03 އޮކްޓޯބަރ 2025 - 18:41
ސޮނީ ހާޑްވެއާއިން އެއްލައްކަ އެއްހާސް ރުފިޔާ ލިބޭ ޓިކްޓޮކް ޗެލެންޖެއް ލޯންޗުކޮށްފި އެވެ.
މިއީ ސޮނީ ހާޑްވެއާގެ މަޝްހޫރު "މީ ސޮނީހާޑްވެއާ އޭ"ގެ އޮރިޖިނަލް ލަވަ ރީމިކްސްކޮށްގެން ބައިވެރިވެވޭ މުބާރާތެކެވެ.
ޗެލެންޖުގައި ބައިވެރިވުމަށް ސޮނީ ހާޑްވެއާގެ އެކައުންޓުތައް ފޮލޯ ކުރަން ޖެހޭނެ އެވެ. އަދި ލަވަ ރީމިކްސް ކޮށް ޓިކްޓޮކަށް އަޕްލޯޑުކޮށް, ސޮނީހާޑްވެއާ ޓެގުކުރުމަށް ފަހު soneeremix# ހޭޝްޓެގުގައި ވީޑިއޯ ޕޯސްޓުކުރުމުން މި ޗެލެންޖުގައި ބައިވެރިވެވޭނެ އެވެ.
މި މުބާރާތަށް ހުށަހަޅާ ވީޑިއޯތައް ޖަޖުކުރުމުގައި އެންމެ ގިނަ ލައިކްސް ލިބޭ ވީޑިއޯއަށް ބަލާނެ އެވެ. އެގޮތުން ކޮންމެ ހަފްތާއަކު ވެސް އެންމެ މޮޅު 10 ވީޑިއޯއަށް އިތުރަށް މަގުބޫލުކަން ހޯދުމަށް ސޮނީހާޑްވެއާއިން "ޓޮޕް10" ޗާޓެއް އެ ހާޑްވެއާގެ ސޯޝަލް މީޑިއާ އެކައުންޓުގައި ހިމަނާނެ އެވެ.
މުޅި ޗެލެންޖުން އެންމެ މަގުބޫލު 10 ވީޑިއޯ ފައިނަލް ޖަޖިން ބުރަށް ދާނެ އެވެ. އެ ބުރުގައި ޖަޖު ކުރާނީ ސޮނީ ހާޑްވެއާގެ ތިން އޮފިޝަލުންނާއި އިތުރު ދެ ޖަޖެކެވެ.
Mee Sonee Hardware Ey
Step into the excitement of Mee Sonee Hardware Ey. This year, we’re turning up the volume with two thrilling contests designed for our fans and creators, celebrating our iconic jingle loved across the Maldives. 🎶 Sonee Remix – TikTok Challenge:Show off your creativity by recreating the legend...
Sonee Hardware
މި ލިންކުން އިތުރު މައުލޫމާތު ލިބޭނެ.
މި ޗެލެންޖުގެ ފައިނަލް މާކްސްގެ 40 ޕަސެންޓަކީ ވީޑިއޯއަށް ލިބޭ ލައިކެވެ. އަދި 60 ޕަސެންޓަކީ ޖަޖުން ދޭ މާކްސް އެވެ. މި ޗެލެންޖު ކާމިޔާބު ކުރާ ބައިވެރިޔާ އިއުލާނުކުރާނީ އަންނަ ޖެނުއަރީ މަހުގެ 20 ވަނަ ދުވަހު އެވެ.
ސޮނީ ހާޑްވެއާގެ ރީމިކްސް ޗެލެންޖުގައި 18 އަހަރުން މަތީގެ ކޮންމެ ދިވެއްސަކަށް ވެސް ބައިވެރިވެވޭނެ އެވެ. ޗެލެންޖަށް ވީޑިއޯ ހުށަހެޅޭނީ ޑިސެމްބަރު މަހުގެ 31ގެ ނިޔަލަށެވެ.
"މީ ސޮނީ ހާޑްވެއާ" އަކީ ރާއްޖޭގައި އެންމެ މަގުބޫލުވި އެއް ވީޑިއޯ އިސްތިހާރެވެ. ސޮނީއިން ދާދި ފަހުން ވަނީ މީގެ ރެގޭ ވާޝަންއަކާއި ބޮލީވުޑް ވާޝަނެއް ވެސް ނެރެފަ އެވެ. މި ލަވަ އަކީ އަދިވެސް ދިވެހިންގެ މެދުގައި މަގުބޫލު ލަވަ އެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy