ރިޒް ކާލްޓަންގެ ވިލާ އެއް. އެ ރިސޯޓުގައި 100 ވިލާ ހުރޭ-- ފޮޓޯ: ފަރި އައިލެންޑް
25 މާޗް 2023 - 10:37
ސިންގަޕޫރުގެ ޕޮންޓިއެކް އިން ރާއްޖޭގައި ހެދި ރިޒް ކާލްޓަން އާއި ޕަނީޓާ މޯލްޑިވްސް ރިސޯޓު ހަދަން ނެގި ލޯނު، ގްރީން ލޯނަކަށް ބަދަލުކޮށްފި އެވެ.
ލަގްޒަރީ ހޮޓާތައް ހަދާ ޕޮންޓިއެކް އިން ނެގި 180 މިލިއަން ޑޮލަރުގެ ލޯނު ގްރީން ލޯނަކަށް ބަދަލުކުރީ، ތިމަވެއްޓާ ރައްޓެހި ކޮންސެޕްޓަކަށް އެ ދެ ރިސޯޓް ތަރައްގީކޮށްފައިވާތީ އެވެ. މިދެ ރިސޯޓަކީ ކ. ރަށްފަޅު ހުރާ ފަޅުގައި ހަދާފައިވާ ފަރި އައިލެންޑްގެ ދަށުން ހިންގާ ދެ ރިސޯޓުގައި ބޭނުން ކޮށްފައިވާ ކާބަން މަދުކޮށްދޭ މެޓީރިއަލެވެ.
ރިޒް ކާލްޓަންގެ ވިލާއެއް. އެ ރިސޯޓު ހަދާފައިވަނީ ތިމާވެއްޓާ ރައްޓެހި ކޮންސެޕްޓަކަށް-- ފޮޓޯ: ފަރި އައިލެންޑް
ރިސޯޓުގެ ވިލާތަކުގެ ވެންޓިލޭޝަން ހަދާފައިވަނީ ގުދުރަތީ ވައި ފަސޭހައިން ވަންނަ ގޮތަށެވެ. އެ ރަށުން ވަނީ ރާއްޖޭގެ އެހެން ސަރަހައްދުތަކުން ހެއްދި 20،000 ގަސް އިންދައިފަ އެވެ. އެ ދެ ރިސޯޓުގައި އެއް ފަހަރު ބޭނުންކޮށް އުކާލާ ޕްލާސްޓިކް ބޭނުން ނުކުރާ އިރު އެ ރިސޯޓުގެ ވިލާތަކުގެ ފުރާޅު ހަދާފައިވަނީ ސޯލާ ޕެނަލް ހަރުކޮށްގެންނެވެެ. މިވަގުތު ފަރި އައިލެންޑަކީ ރާއްޖޭގައި އެންމެ ބޮޑު ސޯލާ ޕެނަލް ސިސްޓަމް ހިންގާ ތަނެވެ.
ފަރި އައިލެންޑުން އަންނަނީ މުރަކަ އާލާ ކުރުމާއި، މެރިން ރީސާޗު ހެދުމަށާއި އަންނަ ޓޫރިސްޓުންނަށް މޫދުގެ ދިރުންތައް ހިމާޔަތް ކުރުމާ ގުޅޭ ގޮތުން ހޭލުންތެރިކަމުގެ ޕްރޮގްރާމުތައް ހިންގަމުންނެވެ.
ޕަޓީނާ މޯލްޑިވްސް. އެ ރިސޯޓުގައި 90 ވިލާ ހުރޭ-- ފޮޓޯ: ފަރި އައިލެންޑް
އެ ރިސޯޓު ތަރައްގީ ކުރި ޕެންޓިއެކް އިން ގްރީން ލޯނު ނަގާފައިވަނީ ތިން ބޭންކެެއް މެދުވެރިކޮށެވެ. އެއީ ސިންގަޕޫރުގެ ޑީބީއެސް، އެޗްއެސްބީސީ އާއި ޔޫއޯބީ އެވެ. މިއީ ރާއްޖޭގައި ވެސް ރިސޯޓަކުން ގްރީން ލޯނެއް މެދުވެރިކޮށް ހެދި ފުރަތަމަ ރިސޯޓެވެ.
ޕޮންޓިއެކްގެ ސީއީއޯ ޑޭވިޑް ސަންގް ވިދާޅުވީ، އެކުންފުނިން ރިއަލް އެސްޓޭޓް މަސައްކަތްތަކުގައި ދުރު ރާސްތާއަށް ހާއްސަ އިސްކަމެއް ދޭ ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި ވެސް ޕްރޮޖެކްޓްތަކުގައި ދެމެހެއްޓެނެވި ގޮތަކަށް އިމާރާތްތައް ހެދުމަށް އިސްކަން ދޭ ކަމަށް އޭނާ ވިދާޅުވި އެވެ.
ފަރި އައިލެންޑު ހެދުމަށް ނެގި ލޯނު ގްރީން ލޯނަކަށް ބަދަލުވި އިރު އެ ރިސޯޓުތަކަށް ވަނީ އިންޓަނޭޝަނަލް ފައިނޭންސް ކޯޕަރޭޝަން (އައިއެފްސީ) އިން އިންޓަނޭޝަނަލް ގްރީން ބިލްޑިން ސްޓޭޑާޑް ސެކްފިކޭޝަން ވެސް ދީފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވޯލް
27 March 2023
ރާއްޖޭގެ ތިމާވެށްޓަށް ބޮޑު ގެއްލުންތަކެއް ލިބޭގޮތަށް ފަޅެއް ހިއްކާގެން ރިސޯޓެއް ހެދުމުން، އެތަން ހަދަން ނެގި ލޯނު މި ބައްދަލުވި "ތިމާވެށީގެ ލޯނަކަށް"؟؟؟؟ ކޮންމެ ކަމެއްގައިވެސް ހަމަ ކޮރަޕްޝަން މި އޮންނަނީ.
