އެމްސީޑީޖީއާއި އިން މިދިޔަ މަހު ބޭއްވި ސެކްރެޓަރީސް ޓްރެއިނިން ޕްރޮގްރާމުގެ ތެރެއިން--ފޮޓޯ:އެމްސީޑީޖީއާއި
06 މާޗް 2019 - 21:02
ހިންގުމުގެ ދާއިރާގައި މަސައްކަތްކުރާ އިސް މީހުންނަށް ހާއްސަ މަސައްކަތު ބައްދަލުވުންތަކެއް މޯލްޑިވްސް ކެޕޭސިޓީ ޑިވެލޮޕްމެންޓް އެންޑް ގަވާނެންސް އިންސްޓިޓިއުޓް (އެމްސީޑީޖީއައި) އިން ބާއްވަން ނިންމައިފި އެވެ.
އެމްސީޑީޖީއައި އިން ބުނީ މި މަސައްކަތު ބައްދަލުވުންތަކުގައި އެންޓަޕްރިނިއާސް އާއި މެނޭޖަރުންނާއި އެގްޒެކެޓިވުންނަށް ވެސް ބައިވެރިވެވޭނެ ކަމަށެވެ.
މި މަސައްކަތު ބައްދަލުވުމުގެ ތެރެއިން، އަންނަ ހޮނިހިރު ދުވަހުން އާދިއްތަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދާނީ 'ބިޒްނަސް ކޮންޓިނިއުޓީ މެނޭޖްމެންޓް' ގެ ބައިތަކެވެ. އަދި 'ކްރައިސިސް މެނޭޖްމެންޓް އެންޑް ކޮމިއުނިކޭޝަން' އާ ގުޅޭ ގޮތުން އެއް ދުވަހުގެ މަސައްކަތު ބައްދަލުވުމެއް ހޯމަ ދުވަހު ބޭއްވުމަށް ވަނީ ނިންމައިފަ އެވެ.
މުޅިއެކު 20 މީހުންނަށް ޖާގަ އޮތް މަސައްކަތު ބައްދަލުވުމުގައި ބައިވެރިވާން ބޭނުން މީހުން 1،500ރ. ގެ ފީއެއް ދައްކަން ޖެހެ އެވެ.
އެމްސީޑީޖީއައި އަކީ 2017 ވަނަ އަހަރު އުފެއްދި ޖަމާއަތެކެވެ. އެ އިންސްޓިޓިއުޓުން އަންނަނީ ގުޑް ގަވާނަންސް އާއި ހިންގުމުގެ ދާއިރާއިން ތަފާތު މަސައްކަތު ބައްދަލުވުންތަކާއި ތަމްރީންތައް ބާއްވަމުންނެވެ.
މި އަހަރު ތެރޭގައި ވެސް ހިންގުމުގެ ދާއިރާ އިން އިތުރު ބައިތަކާ ގުޅޭ ގޮތުން މަސައްކަތު ބައްދަލުވުންތައް ބޭއްވުމަށް އެ އިންސްޓިޓިއުޓުން ވަނީ ނިންމައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy