ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން (ޕީސީބީ) ގެ ބޯޑުގެ މެމްބަރުކަމުން މޫސާ ފަތުހީ އާދަމް މިއަދު އިސްތިއުފާ ދެއްވައިފި އެވެ.

ޕީސީބީން ބުނީ އޭނާ މިއަދު އެ މަގާމުން އިސްތިއުފާ ދެއްވުމަށް ހުށަހަޅާފައިވާ ކަމަށެވެ.

ސަރުކާރުގެ ކުންފުނިތަކުގެ ބޯޑުތަކަށް މީހުން ހަމަޖެއްސުމާއި ކުންފުނިތަކާ ބެހޭ އެކި ޒިންމާތަކާ ހަވާލުކޮށްފައި އޮންނަ ޕީސީބީއަށް ރައީސް ޑރ. މުހައްމަދު މުއިއްޒު، ފަތުހީ އައްޔަނު ކުރެއްވީ 2024 ގަ އެވެ.

ޕީސީބީގެ ބޯޑުގެ މެމްބަރުކަމުން ފަތުހީ މި އިސްތިއުފާ ދެއްވިއިރު، ސަރުކާރު ހިންގާ ޕާޓީ ޕީއެންސީގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް އޭނާ މިއަދު ވަނީ އައްޔަންކޮށްފަ އެވެ. 

އޭނާ ހުންނެވީ ސަރުކާރުގެ އޮނިގަނޑަށް ގެނައި ބަދަލުގައި އުވާލި ލޯކަލް ގަވަނަންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށެވެ.

ފަތުހީ ވަނީ 2022 ވަނަ އަހަރު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާއަށް ޕީޕީއެމް ޓިކެޓުގައި ވާދަ ވެސް ކުރައްވައިފަ އެވެ.