14 ޖުލައި 2025 - 15:24
ހުޅުމާލެ 1 ގައި އެމްއޯޔޫ ސްޓޯރުގެ އާ ފިހާރައެއް ހުޅުވައިފި އެވެ.
އެ ކުންފުނިން އެތެރެކޮށް ވިއްކާ މަޝްހޫރު އެކި ބްރޭންޑުތަކުގެ އުފެއްދުންތައް، ހުޅުމާލެ ހިތިގަސް މަގުގައި ހުޅުވި މި ފިހާރައިން ރީޓެއިލްކޮށް ގަންނަން ލިބޭނެ އެވެ. އެތަނުގައި އެމްޔޫ ސްޓޯރުން ވިއްކާ "އޮލިޓާލިއާ" ބްރޭންޑުގެ އޮލިވް އޮއިލް އާއި "ލެކްނޯ" ކިރު އަދި ޖޫހާއި އިންޑޯ މިލްކާއި "ގުޑް މޭޓް" ބްރޭންޑުގެ އޯޓް މިލްކާއި "ޕިއާލޭ" ބްރޭންޑުގެ ޕާސްތާގެ އިތުރުން ޗިކަން ނަގެޓްސް އަދި ޕަފް ޕޭސްޓްރީ ފަދަ ފްރޯޒަން ޕްރޮޑަކްޓުތައް ވެސް ހުރެ އެވެ.
މި ފިހާރަ އަކީ ހުޅުމާލޭގައި ދިރިއުޅޭ ފަރާތްތަކަށް އެމްޔޫ ސްޓޯރުން ވިއްކާ ޕްރޮޑަކްޓުތައް ފަސޭހައިން ލިބޭނެ ގޮތް ހަދަން ހުޅުވި ތަނެއް ކަމަށް އެ ކުންފުނިން ބުންޏެވެ. މިއީ އެ ކުންފުނިން ހުޅުމާލޭގައި ހުޅުވި ދެ ވަނަ ފިހާރަ އެވެ.
އެމްޔޫ ސްޓޯރުގެ ފިހާރަތައް މާލޭގައި ވެސް ހުރެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy