ކިންޑާ ޕްރީ ސްކޫލްގެ ދަރިވަރުންތަކެއް: މިއަދުގެ ފަން ފިއެސްޓާގައި ގިނަ ހަރަކާތްތަކެއް އޮންނާނެ.
06 އޮކްޓޯބަރ 2017 - 15:14
ކިންޑާ ޕްރީ ސްކޫލްގެ "ފަން ފިއެސްޓާ" މިއަދު ހަވީރު ކާނިވާ ސަރަަހައްދުގައި ގިނަ ކުރިވަރުތަކަކާ އެކު އޮންނާނެ ކަމަށް އެ ސްކޫލުން ބުނެފި އެވެ.
އެ ސްކޫލުން ބުނީ ހަވީރު 4:00 އިން 6:00 އަށް ކާނިވާ ސަރަހައްދުގައި ބާއްވާ، ފަން ފިއެސްޓާގައި ކުޑަކުދިން މުނިފޫހި ފިލުވުމުގެ ގިނަ ހަރަކާތްތަކެއް އޮންނާނެ ކަމަށެވެ. މިއިން ކޮންމެ ހަރަކާތެއްގައި ވެސް ހިލޭ ބައިވެރި ވެވޭނެ އެވެ.
ފަން ފިއެސްޓާގައި ސްކޫޓީ، ހީނާ، ޓޮސް ދަ ކޭން، ފުރުޓް ޓޭސްޓިން، ބާސްކެޓް، ކަލާ ސޯޓިން، ސްނޭކް އެންޑް ލެޑާ، ފޭސް ޕެއިންޓިން، ފިޝިން އަދި ބޯލް ޝޫޓިން ފަދަ ގިނަ ހަރަކާތްތަކެއް ހިމެނެ އެވެ. ހަރަކާތްތައް ކުރިއަށް ދާއިރު އެ ސަރަހައްދުގައި ކެންޓީނެއް ވެސް ހުންނާނެ އެވެ.
ކިންޑާ ޕްރީ ސްކޫލުން، އެ ސްކޫލުގެ ދަރިވަރުންނަށް ހާއްސަކޮށްގެން އަންނަނީ ތަފާތު އެކި ހަރަކާތްތައް ބާއްވަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy