ވިޔަފާރި

ބޭފެންސީން ގެނެސްދެނީ ހިތްފަސޭހަ, ތަފާތު ލަގްޒަރީ ދިރިއުޅުމެއް

ބޭފެންސީ ރެޒިޑެންސް ހުންނާނެ ގޮތުގެ ކުރެހުން.

15 ޖެނުއަރީ 2025 - 13:44

ހުޅުމާލެ ފޭސް ދޭއްގައި މިހާރު އިމާރާތްކުރަން ފަށާފައިވާ ބޭފެންސީ ރެޒިޑެންސް އަކީ ލަގްޒަރީ ދިރިއުޅެއް ބޭނުންވާ ފަރާތްތަކަށް އަމާޒުކޮށް, ސިންގަޕޫރުގެ ކުރިއަރާފައިވާ އާކިޓެކްޗަރަލް އެސްތެޓިކްސްތައް ހިމަނައިގެން ފަރުމާކުރަން ހަމަޖެހިފައިވާ ތަނެކެވެ. އެ ތަނަކީ ރާއްޖެ އާއި ސިންގަޕޫރު, މެލޭޝިއާ އަދި ޗައިނާގައި ހަދާފައިވާ ލަގްޒަރީ އެކި އެޕާޓްމަންޓް ކޮމްޕްލެކްސްތައް ދިރާސާކުރުމަށް ފަހު ރާއްޖެއާ އެންމެ ގުޅޭ ޑިޒައިނަށް, ގުދުރަތީ ހިތްގައިމުކަން ވެސް ލިބޭނެ ގޮތަށް ވިސްނުން ބަހައްޓައި ފަރުމާކުރަން ނިންމާފައިވާ ތަނެކެވެ.

ރާއްޖޭގައި އާއްމުކޮށް ހުރި ލަގްޒަރީ އެޕާޓްމަންޓް ކޮމްޕްލެކްސްތަކާ ހިލާފަށް, ކޮންމެ ފްލޯއެއްގެ ކޮންމެ އެޕާޓްމަންޓެއްގައި ވެސް ޖާގަ ތަނަވަސް ބޮޑު ބެލްކަންޏަކާއި އަމިއްލައަށް ތަރުކާރީ ހައްދާނެ ހައިޑްރޯޕޮނިކް ވެޖިޓަބަލް ޔުނިޓެއް ވެސް ހުންނާނެ އެވެ. އަދި އެންމެ ފަހުގެ ޓެކްނޮލޮޖީ ބޭނުންކޮށް ތަނުގެ ސެކިއުރިޓީ ބެލެހެއްޓުމުގެ އިތުރުން އެޕާޓްމަންޓުތަކުގައި އޭސީން ފެށިގެން ބޮކިތަކާއި ޓީވީތަކަށް ބޭނުންކުރެވޭނެ ސްމާޓް ހޯމް ސިސްޓަމް ގާއިމުކުރާނެ އެވެ.

އަދި އެ ތަނަކީ އެންމެ ޕްރިމިއަމް ހިދުމަތް ލިބެން ހުންނާނެ ތަނަކަށް ހެދުމުގެ ގޮތުން ބަޓްލާ ސާވިސް ވެސް ދިނުމަށް ވަނީ ހަމަޖެހިފަ އެވެ.

ބޭފެންސީ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ވޮންކާ ޗެން ވިދާޅުވީ ބޭފެންސީ ރެޒިޑެންސްގެ ފައުންޑޭޝަނުން ފެށިގެން އިމާރާތްކޮށް ނިމެންދެން އެ ތަނަކީ އެންމެ މަތީ ފަންތީގެ ދިރިއުޅުން ހޯދޭނެ ތަނެއްކަން ކަށަވަރުކުރަން ކޮލެޓީ ދަމަހައްޓައި ޔަގީންކުރަން ގިނަ މަސައްކަތްތަކެއް ކުރާނެ ކަމަށެވެ. އެކަމުގެ އެންމެ ފުރަތަމަ ފިޔަވަޅުގެ ގޮތުން ތަނުގެ ޑިއުރަބިލިޓީ ޔަގީންކުރުމަށް ޕައިލް ފައުންޑޭޝަން އަޅަން ފަށާފައިވާ ކަމަށް ވިދާޅުވި އެވެ. މިއީ އިމާރާތުގެ ބަރުދަން ރަނގަޅަށް ބިމުގައި ހިފަހައްޓައި ސްޓެބިލިޓީއަށް އިތުރަށް ބަރު ދިނުމުގެ ގޮތުން ކުރާ ކަމެކެވެ.

ވޮންކާ ވިދާޅުވީ ބޮޑެތި ވިޔަފާރިވެރިންނާއި ރާއްޖޭގައި ލަގްޒަރީ ދިރިއުޅުމެއް ބޭނުންވާ ދިވެހިންނާއި ބިދޭސީންގެ އިތުރުން ރާއްޖެއިން އެޕާޓްމަންޓު ގަންނަން ބޭނުންވާ ބޭރުގެ ފަރާތްތަކަށް އަމާޒުކޮށް ހަދާ ބޭފެންސީ ރެޒިޑެންސަކީ ރައްކާތެރިކަމާއި ޕްރައިވެސީ ޔަގީންކޮށްދިނުމަށް ގިނަ ފިޔަވަޅުތަކެއް އަޅާނެ ތަނެއް ކަމަށެވެ.