ގފދ
26 March 2023
ލޯނު ގްރީން ވީމަ ކިހިނެއްތަ ވަނީ.
ގިރިޓީ
26 March 2023
ދިރުންތައް އަލުން އާލާކުރަންކުރާ މަސައްކަތަށް އައްސަރި ބަހާ ސާބަސް. ތިޔަ ތަނުގަ ފަޅެއް އޮވެގެން އޭގައި ދިރުން ހުރިކަންވެސް ނޭނގެތިބެ ހޮޅުއަށީގައި އަތް އުރާލައިގެން ޔޯލަ ވާހަކައިގަ ތިބެ އެބަ ދައްކާ... މަސައްކަތެއް ކޮށްގެން އެ ފަޅުގައި ހުރި އެއްޗެއް ބަލާފާ، އޭގެ ބޭނުން އިޤްތިޞާދީ ގޮތުން ކުރާނޭ ގޮތް ޕްލޭންކޮށްފައި އައިސް ސަރުކާރަށް އޮއްޓަރު ހުރި އެއްޗެއް ހުށަހެޅިނަމަ އެތަން ހިއްކާފަ އާމްދަނީ ލިބޭ ގޮތަކަށް ދޫކޮށްނުލާނެ ސަރުކާރެއްވެސް.
ަސދދަ
26 March 2023
ދެން ގްރީން އެވޯޑް ދޭންޖެހޭނީ އައްޑޫ ހިތަދޫ ފުއްޓަރު ހިމާޔަތްކުރަން އުޅޭ މޓސސ އަށް. 300 އަހަރުވެފައި ހުރި ބޮޑެތި އާނު ގަނޑުތައް ބީޗުން ނަގައި އެއިގެ ބަދަލުގައި 50 އަހަރުވަންދެން ހަލާކުނުވާނެކަމަށް ބުނާ ވެލިބަސްތާތަކެއް ޖައްސައި މުޅިތަން ހަލާކުކޮށްލައިފި. އެބުނާ ބަސްތާތައް މިހާރުވެސް ހުރީ ފަޅައިގެން ގޮސްސަ. މިއީ ކިހިނެއް ހިނގާ ގައުމެއް.
ހުސެންް
25 March 2023
މަލޭގެ ފަޅުތެރެއަށް ގުރީން އެވޯޑު ދިނުން ތިއަށްވުރެ މާހައްގު. އެތަން އެއޮންނަނީ ޕުލާސްޓިކު ފުޅިއާއި ކުނިން ފުރިފަ. މިރާއްޖޭގައުޅޭ ތިމާވެށީގެ ޗެމްޕިއަނުންނަކަށް އެތަނެއް ނުފެނޭ. އެންމެން ނިދާފަ، ސިޔާސީކަންކސމުގަ.
މަންޑާ ޓްރަސްޓް
25 March 2023
ފަރެއް ފުނޑާލާމަ ރަށްތަށް ހެދީމަ އެ ވަނީ ގްރީން
އެމްސް
25 March 2023
ރާއްޖޭގެ ހުރިހާ ރަށްތަކެއް ބޭރުގެ އިންވެސްޓަރުންނަށް 100 އަހަރަށް ކުއްޔަށްދީ ހުސްކޮށްލީމަ އަންނަން އޮތް ޖީލަށް އެއްވެސް އެސެޓެއް މިޤައުމުން ބާކީވާނެބާ؟
ނުވާނެ
26 March 2023
ނުވާނެތާ އަހަރެމެން މިތިބެނީ އަމިއްލަސިކުނޑި ނިންދަވާފަ ސިޔާސީވެރިން ބުނިހާއެއްޗަކަށް އަތްޖަހަންވިއްޔަ!
ކޮރަލް
25 March 2023
މިހާރު ރިސޯޓް ތަކުން ދިވެހީންނަށް ލިބެނީ ވ މަދު މަސައްކަތެކެވެ. އައިޓީ ކަހަލަ މަސައްކަތް ތަކަށް ބިޒްނަސް ވިސާ ގައައިސް މަސައްކަތް ނިންމާ އިންޑިޔާ ނޫނީ ލައްކާ ގްރޫޕް ތައް ޑޮލަރު ކޮޅު ހިފައިގެން ދަނީ އެވެ.
އަސޭލ
25 March 2023
ކޮބާތަ ކިކޮނަމިކް މިނިސްޓުރީ، މިތާގެ ޕުރޮޖެކްޓުތަކައް އެބަ ބިޑިޑުކުރޭ އިންޑިޔާ ލަނަކާ ކުނަފުނިޓައް. މީތާ ކުދިވިޔަފާރިތައް ހިމާޔަތްކުޔާކޮތަކީ. ލަނަކާމީހުން ޓިކެޓު ކަނަޑާލަިގެއް އެބައާދޭ މިތާ ގެޒެޓުކުރާ ސަރުކާރު ބިޑުތަކައް
އަސޭލ
25 March 2023
ފަޅެއްގެ ހުރިހާ ދިރުމެއް ނައްތާލީމަ ކިޔާނީ ގުރީން އެއް ނޫން، އެޔައް ކިޔާނީ މެރައިން ޖެނެސައިޑް.
ފަރީޝާ
25 March 2023
އެފަޅުގަ ހެއްދެވިޙާ ދިރުންތަށް ނައްތާލައިގެން ހިއްކައިގެން ހެދި ތަނަކަށް ގްރީން ލޯން ލިބުނުގޮތް ބަލަން އެބެޖެހޭ. މިއީހަމަ ޖޯކެއް!