުގަ ގާއިމް ކުރުން މަޖުބޫރު!!

The name is already taken The name is available. Register?

އެމްސް

25 January 2023

ފޮޓޯއިން ފެންނަން އިން އެކަކީ، ކްރެޑިޓް ކާޑަކަށް ފައިސާ ނުދައްކައިގެން ޝަރުޢީ ޙުކުމެއްވެސް އައިއްސަ ހުރި މީހެއް! އޭގަ ކުރީގަ އުޅުނީ ސިޔާސީ ޕާޓީއެއްގަ! ހަމަ ހުސް ރީކޯ!

The name is already taken The name is available. Register?

މޒނ އބދއ ރހމނ

25 January 2023

މިތާ އަލްހާން ދޫކޮށް މިކޭސްގެ ސަބަބުން އާދައިގެ ރައްޔިތުންނަށް ލިބިގެން ދާ ކާމިޔާބަށް ވިސްނާލާ. މަށަކީ އާދައިގެ ރައްޔިތެއް. ވަޒީފާ އަދާކުރި ތަނުން މަށަށް ޖަމާކުރި މުސާރަ ބެންކުން ހިފަހައްޓާ އެކައުންޓް ފްރީޒް ކުރިތާ މިހާރު 1 އަހަރަށް ވުރެ ގިނަ ދުވަސް މިވީ. އިންސާފަށް ޓަކި ނުޖަހާ ދޮރެއް ނެތް. ގާތް ރައްޓެއްސަކު މީހަކު ލައްވާ މަގޭ އެކައުންޓަށް ޖަމާކުރި 11000 ރ ޕޭމަންޓެއް ކާޑު ނެތިގެން އޭނާ ބުނި އެކައުންޓަކަށް ޓްރާންސްފާރ ކުރުމުން ދިމާވި ކަމެއް.

The name is already taken The name is available. Register?

ބހުހ

25 January 2023

ބމލ އިން ކަންތައްކުރީ ރަނގަޅަކަށް ނޫން...ވަކި ބަޔަކު ސްކޭމަށް ވާތީ ދޯ ދެރައީ

The name is already taken The name is available. Register?

ސާލިމް އެންޑް އަޒްކާން

25 January 2023

ހަލީމްބެއާ އަލްހާނާ އެކުއެކީގާ ފެނުނީމާ ހިތަށްވަދެގެންދަނީ ބެޓަރ ކޯލް ސޯލް. ހަމަ އެއްޕުލޮޓެއް ގާތްގަނޑަކަށް މިއޮތީ.

The name is already taken The name is available. Register?

ކޮރުކަނބީ

25 January 2023

ވަގު ސްލިޕް ފޮނުވައިގެން މުދާ ނެގުން ، ޑޮލަރު ގަނެދޭނެ ކަމަށްބުނެ މިލިއަނުން ފައިސާ ނަގާފަ ފިލުން، މި ނޫންވެސް މަކަރާއި ހީލަތުން މިލިއަނުން ނެގުން މިނިވަންކަމާއެކު ހަމަ އެކަނި އޮންނަނީ ސިޔާސީ ކަންކަމަށް ހަޅޭލަވާ މީހުންނަށެވެ. ރިހާކުރު ފުޅި ، ކޮފީ ދަޅު ވަގަށް ނެގުމަކީ ހައްޔަރުކޮށް ޖަލަށްލެވޭ ބޮޑު އަދަބެކެވެ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454