ބާޒާރުމަތީ ފިހާރައަކުން މީހަކު ފިޔާ ބަސްތާއެއް ކޮނޑަށްލައިގެން ނުކުންނަނީ: ރޯދައާ ދިމާކޮށް އެސްޓީއޯ އިން ވަނީ ފިޔާ، އަލުވި އަދި ބިހުގެ ބޮޑު ސްޓޮކެއް ގެނެސްފައި.
01 މެއި 2018 - 21:01
މި މަހުގެ ތިން ވަނަ ހަފުތާގައި ފަށާ މި އަހަރުގެ ރޯދަމަހާ ދިމާކޮށް ބާޒާރުގައި ފިޔާ، އަލުވި އަދި ކުކުޅު ބިހުގެ އަގު މައްޗަށް ދިޔަނުދީ ހިފެހެއްޓުމަށްޓަކައި، އެސްޓީއޯ އިން ބޮޑު ސްޓޮކެއް ގެނެސް މާދަމާ ވިއްކާ ފަށާ ގޮތަށް ހަމަޖައްސައިފި އެވެ.
ރާއްޖޭގެ އެންމެ ބޮޑު ވިޔަފާރި ކުންފުނިން ބުނީ ފިޔާ ވިއްކަން ހަމަޖައްސާފައި ވަނީ އެއް ބަސްތާ އިން ފެށިގެން 49 ބަސްތާއާ ދެމެދުގެ އަދަދެއް ގަންނަ ނަމަ، ވަކި ބަސްތާއެއް 170ރ. އަށް ކަމަށެވެ. އަދި 50 ބަސްތާ އަށް ވުރެ އިތުރަށް ގަންނަ ނަމަ ބަސްތާއެއް ވިއްކާނީ 160ރ. އަށް ކަމަށް ވެސް އެސްޓީއޯ އިން ބުންޏެވެ.
އެ ކުންފުނިން އަލުވި އެއް ބަސްތާ އިން 49 ބަސްތާއާ ދެމެދުގެ އަދަދަކަށް ގަންނަ ނަމަ ބަސްތާއެއް ވިއްކާނީ 200ރ. އަށެވެ. އަދި 50 ބަސްތާ އަށް ވުރެ އިތުރަށް ގަންނަ ނަމަ ބަސްތާއެއް ވިއްކާނީ 190ރ. އަށެވެ. މީގެ އިތުރުން ކުކުޅު ބިސް އެއް ކޭހާއި 49 ކޭހާ ދެމެދުގެ އަދަދެއް ގަންނަ ނަމަ ވިއްކާނީ ކޭހެއް 270ރ. އަށެވެ. އަދި 50 ކޭހަށް ވުރެ އިތުރު ނަމަ ކޭހެއް ވިއްކާނީ 260ރ. އަށް ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ. އަދި ވަކިން ބިހެއް ވިއްކަން ހަމަޖައްސާފައި ވަނީ 1.60ރ. އަށެވެ.
އެސްޓީއޯ އިން ބުނިގޮތުގައި، ރޯދަ މަހަށް ގެނައި ތަކެތި އާއްމުންނަށް މާލޭ އިންޑަސްޓްރިއަލް ވިލެޖުންނާއި ހޯސޭލް ސެންޓަރުން ވެސް ގަންނަން ލިބޭނެ އެވެ.
އެ ކުންފުނީގެ އޮފިޝަލަކު ވިދާޅުވީ ފިޔާ އަދި އަލުވި މިހާރު ވިއްކަނީ ބާޒާރުގައި ވިއްކާ އަގާއި ދާދި އެއް ރޭޓެއްގައި ކަމަށެވެ. އެކަމަކު ބިހުގެ އަގު ބާޒާރުގެ އަގަށް ވުރެ ހެޔޮވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"އެސްޓީއޯގެ ހުރިހާ ތަނެއްގައި ވެސް އެއް އަގެއްގައި ތަކެތި ލިބެން ހުންނާނެ. ރޯދަމަސް ނިމެންދެން ސްޓޮކް ހުސްނުވެ ލިބެން ހުންނާނެ،" އޭނާ ވިދާޅުވި އެވެ.
ކޮންމެ އަހަރެއްގެ ރޯދަމަހަށް ބޭނުންވާ ފިޔާ، އަލުވި އަދި ބިސް ގިނަ އަދަދަކަށް އެތެރެކޮށް ބާޒާރުގައި އާއްމުކޮށް ވިއްކާ އަގަށް ވުރެ ހެޔޮއަގުގައި އެސްޓީއޯ އިން އަންނަނީ ވިއްކަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަދުނާން
02 May 2018
މީ އަސްލު ވަރަށް ރަނގަޅުކަމެއް އެސް.ޓީ.އޯ އިން ކުރާ.. ނމަވެސް ހިތާމަ އަކީ ގެންނަ ފިޔާ އަލުވި ބިސް ކުނިވެ ބޭނުންނުކުރެވޭ ވަރު ވެފަ ހުންނަ އިރު ވެސް ހަމަ އެ އަގުގަ ވިއްކާތީ
ސީކްރެޓް
02 May 2018
އެސް.ޓީ.ޢޯ އިން ވިއްކާ ބިހުގެ މުއްދަތު ހަމަވާ ތަރީޚް ހުރީ 16/05/2018 ރޯދަމަހުގެ ފުރަތަމަ ދުވަހަށް. ސޭޑް ލައިފް.
މިދަނީ
01 May 2018
އެސްޓީއޯއިން މިކަން މިހާރު ވަރަށް ރަނގަޅަށް އެބަ ކުރޭ.
މަހަށްދޭދޭ
01 May 2018
އެސްޓީއޯ އިން ފިޔާ ބަސްތާއެއް 170ރ. އަށް، އަލުވި 200ރ. އަށް އަދި ބިސް ކޭހެއް 270ރ. އަށް ވިއްކާނަމަ އެއީ މަމެން އުފާ ކުރާ ކަމެކޭ. މިފެންވަރަށް އެމެން ރަންރީނދޫ ކަނޑުކޮހުންނަށް ނޭގޭނެއޭ ކަންކަން ކުރަން އެހެންވެގެންނޭ އެމެން އަތުން ވެރިކަން ވެއްޓުނީ ވެސް އެންމެ ތިން އަހަރު ދުވަސް ތެރޭގައި. އޯއް ޔޭއް. ތަމެން ރަންރީނދޫ ޓްވިޓަރޭ މެން ދެން މަހަށް ދޭބަލަ. މަހަށް މަހަށް މަހަށް މަހަށް ދޭބަލަ..
އޯއްޔޭއް
01 May 2018
ކޮބާ ރަންރީނދޫ ޓްވިޓަރޭ ތަމެންނަށް ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ގެޓް ދަ ޕޮއިންޓް. ގުޑް ގުޑް. އައި ކުޑް ލައިކް އިޓް ޓިލް ދަ ޑޭ ދެޓް އައި ޑައި ޑައި ޑައި ޑާއި ޑާއި. އޯއް ޔޭއް އައި ރިއަލީ ލައިކް އިޓް.