30 މާޗް 2025 - 12:39
ފުޅާ ދާއިރާއެއްގައި ކޮސްމެޓިކްސް ވިއްކާ ޕްލާޒާ އެންޓަޕްރައިޒަސްއިން ރަސާސީ އަދި ރޭހާގެ އާ ސެންޓު ތަރާފްކޮށްފި އެވެ.
ރަސާސީ ހަވާސް ފަޔަ އަދި ރޭހާން ލަޔަން އާއި ރޭހާން ކްރިމްސަން އަކީ ދާދި ފަހުން މާކެޓަށް ނެރުނު ސެންޓުތަކެކެވެ. ރަސާސީ ހަވާސް ފަޔަ އަކީ އަންހެނުންނާއި ފިރިހެނުންނަށް ވެސް ބޭނުން ކުރެވޭނެ ހިތްގައިމު އެރޮމެޓިކް އެކުއެޓިކް ސެންޓެކެވެ. ރޭހާން ލަޔަން ސެންޓަކީ ފިރިހެނުންނަށް ހާއްސަ، ވަސް ގަދަ, ސްޕައިސީ ސެންޓެކެވެ. ރޭހާން ކްރިމްސަން އަކީ ދެ ޖިންސުގެ މީހުންނަށް ވެސް ބޭނުން ކުރެވޭނެ ސްޕައިސީ ނޯޓްސްތަކެއް ހިމެނޭ ސެންޓެކެވެ.
ރަސާސީ އަކީ 1979 ގައި ދުބާއީގައި ތައާރަފްކުރި ސެންޓު ބްރޭންޑެކެވެ. އެ ބްރޭންޑުން "ހަވާސް" ލައިނުގެ ސެންޓު މާކެޓަށް ފުރަތަމަ ނެރުނީ 2016 ވަނަ އަހަރު އެވެ. އޭގެ ފަހުން އެ ލައިންގެ އެކި ސެންޓު އެ ބްރޭންޑުން ދަނީ ތައާރަފް ކުރަމުންނެވެ. އޭގެ ތެރޭގައި އަންހެނުންނަށް ހާއްސަ ސެންޓާއި ފިރިހެނުންނަށް ހާއްސަ ސެންޓު އަދި ދެ ޖިންސުގެ މީހުންނަށް ހާއްސަ ސެންޓު ހުރެ އެވެ.
މި ސެންޓުތަކުގެ އިތުރުން ޕްލާޒާއަށް "ޓަބީޒް"ގެ ގޯމަންޑް ކަލެކްޝަން ވެސް ވަނީ ތައާރަފްކޮށްފަ އެވެ. އޭގެ ތެރޭގައި ބަބްލްގަމް, ޗޮކްލެޓް ފަޖް, ކުކީޒް އެންޑް ކްރީމް, ކޮޓްން ކޭންޑީ, ސްޓްރޯބެރީ ޗީޒްކޭކް އަދި ޔުނިކޯން ވެނީލާ ހިމެނެ އެވެ.
ޕްލާޒާ އަކީ ފުޅާ ދާއިރާއެއްގައި، މަގުބޫލު އެކި ވައްތަރުގެ ސެންޓާއި ކޮސްމެޓިކްސް ވިއްކާ ފިހާރައެކެވެ. އެތަނުން ނަސީމް ބްރޭންޑުގެ ސެންޓާއި ދުބާއީގެ މަޝްހޫރު "ފްރެގްރެންސް ވޯލްޑް"ގެ ސެންޓާއި އަތަރު ލިބޭނެ އެވެ. އަދި މަޝްހޫރު ޑިޒައިނާ ބްރޭންޑުތައް ކަމަށްވާ ވައިއެސްއެލް, ޝަނެލް, ޑިއޯ, އަރްމާނީ ފަދަ މަގުބޫލު ގިނަ ބްރޭންޑުތަކުގެ ސެންޓު ހުރެ އެވެ. އަދި މި ތަނުގައި ކޮރެއަން ސްކިންކެއާ އާއި އޯލަ ޕްލެކްސް އަދި ޝިއާ މޮއިސްޗާ ފަދަ މަގުބޫލު ބްރޭންޑުތަކުގެ ހެއާ ކެއާ ޕްރޮޑަކްޓުތައް ވެސް ހުރެ އެވެ.
ޕްލާޒާއިން ބުނީ މި ތަނުގެ ޕްރޮޑަކްޓުތަކަކީ 100 ޕަސެންޓު އޮރިޖިނަލް ޕްރޮޑަކްޓުތަކެއްކަމަށާއި މަނީ ބެކް ގެރެންޓީ ވެސް ކަސްޓަމަރުންނަށް ދޭ ކަމަށެވެ.
ޕްލާޒާގެ ފިހާރަ މާލޭގެ ރަށް ދެބައި މަގުގައި އަދި މަޖީދީ މަގުގައި ހުރެ އެވެ. އަދި އައްޑޫގައި ވެސް ޕްލާޒާގެ ފިހާރަ ހުރެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޒިކީ
31 March 2025
މައި ފޭވް
ޢައްޔާ
30 March 2025
ލަޔަން ފުޅި ހަބޭސް
ޟުސް
01 April 2025
ކިހާވަރަކައް އަގު
ފާއު
30 March 2025
ޕްލާޒާ އޮން ފަޔާ