ބޭފެންސީ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ވޮންކާ ޗެން.

"ގިނަ ލަގްޒަރީ އެޕާޓްމަންޓުތަކުގައި ކޮމާޝަލް ޔުނިޓްތަކެއް ހުރުމަކީ ރެޒިޑެންޓުންގެ ޕްރައިވެސީ ގެއްލުމަށް މެދުވެރިވެދާނެ ކަމެއްގެ ގޮތުގައި ބެލެވޭތީ އަޅުގަނޑުމެން މި ތަން މި ހަދަނީ އެއްވެސް ކޮމާޝަލް ޔުނިޓުތަކެއް ނުލާ. އެކަމަކު ރެޒިޑެންޓުންނަށް ބޭނުންވާ ހިދުމަތްތައް ފަސޭހައިން ފޯރުކޮށްދޭން ޖެހިގެން އޮތް ޕްލޮޓް ވާނީ ނަގާފައި، ކޮމާޝަލް ތަންތަން ހަދަން." އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އެ ތަން ހަދައި ނިމޭއިރު, ތަނުގެ ލޮބީއަށް ވަދެވުމުން ވެސް އެ ތަނަކީ ތަފާތު, ހައިއެންޑް ތަނެއްކަން އިހުސާސްކުރެވޭނެ އެވެ.

"އަޅުގަނޑުމެން ލޮބީ އޭރިއާ ވެސް މި ހަދަނީ 6.6 މީޓަރުގެ އުސް ސީލިންއަކާ އެކު. ޖުމްލަ 150 އަކަމީޓަރުގެ ބޮޑު ލޮބީއެއް މިއީ. ބޭނުން ވަނީ ވަންނަ އިރު, ފައިވް ސްޓާ ހޮޓަލަކަށް ވަދެވޭ ފަދަ އިހުސާސްތަކެއް ކުރެވެން،" އޭނާ ވިދާޅުވި އެވެ.

ބޭފެންސީ ރެޒިޑެންސް އަކީ ޖުމްލަ 18 ބުރީގެ އިމާރަތެކެވެ. އާއްމުކޮށް ހުންނަ ރެޒިޑެންޝަލް އިމާރާތްތަކާއި ހިލާފަށް އެ ތަނުގެ ހުރިހާ ޝެއާޑް އެމެނެޓީޒްތަކެއް ހުންނާނީ 17 ވަނަ ބުރީގައި ކަމަށް ވޮންކާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން ދެ ވަނަ ފްލޯގައި ރެޒިޑެންޓުންގެ ފެސިލިޓީތައް ނުހަދައި 17 ވަނަ ފްލޯގައި ހުރިހާ ފެސިލިޓީތަކެއް މި ހިމެނީ ހިތްގައިމު ވިއުއަކާ އެކު އެ ފެސިލިޓީތައް އެންޖޯއި ކުރުމުގެ ފުރުސަތު ދޭން. އަޅުގަނޑުމެންގެ ރެޒިޑެންޓުންނަށް އެ ތަނުގެ ދިރިއުޅުން އިތުރަށް ފުރިހަމަކޮށް ދިނުމަށް އެންމެ ފުރިހަމަ ވަސީލަތްތައް ގާއިމުކޮށްދޭނަން،" އޭނާ ވިދާޅުވި އެވެ.

ބޭފެންސީގެ 17 ވަނަ ފްލޯގައި ގާއިމުކުރަން ހަމަޖެހިފައިވާ ފެސިލިޓީތަކުގެ ތެރޭގައި ސުވިމިން ޕޫލަކާއި ކުޑަކުދިންނަށް ހާއްސަ ޕްލޭ އޭރިއާއަކާއި ޖިމަކާއި ޔޯގާ ރޫމެއް އަދި ކިޑްސް ޕްލޭ އޭރިއާއެއް ހިމެނެ އެވެ. އޭގެ އިތުރުން އެ ތަނުގައި ލައިބްރަރީއަކާއި ބިލިއާޑް އޭރިއާއެއް އަދި ބާބަކިއު ހެދޭނެ ޖާގައަކާއި އިވެންޓުތަކަށް ހާއްސަ މަލްޓި ޕާޕަސް ހޯލަކާއި ކޮންފަރެންސެއް ރޫމެއް ހަދަން ވެސް ވަނީ ނިންމައިފަ އެވެ.

އެންމެ ޕްރީމިއަމް ވަސީލަތްތަކާ އެކު, އެންމެ ފެންވަރު ރަނގަޅު ތަކެތިން އިމާރާތްކުރާ އެ ރެޒިޑެންޝަލް ކޮމްޕްލެކްސް އަކީ ގުދުރަތީ ރީތިކަން ވެސް އިހުސާސްކުރެވޭނެ ގޮތަށް އިމާރާތްކުރަން ހަމަޖެހިފައިވާ ތަނެކެވެ.

