02 ޖޫން 2025 - 11:32
ލެކްނޯ ބްރޭންޑުގެ އުފެއްދުންތައް ރާއްޖެއަށް އެތެރެކޮށް ވިއްކާ އެމްޔޫސްޓޯރުން ބޮޑު އީދާ ދިމާކޮށް ލެކްނޯ ޖޫސްޕެކެޓަށް ހާއްސަ ޕްރޮމޯޝަނެއް ފަށައިފި އެވެ.
"ބޮޑު އުފާ"ގެ ނަމުގައި ފެށި މި ޕްރޮމޯޝަނަށް ހުށަހަޅާފައި ވަނީ ނަސީބުވެރި 10 ފަރާތަކަށް ރާއްޖޭގެވައިގެ ދަތުރުތައް ކުރާ މަންޒިލުތަކުގެ ތެރެއިން އެއް މަންޒިލަކަށް ދަތުރުކުރެވޭނެ ޑޮމެސްޓިކް ޓިކެޓެވެ. އަދި ނަސީބުވެރި އެއް ފަރާތަކަށް ބޮޑު އިނާމެއްގެ ގޮތުގައި ހާއްސަ އިނާމެއް ލިބޭނެ އެވެ.
ޕްރޮމޯޝަނާ ގުޅޭ ހާއްސަ ސޯޝަލް މީޑިއާ ޕޯސްޓެއް.
މި ޕްރޮމޯޝަނުގައި ބައިވެރިވެވޭނީ އެއް ލީޓަރުގެ ހަތަރު ލެކްނޯ ޖޫސްޕެކެޓު ގަނެގެންނެވެ. ޕްރޮމޯޝަނުގައި ބައިވެރިވުމަށް ޖޫސް ޕެކެޓުގައި ހިމެނޭ ކިއުއާރު ކޯޑު ސްކޭނުކުރުމުން ލިބޭ ލިންކަށް ހަތަރު ޖޫސްޕެކެޓު ގަތް ކަމުގެ ރިސީޓާއި ނަމާއި ގުޅޭނެ ނަމްބަރު ހުށަހަޅަން ޖެހޭނެ އެވެ.
މި ޕްރޮމޯޝަން ކުރިއަށް ދާނީ މި މަހުގެ ނިޔަލަށެވެ. އެމްޔޫ ސްޓޯރުން ބުނީ ލެކްނޯ ޖޫހަކީ އާއިލާތަކާއި ރައްޓެހިންގެ މެދުގައި ބާއްވާ ހާއްސަ އެކި އެއްވުންތަކުގައި މަގުބޫލު ޖޫހަކަށް ވާއިރު، މިއީ އީދުގައި މި ޖޫސް ޕެކެޓު ގަންނަ ފަރާތްތަކަށް ހާއްސަ އިނާމެއް ހޯދުމުގެ ފުރުސަތު ދިނުމުގެ ގޮތުން ކުރިއަށް ގެންދާ ޕްރޮމޯޝަނެއް ކަމަށެވެ.
އެމްޔޫ ސްޓޯރުން އެތެރެކޮށް ވިއްކާ ލެކްނޯ ޖޫހުގެ ގިނަ ވައްތަރުތަކެއް ހުރެ އެވެ. އޭގެ ތެރޭގައި ކްރޭންބެރީ، މިކްސްޑް ފްރޫޑް، މެންގޯ، ޕައިންއެޕަލް، އެޕަލް އަދި އޮރެންޖު ހިމެނެ އެވެ. ލެކްނޯގެ އުފެއްދުންތައް މާލޭގެ އިތުރުން ރާއްޖޭގެ އެކި ހިސާބުތަކުގެ ރީޓެއިލް ފިހާރަތަކުން ގަންނަން ލިބޭނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy