31 އޮކްޓޯބަރ 2025 - 23:46
އެލައިޑް އިންޝުއަރެންސުން ބައިކް މޯލްޑިވްސްއާ ގުޅިގެން "އެލައިޑް ބައިސްކަލް ރޭސް" އެއް ބާއްވައިފި އެވެ.
މިއީ މިއަދު ފާހަގަކުރަމުން އަންނަ އެ ކުންފުނީގެ 40 ވަނަ އަހަރީ ދުވަހާ ގުޅިގެން ހިންގަމުން އަންނަ ސިލްސިލާ ހަރަކާތްތަކުގެ ތެރެއިން ބޭއްވި ހަރަކާތެކެވެ.
އެލައިޑުން ބުނީ އޭގެ ބޭނުމަކީ މުޖުތަމައުގެ ތެރޭގައި ގުޅުން ބަދަހިކޮށް، މަޖާ މާހައުލެއްގައި ހަރަކާތްތެރިވެ އުޅުމަށް ހިތްވަރު ދިނުން ކަމަށެވެ.
މިދިޔަ ހޮނިހިރު ދުވަހުގެ ފަތިހު ބޭއްވި މި ހަރަކާތުގައި ރޭހުގެ ބައިވެރިންނަށް ރިވައިވް ފިޓްނެސް އިން ވަނީ ވޯމްއަޕް ސެޝަނެއް ބާއްވައިދީފަ އެވެ. އެ ހަރަކާތުގައި ކުޑަކުދިންނާއި ބައިސްކަލު ދުއްވުމުގެ ހުނަރުވެރިން ބައިވެރިވި އެވެ. ތިން އުމުރުފުރައަކަށް ބަހާލައިގެން ބޭއްވި މި ރޭސް ފުރިހަމަކުރި ބައިވެރިންނަށް ވަނީ މެޑަލް ދީފަ އެވެ.
އެ ރޭހުގައި ކޮންމެ ކެޓަގަރީއަކުން ހާއްސަ ލަކީޑްރޯއެއް ނަގައި ނަސީބުވެރި ތިން މީހަކަށް ފައިސާގެ އިނާމު ދިނެވެ. އެގޮތުން 7،000ރ.، 5،000ރ. އަދި 2،000ރ. ގެ ފައިސާގެ އިނާމު ވަނީ ދީފަ އެވެ.
އެލައިޑުން ބޭއްވި ބައިސްކަލު ރޭހުގައި ސްޕޯޓްސް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ފާތުމަތު ފަޒްލާ ރަޝީދާއި ބައިކް މޯލްޑިވްސްގެ ރައީސް ފާތުމަތު ނާއިލާ އާއި ސީއީއޯ ޒުލޭހާ ހަސަން ދީދީ އާއި ފައުންޑާ މެމްބަރު އަހުމަދު ހަސަން ދީދީ ބައިވެރިވެ ވަޑައިގެންނެވި އެވެ.
އެލައިޑުގެ ބައިސްކަލު ރޭހަށް ހޫނު ތަރުހީބެއް ލިބުނު ކަމަށް އެ ކުންފުނިން ބުންޏެވެ. އަދި އެލައިޑުން މަސައްކަތްކުރަމުން އަންނަނީ މިފަދަ އެކި ހަރަކާތްތަކާ އެކު ބަދަހި، އުފާވެރި، ދުޅަހެޔޮ މުޖުތަމައުއެއް ބިނާ ކުރުމަށް ކަމަށް އެ ކުންފުނިން ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
މާނިއުބެ
01 November 2025
އަޅުގަނޑު ތި ރޭހުގަ ދުއްވާނީ ސައިކަލު .