ރާއްޖެއިން ފުރަތަމަ ފަހަރަށް "ނުވަ ވަނަ އޭޝިއާ އެންޑް އޯޝޭނިއާ މޮޓޯސައިކަލް ޓެކްނީޝަން ސްކިލް ކޮންޓެސްޓް 2026" ގައި ބައިވެރިވެއްޖެ އެެވެ.

މި މަހުގެ 17 އިން 20 އަށް އިންޑޮނޭޝިއާގައި ބޭއްވި އެ ހަރަކާތުގައި ބައިވެރިވީ ހޮންޑާ ސައިކަލާއި ޕަވާ ޕްރޮޑަކްޓްސްގެ ރާއްޖޭގެ ހަމައެކަނި އޮތޯރައިޒްޑް ޑިސްޓްރިބިއުޓާ ޝީޝާއިންނެވެ.

މީގެ 29 އަހަރު ކުރިން ފެށިގެން ރާއްޖޭގައި ހޮންޑާ މޮޓޯސައިކަލާއި ޕަވާ ޕްރޮޑަކްޓަސްގެ ހަމައެކަނި އޮތޯރައިޒްޑް ޑިސްޓްރިބިއުޓާއަކީ ޝީޝާ އެވެ.

އެ ކުންފުނީގެ ޓެކްނީޝަނަކު ވަނީ މި ފަހަރުގެ ކޮންޓެސްޓުގައި ބައިވެރިވެ އިންޑޮނޭޝިއާ ތައިލެންޑް، ވިއެޓްނާމް އަދި އިންޑިއާ ފަދަ ގައުމުތަކުގައި ހޮންޑާގެ އެންމެ މޮޅު 39 ޓެކްނީޝަނުންގެ ތެރޭގައި ހިމެނިފަ އެވެ.

ޝީޝާގެ ޓެކްނީޝަން އެ ހަރަކާތުގައި ބައިވެރިވީ ފަންނީ ތަޖުރިބާ އާއި އަމަލީ ގޮތުން މިހާތަނަށް ބޮޑެތި ކުރިއެރުންތަކެއް ހޯދާފައިވާތީ އެވެ.

ރާއްޖެ ތަމްސީލްކުރީ ސްރީ ލަންކާގެ ޗީފް ޓެކްނީޝަން ޗަންދަނާ ދިނިދޫ ކުމާރާ އެވެ.

ޝީޝާގައި ހޭދަކުރި 18 އަހަރު ދުވަހުގެ ތެރޭގައި އޭނާ ވަނީ ރާއްޖޭގައި ހޮންޑާ ސައިކަލް ދުއްވާ އެތައް ބަޔަކަށް ބޮޑެތި ހިދުމަތްތަކެއް ފޯރުކޮށްދީފައިކަން އެ ކުންފުނިން ފާހަގަކުރެ އެވެ. ހާއްސަކޮށް ސައިކަލް ދުއްވާ މީހުންގެ ރައްކާތެރިކަމަށް ބޮޑު އިސްކަމެއްދީ، މަރާމާތުގެ ކަންކަން ވެސް ކަސްޓަމަރުން ހިތްހަމަޖެހޭ ފެންވަރަށް ކޮށްދީފައިވާ ކަމަށް ޝީޝާއިން ބުންޏެވެ. 

ނުވަ ވަނަ އޭޝިއާ އެންޑް އޯޝޭނިއާ މޮޓޯސައިކަލް ޓެކްނީޝަން ސްކިލް ކޮންޓެސްޓް 2026 ގައި ޗީފް ޓެކްނީޝަން ޗަންދަނާ ދިނިދޫ ކުމާރާއާއެކު، ޝީޝާގެ ޗީފް އޮޕަރޭޓިން އޮފިސަރު އާމިނަތު މައިހާ އަހުމަދާއި ޑިވިޝަން މެނޭޖާ އިން ސާވިސް ތައިމޫރު އާދަމް މޫސާ އާއި ޑިވިޝަން މެނޭޖަރު އިން ސޭލްސް މުހައްމަދު އިޝާމް ވެސް ބައިވެރިވި އެވެ.

