މުބީންގެ ފެއާވެލްގައި ކޭކް ފަޅަނީ --
17 ޖުލައި 2025 - 14:23
ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ (އާރްއޭސީއެލް) އުވާލައި އެމްއޭސީއެލްގެ ދަށަށް ގެންދިއުމުގެ މަސައްކަތް ކުރާއިރު އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު މުބީންގެ ފެއާވެލް ޕާޓީ ބާއްވައިފި އެވެ.
މުބީން "މިހާރު" އަށް ވިދާޅުވީ، ޑޮމެސްޓިކް އެއާޕޯޓްތައް ހިންގާ އާރްސީއެލް އުވާލުމަށް ލިކުއިޑޭޝަން ޕްރޮސެސް ވަރަށް ބާރަށް ކުރިއަށް ގެންދާ ކަމަށެވެ. އެ މަސައްކަތް ކުރިއަށް އޮތް ދެ މަސް ދުވަސް ތެރޭ ނިންމައި ކުންފުނީގެ ހުރިހާ މަސައްކަތެއް އެމްއޭސީއެލްގެ ދަށަށް ގެންދެވޭނެ ކަމަށް ބެލެވޭ ކަމަށް އޭނާ ވިދާޅުވި އެވެ.
މުބީންގެ ފެއާވެލް ޕާޓީގައި އޭނާ ވަނީ މުވައްޒަފުންނަށް ޝުކުރު އަދާކޮށް ވާހަކަ ދައްކަވައިފަ އެވެ. އަދި އެ ހަފްލާގައި ހުރިހާ މުވައްޒަފުންނާ އެކު މުބީން ވަނީ ކޭކެއް ފަޅުއްވައިފަ އެވެ.
ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ހިންގުން ހަރުދަނާކޮށް، ހަރަދު ކުޑަކުރުމުގެ ގޮތުން، އެމްއޭސީއެލް އާއި އާރްއޭސީއެލް އެއްކޮށްލަން ސަރުކާރުން ނިންމީ މިދިޔަ ސެޕްޓެމްބަރު މަހު އެވެ. މިއަހަރުގެ ކުރީ ކޮޅު އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފު މުހައްމަދު ވެސް ވިދާޅުވީ، ދެ ކުންފުނި އެއްކޮށްލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރެއިން އާރްސީއެލް އަކީ ބަޖެޓުން ބޮޑު ހޭދައެއް ކޮށްގެން ހިންގާ ކުންފުންޏެކެވެ. ޕީސީބީން އެންމެ ފަހުން އާންމުކޮށްފައި ވަނީ މިދިޔަ އަހަރުގެ ދެވަނަ ކުއާޓާގެ ކުންފުނިތަކުގެ މާލީ ހިސާބުތަކެވެ. ދެވަނަ ކުއާޓާގައި އެކުންފުނީގެ ވެލުއޭޝަން ކުރިއަށްގެންދާތީ ޕީސީބީއާ މާލީ ހިސާބުތައް ހިއްސާކޮށްފައެއް ނުވެ އެވެ. އެ ކުންފުންޏަށް 2023 ވަނަ އަހަރު ވެސް ވަނީ 95 މިލިއަން ރުފިޔާގެ ގެއްލުމެއް ވެފަ އެވެ.
މިދިޔަ އަހަރުގެ ދެ ވަނަ ކުއާޓާއާ ހަމައަށް އެ ކުންފުންޏަށް ކެޕިޓަލް އިންޖެކްޝަންގެ ގޮތުގައި ގާތްގަނޑަކަށް 35 މިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ. ކުންފުނީގެ ހިންގުން ހަމަޖައްސަން 2023 ވަނަ އަހަރު ކެޕިޓަލް އިންޖެކްޝަންގެ ގޮތުގައި 113 މިލިއަން ރުފިޔާ ހޭދަކުރި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހިޔާލީ އަލީ
17 July 2025
މުބީނަކީ ނިއުރޭޑިއަންޓުގެ މިހާރުގެ ވެރިއެއް، އެކުލަބުގެ ދަރަނި އަދާކޮށް ކުލަބު ހިންގަނީ މުބީނު، އެ ބޭފުޅާގެ އަމިއްލަ ނޫހެއް އަމިއްލަ ޓީވީ ސްޓޭޝަނެއް ހުރޭ، ވަރަށް ގިނައިން ބިޒްނަސް ކުލާހުގައި ބޭރު ދަތުރު ކުރައްވާ އަދި އެ ފޮޓޯތައް ސޯސަލް މީޑިއާގައި ހިއްސާކޮށްފައި ހުރޭ، ކެއިން ބުއިމުގައި މި ދޭތެރޭ ކަނޑުއަޑީގެ ރެސްޓޯރެންޓުން އަދި ބައެއް ރިސޯޓުތަކުން ފަރިއްކުޅުއްވާ މަންޒަރު ފެނުނު.
އަޑިނުބައި
17 July 2025
ޢެއީ އެބޭފުޅާގެ ދުރުވިސްނޭ ސިޔާސަތާއި، ތޫނު ފިލިކަން. ގޯސްކޮށް ޒައްރެއްގެ މިންވަރުވެސް ނުޖެހޭނެ.
މޫސަބޭ
17 July 2025
ތި މުބީން ދޯ މެޑަންގެ ޕެނަޑޯލް އާ މާސް ޗޮކުލެޓު ޕާރުސަން ކުރުމުގާ ހޭވައްޓާލާފާ އުޅުނީ . މިހާރު ވަރައް ތިޔާގިވާނެދޯ
ޣާޟަޜޫ
17 July 2025
މިހާރު މުބީހުންނާނީ ވވވ މުއްސަދިވެފާ ތާ ޕީސީބީއާ މާލީ ހިސާބުތައް ހިއްސާކޮށްފައި ނުވާތީ އެ މައުލޫމާތު ފެންނާކަށް ނެތެވެ. އެ ކުންފުންޏަށް 2023 ވަނަ އަހަރު ވެސް ވަނީ 95 މިލިއަން ރުފިޔާގެ ގެއްލުމެއް ވެފަ އެވެ
އެވަރުކަމެއްތަ
17 July 2025
އުވާލާކަންއެނގެންޏާ ފެއާރވެލްޕާޓީ ބާއްވަން ކޮބާ މައްސަލައަކީ.
ޢަަންމާބެ
17 July 2025
އެވަރަށް އިންޖެކްޝަން ޖަހައިގެންވެސް ސަލާމަތް ނުވީ ދެއްތޮ؟ ދެން ވާނީ ކިހިނެއްބާ؟
ހޮޅިބޭބެ
17 July 2025
ޢަދި އެބަހުއްޓެއްނު ދިމާތައް . ޖޮބު އޯކޭ ވާނެ.