"މި ތަނަކީ ވަރަށް ހިއުމަން ސެންޓްރިކްކޮށް ފަރުމާކުރަން ހަމަޖެހިފައިވާ ތަނެއް. މި ތަނުގައި އެންމެ ތަފާތު ވާނީ އިމާރާތުގެ އުސްމިނަށް, ދިގަށް ހައްދާ ގާޑަން. އެއީ އެ ތަނުގައި ދިރިއުޅޭ މީހުންގެ ހިތްފަސޭހަކަމާއި ދުޅަހެޔޮކަމަށް ހައްދާ ގާޑަންއެއް." އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެއް ބެޑްރޫމުން ފެށިގެން 1+3 ބެޑްރޫމާއި ހަތަރު ޕެންޓްހައުސް ހިމެނޭ ގޮތަށް ހަދާ އެ ރެޒިޑެންޝަލް އިމާރާތުގެ މަސައްކަތްތައް ކަނޑައަޅާފައިވާ ޝެޑިއުލާއި އެއްގޮތަށް ކުރިއަށް ދާ ކަމަށެވެ.

"އަޅުގަނޑުމެންގެ ކުންފުނީގެ އެންމެ ބޮޑު އެއް އަމާޒަކީ ވަގުތަށް މަސައްކަތްތައް ނިންމުން. މީގެ ކުރިން ފަސް މިލިއަނެއްހާ އަކަފޫޓުގެ ބޮޑެތި މަސައްކަތްތަކެއް ވެސް އަޅުގަނޑުމެން ވާނީ ނިންމާފަ. އޭގެ ތެރޭގައި ޗައިނާގައި ހެދި 650,000 އަކަފޫޓުގެ ރާންޑާ ވިލާސް އާއި 150,000 އަކަފޫޓުގެ ރާންޑާ ޕާކާއި ދެ މިލިއަން އަކަފޫޓުގެ ރާންޑާ އިންޓަނޭޝަނަލް ހިމެނޭނެ. އެ ޕްރޮޖެކްޓުތަކަކީ ފަސް އަހަރެއްހާ ދުވަހުގެ ތެރޭގައި ކަނޑެޅި ޝެޑިއުލަށް ނިންމި ތަންތަން. އެހެންވެ, މި އެޕާޓްމަންޓް ކޮމްޕްލެކްސް ވެސް ވަގުތަށް ނިންމޭނެ ކަމުގެ ޔަގީންކަން އެބަ އޮތް،" އޭނާ ވިދާޅުވި އެވެ.

ވޮންކާ ވިދާޅުވި ގޮތުގައި ތިން އަހަރު ދުވަހުގެ މުއްދަތުގެ ތެރޭގައި ނިންމަން ހަމަޖެހިފައިވާ ބޭފެންސީ ރެޒިޑެންސްގެ މަސައްކަތްތައް ވަރަށް ބާރު ސްޕީޑުގައި މިހާރު ކުރިއަށް އެބަދެ އެވެ.

"އަޅުގަނޑުމެންނަށް މި ތަން ވިއްކަން ފެށޭނީ 20 ޕަސެންޓަށް ނިމުމުން. ގާތްގަނޑަކަށް އެޕްރިލް މަހު 20 ޕަސެންޓަށް މަސައްކަތްތައް ނިންމޭނެ ކަމަށް ބެލެވޭ. އޭގެ ކުރިން ވެސް މި ތަނަށް ޝައުގުވެރިވާ ފަރާތްތަކަށް މި ދަނީ ބައްދަލުކުރަމުން." އޭނާ ވިދާޅުވި އެވެ.

ބޭރުގެ ބޮޑެތި ޕްރޮޖެކްޓުތަކުގެ ތަޖުރިބާއާ އެކު ބޭފެންސީން ރާއްޖޭގައި އިމާރާތް ކުރާ ލަގްޒަރީ އެޕާޓްމަންޓް ކޮމްޕްލެކްސް އަކީ މުއްސަނދި ދިރިއުޅުމަކަށް ބޭނުންވާނެ ހުރިހާ ސިފަތަކެއް އިމާރާތުގައި ހިމަނައިގެން ފަރުމާކުރާ ތަނެކެވެ. މި ތަނުން ގުދުރަތީ ހިތްގައިމުކަމާއި އެކު މަތީ ފަންތީގެ ދިރިއުޅުމެއް ތަޖުރިބާކުރުމުގެ ފުރުސަތު ލިބޭނެ އެވެ.

ނޯޓު: މިއީ ބޭފެންސީގެ އެޑްވަޓޯރިއަލް އާޓިކަލްއެކެވެ.

0 ކޮމެންޓް, 20 ރިއެކްޝަންސް

icon happy icon happy 25%
icon sad icon sad 0%
icon angry icon angry 45%
icon wow icon wow 15%
icon inlove icon inlove 15%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454