އިންޑޮނޭޝިއާގައި މި މަހު ބޭއްވި ނުވަ ވަނަ އޭޝިއާ އެންޑް އޯޝޭނިއާ މޮޓޯސައިކަލް ޓެކްނީޝަން ސްކިލް ކޮންޓެސްޓްގައި ޝީޝާގެ ޓެކްނީޝަން ރާއްޖެ ތަމްސީލް ކުރަނީ.
އިންޑޮނޭޝިއާގައި މި މަހު ބޭއްވި ނުވަ ވަނަ އޭޝިއާ އެންޑް އޯޝޭނިއާ މޮޓޯސައިކަލް ޓެކްނީޝަން ސްކިލް ކޮންޓެސްޓްގައި ޝީޝާގެ ޓެކްނީޝަން ރާއްޖެ ތަމްސީލް ކުރަނީ.

ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައިވާ ޝީޝާއިން ބުނި ގޮތުގައި، ސައިކަލް ޓެކްނީޝަނުންގެ ގޮތުގައި މަސައްކަތް ކުރާ ދިވެހިން ރާއްޖޭގައި ވަރަށް މަދެވެ. އެހެންވެ، ސިނާއަތް ގާތްގަނޑަކަށް މުޅިން ބަރޯސާވެފައިވަނީ ބިދޭސީންނަށް ކަމަށް އެ ކުންފުނިން ބުންޏެވެ.

ބައިނަލްއައަގްވާމީ ފެންވަރުގެ ހަރަކާތެއްގައި ޝީޝާއިން ބައިވެރިވުމަކީ ސައިކަލް ސާވިސް ކުރުމުގެ ދާއިރާ ކުރިއަރުވައި، ޒުވާނުން އެ ދާއިރާއަށް ނެރުމަށް އެ ކުންފުނިން ހޯދި އިތުރު ފުރުސަތެއްކަން ވެސް ފާހަގަކުރި އެވެ.

ޝީޝާއިން ޓެކްނީޝަނުން ތަމްރީން ކުރަނީ ހޮންޑާގެ ސާވިސް އިންސްޓްރަކްޓާ ކޮލިފިކޭޝަން ޕްރޮގްރާމް (އެސްއައިކިޔުޕީ) އާއި އިން-ހައުސް ޕްރޮގްރާމްތަކުގެ ތެރެއިން، މުޅި ރާއްޖޭގައި މޮޓޯސައިކަލް އާފްޓާސޭލްސް ސާވިސް ސްޓޭންޑަޑް މަތިކުރުމުގެ މަގުސަދުގަ އެވެ.

ޝީޝާގެ ޓެކްނީޝަނަކު ސައިކަލެއް މަރާމާތު ކުރަނީ.
ޝީޝާގެ ޓެކްނީޝަނަކު ސައިކަލެއް މަރާމާތު ކުރަނީ.

ޝީޝާއިން ނިންމާފައި ވަނީ އޭޝިއާ އެންޑް އޯޝޭނިއާ ހޮންޑާ މޮޓޯސައިކަލް ޓެކްނީޝަން ސްކިލްސް ކޮންޓެސްޓްގެ ކުރިއަށް އޮތް ކޮންމެ އެޑިޝަނެއްގައި ވާދަކުރާށެވެ. އޭގެ ބޭނުމަކީ އެ ކުންފުނިން ބުނި ގޮތުގައި، ޓެކްނީޝަނުންގެ ފެންވަރު މަތިކޮށް، ކަސްޓަމަރުންގެ އިތުބާރު ހޯދައި މަގުބޫލު ހިދުމަތްތަކެއް ދިނުމެވެ.