"ޔަމަހާ މޮޓޯ ގާޑިއަން" ގެ ހާއްސަ ހަރަކާތެއް މި ހަފްތާ ބަންދުގައި

އެލިއާ އިންވެސްޓްމަންޓުން ފަށާފައިވާ "ޔަމަހާ މޮޓޯ ގާޑިއަން" ޕްރޮމޯޝަންގެ ހާއްސަ ހަރަކާތެއް މި ހަފުތާގެ ބަންދުގައި ކުރިއަށް ގެންދަން އެ ކުންފުނިން ނިންމައިފި އެވެ.


މި ހަރަކާތް އޮންނާނީ މާދަމާ އާއި ހޮނިހިރު ދުވަހުގެ ހަވީރު 4:00 އިން ރޭގަނޑު 10:00 އަށް ޔަމަހާ ޝޯރޫމްގަ އެވެ.

މި މަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދާ މި ޕްރޮމޯޝަންގައި، ސައިކަލް ނަގާ މީހުންނަށް ސައިކަލު ލިބޭނީ އެއްވެސް އިތުރު ހަރަދަކާއި ނުލައި ކޮމްޕްރިހެންސިވް އިންޝުއަރެންސްއާ އެކުގަ އެވެ. އަދި ސައިކަލަށް ދައްކާ ފުރަތަމަ ޕޭމަންޓާ އެކު، ކަސްޓަމަރުގެ އަމިއްލަ ނަމަށް ރަޖިސްޓަރީ ކުރުމަށް ފަހު "ޕީ" ބޯޑުގައި ސައިކަލު ލިބޭނެ ކަމަށް އެލިއާ އިން ބުނެ އެވެ.

މި ޕްރޮމޯޝަންގައި، ސައިކަލުގެ އަގު އެއްފަހަރާ ދައްކާ މީހުންނަށް 4،000ރ. އާ ހަމައަށް ޑިސްކައުންޓް ލިބޭނެ އެވެ.

އެލިއާ އިން މި ޕްރޮމޯޝަން ކުރިއަށް ގެންދަނީ އަމަނާ ތަކާފުލްއާ ގުޅިގެންނެވެ. އެހެންވެ، ސައިކަލް ގެއްލުމުން އަދި އެކްސިޑެންޓްތަކުގަ އާއި ގުދުރަތީ ކާރިސާތަކުގައި ލިބޭ ގެއްލުމަށް މި ޕްރޮމޯޝަންގައި އަމާނާ ތަކަފުލްގެ ކޮމްޕްރިހެންސިވް އިންޝުއަރެންސްގެ އެހީތެރިކަން ހޯދޭނެ ކަމަށް އެލިއާ އިން ބުންޏެވެ.

އެލިއާ އިންވެސްޓްމަންޓްސް އިން ބުނިގޮތުގައި، އިންސްޓޯލްމަންޓްގެ ދަށުން ކުރާ ވިޔަފާރި އަކީ އިސްލާމީ ޝަރީއާ ހުއްދަ ކުރާ އުސޫލުން ކުރާ މުއާމަލާތެކެވެ. އަދި ރިބާގެ އެއްވެސް މުއާމަލާތެއް ނުހިނގާނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.