ލިޓަސް ޝޯރޫމް -- ފޮޓޯ: ނިޝާން އަލީ
20 ނޮވެމްބަރ 2018 - 19:20
ކުޅިވަރުތަކުގައި ބައިވެރިވާ ޓީމްތަކަށް ސްޕޮންސާ ހޯދުމަށް ލިޓަސް އިން ހާއްސަ ސްކީމެއް ތައާރަފް ކޮށްފި އެވެ.
މިއަދު ލިޓަސް އިން ތައާރަފް ކުރި 'ލުކިންގް ފޯ ސްޕޮންސާ' ސްކީމަކީ ރެޖިސްޓަ ކޮށްފައިވާ ޓީމްތަކާއި ރެޖިސްޓަ ނުކޮށް ހުރި ޓީމްތައް ވެސް އެ ޓީމްތައް ބޭނުންވާ ވަރުގެ އާމްދަނީއެއް ހޯދުން ކަމަށް އެ ކުންފުނިން ބުންޏެވެ.
ލިޓަސް އިން ބުނީ މި ސްކީމްގެ ސަބަބުން ޓީމްތައް ރާވާފައިވާ ކުޅިވަރުގެ ކަންކަން އޮމާން ކަމާ އެކު ކުރިޔަށް ގެންދިއުމުގެ ފުރުސަތު ލިބިގެން ދާނެ ކަމަށެވެ. އެގޮތުން އެކި ޓޯނަމަންޓްތަކުގައި ބައިވެރިވުމަށް ނުވަތަ ޓޯނަމަންޓް ބާއްވަން ބޭނުންވާ ފަންޑް އެ ފަރާތްތަކަށް ލިބޭ ފަދަ ފުރުސަތެއް ކަމަށް ލިޓަސް އިން ފާހަގަ ކުރިއެވެ.
ލިޓަސް އިން ބުނި ގޮތުގައި ޓީމްތަކަށް ހާއްސަ ކޮށްގެން ސްކީމެއް ތައާރަފް ކުރީ ގިނަ އަދަދެއްގެ ޓީމްތައް ލީޓަސްގެ ސްޕޮންސާ ހޯދުމަށް އެދުމުން، ހުރިހާ ޓީމަކަށް ސްޕޮންސާ ދިނުމަށް ދަތިވުމުގެ ސަބަބުން ކަމަށެވެ.
އެެގޮތުން ސްޕޮންސާ ހޯދަން ބޭނުންވާ ޓީމްތަކާއި ލިޓަސް ގުޅިގެން ފަންޑެއް ގާއިމްކޮށް، ހުރިހާ ފަރާތަކަށް ފައިދާ ވާގޮތަށް މަސައްކަތް ކުރާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy