ވިޔަފާރި / ދި މެރެތަން ޝޮޕް

މެރެތަން ޝޮޕުން ޔޫގެންޑާ ކުދިންނަށް ބޫޓްތައް ބަހާލައިފި!

މެރެތަން ޝޮޕުން ފޮނުވި ބޫޓްތައް ކަމްޕާލާގެ ކުދިންނަށް ހަދިޔާކުރަނީ.

28 އޮކްޓޯބަރ 2019 - 14:55

ދުވުމުގެ ސާމާނަށް ހާއްސަ ފިހާރަ، ދި މެރެތަން ޝޮޕަށް އާއްމުން ހަދިޔާކުރި ސެކަންޑް ހޭންޑް ބޫޓުތައް ޔޫގެންޑާގެ ވެރިރަށް ކަމްޕާލާގެ ފަގީރު އަވަށެއްގެ ކުދިންނަށް އެ ފިހާރައިން ހަދިޔާކޮށްފި އެވެ.

މިއީ ބާވިޔަސް އަލުން ބޭނުންކުރެވޭ ހާލަތުގައި ހުރި ބޫޓުތައް އެ ފިހާރަށް ހަދިޔާކުރެވޭ ގޮތަށް ޖޫން އިން އޮގަސްޓް މަހުގެ ނިޔަލަށް ކުރިއަށް ގެންދިޔަ ހަރަކާތަކުން ލިބުނު 140 ބޫޓެވެ. އެ ބޫޓުތައް ސާފުކުރުމަށް ފަހު ކަމްޕާލާ އަށް ހަދިޔާކުރީ ޔޫއޭއީގެ އެންޖީއޯއެއް މެދުވެރިކޮށެވެ.

މެރެތަން ޝޮޕުން ބުނި ގޮތުގައި ބޭނުމަކީ ދުވަން ދާން ބޭނުންވެ އެކަމަކު ބޫޓެއް ނުލިބި ތިބި ކުދިންނަށް އެހީއެއް ވުން ކަމަށެވެ. ބައެއް ފަހަރަށް އާ ބޫޓެއް ގަންނާނީ އާ މޮޑެލެއް ނުކުތުމުން ކަމަށްވާތީ ކުރީގެ ބޫޓް ހުންނަނީ ބޭނުންކުރެވޭ ހާލަތުގަ އެވެ. އެހެންވެ މެރެތަން ޝޮޕުން ހުޅުވާލީ ބާ ބޫޓް ހަދިޔާކޮށްގެން އާ ބޫޓެއް ގަންނަން 10 ޕަސެންޓުގެ ޑިސްކައުންޓެއް ލިބޭ ހަރަކާތެކެވެ.

މެރެތަން ޝޮޕުން ފޮނުވި ބޫޓްތައް ލިބުމުން ކަމްޕާލާގެ ކުދިން އުފާވެފައި.

ދިވެހިންގެ ތެރޭގައި ވެސް ބޫޓެއް ބޭނުންވެފައި ތިބި މީހުންނަށް ބޫޓު ލިބޭނެ އިންތިޒާމް ހަމަޖެއްސި އެވެ. އެގޮތުން ކޮންމެ މަހެއްގެ ފަހު ހަފުތާގެ ދުވަހެއްގައި އެ ފުރުސަތު ހުޅުވާލުމުން، މެރެތަން ޝޮޕަށް އައިސް ބޫޓު ގެންދަންވީ އެވެ.

"އެކަމަކު ވަރަށް މަދު ބަޔަކު އައީ. ދިވެހިން ނަގާފައި ދެން ބާކީ ހުންނަ ބޫޓް ހަދިޔާކުރާނީ އަބަދުވެސް،" މެރެތަން ޝޮޕުގެ ވެރިޔާ މުހައްމަދު އިބްރާހިމް (އެމް.އައި) ބުންޏެވެ.

ކުރިއަށް އޮތްތަނުގައި ވެސް މިކަންކޮށް އިތުރު އެފްރިކާގެ އިތުރު ގައުމުތަކަށް ބޫޓް ހަދިދާކުރަން ވަނީ ރާވައިފަ އެވެ. އެކަމަކު ދެން ފަހަރަކު މިއަށް ވުރެ ގިނަ ބޫޓް އެއްކުރަން ވަރަށް ބޭނުންވެ އެވެ.

"ބޫޓް ބަހަން ފެށީމާ ވަރަށް ގިނަ ކުދިން އައި ބޫޓް ބަލާ. އައި އެންމެންނަށް ދެވޭ ވަރަށް ނެތް. އެހެންވެ ދެން ފަހަރަކު ބޭނުންވަނީ މިއަށް ވުރެ ގިނަ ބޫޓް އެއްކުރަން،" އެ ޝޮޕުން ބުނެފައިވެ އެވެ.

"މިއީ އިޖްތިމާއީ ޒިންމާގެ ދަށުން ކުރާ ކަމެއް. ހަމައެކަނި ބޭނުމަކީ ދުވަން ބޭނުންވެ އެ ފުރުސަތު ނުލިތި ތިބި ބަޔަކަށް އެހީވުން."

ދުވުމަށް ބޭނުންވާނެ ހުރިހާ ސާމާނެއް އެއް ތަނަކުން ލިބޭ ގޮތަށް މި އަހަރުގެ ފެބްރުއަރީ މަހު ހުޅުމާލޭގައި ހުޅުވި މި ފިހާރައިގެ އެންމެ ހާއްސަ ކަމަކީ އިޖްތިމާއީ ޒިންމާގެ ދަށުން އެކި ފަރާތްތަކަށް އެހީވުމެވެ. އެގޮތުން އެތަނުން ވަނީ ރާއްޖޭގެ މަތީ ފަންތީގެ ދެ ދުވުންތެރިން ކަމަށްވާ ޝިފާޒް މުހައްމަދާއި މުހައްމަދު ރަޝީދު (މޯޑް) ސްޕޮންސާކޮށްފަ އެވެ. އެ ސްޕޮންސާއާ އެކު މި އަހަރުގެ ދުބާއީ މެރެތަންގައި ޝިފާޒް ވާދަކޮށް 2 ގަޑި 32:56 މިނެޓުން ދުވެ، ފިރިހެނުންގެ 30 އަހަރުން ދަށުގެ ކެޓަގަރީން އެއް ވަނަ ހޯދައި، ގައުމީ މެރެތަން ރެކޯޑް މުގުރާލި އެވެ.

0 ކޮމެންޓް, 23 ރިއެކްޝަންސް

icon happy icon happy 91%
icon sad icon sad 0%
icon angry icon angry 9%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454