ނަޒާކީ އޮންލައިން އިން ވިޔަފާރި ކުރި ގިނަ ބަޔަކު ވަނީ ރީފަންޑަށް އެދިފައި. އެކަމަކު ގިނަ ކަސްޓަމަރުންނަށް އެ ފައިސާއެއް އަދ ނުލިބޭ. މިދިޔަ އަހަރު އެ އޮންލައިނުން ދިޔައީ ފުޅާ ދާއިރާއެއްގައި ޕްރީ-އޯޑާ ނަގަމުން
ނަޒާކީ އޮންލައިން ވިޔަފާރި ކުރާ ވެބްސަިއޓް--
23 ފެބުރުއަރީ 2021 - 14:17
ނަޒާކީ އޮންލައިން އިން ތަކެތި ގަތް ގިނަ ބަޔަކަށް ވަނީ ހިތި ތަޖުރިބާއެއް ކުރަން ޖެހިފަ އެވެ. ޕްރީ-އޯޑާކޮށް، ފައިސާ ދައްކާއި އެތައް ދުވަހެއް ވީ އިރު ވެސް ތަކެތި ނުލިބި އަދި ރީފަންޑް ލިބޭ ގޮތް ނުވެގެން ޝަކުވާ ބޮޑުވެއްޖެ އެވެ.
ނަޒާކީ އޮންލައިން އިން މެދުވެރިކޮށް މެލޭޝިޔާއިން ގިނަ އަދަދެއްގެ ސާމާނަށް ޕްރީ-އޯޑާ ނެގި އެވެ.
އެނގިފައިވާ ގޮތުގައި ނަޒާކީ އޮންލައިން ނިސްބަތްވަނީ ކުރީގެ މަޝްހޫރު ވިޔަފާރިވެރިޔާ ނަޒާކީ މުހައްމަދު ޒަކީގެ އާއިލާގެ ވިޔަފާރި، ނަޒާކީ ޓްރޭޑަށެވެ. ޒަކީއަކީ 1985 ގައި އުފައްދައި، ހާޑްވެއާ އާއި ކޮންސްޓްރަކްޝަން އަދި ދަތުރުފަތުރުގެ ދާއިރާއާ ގުޅޭ ވިޔަފާރިތައް ފުޅާ ދާއިރާއެއްގައި ހިންގެވި ބޭފުޅެކެވެ.
ނަޒާކީ އޮންލައިން މެދުވެރިކޮށް ތަކެތި ގަނެފައިވާ އަހުމަދު ޝިރްހާން ބުނީ 15،000ރ. ގެ ތަކެއްޗަށް އޯޑަރުކުރި ކަމަށެވެ. އެކަމަކު އެ އެއްޗެހި ނުލިބޭ ތަނުގައި އޭނާ ދެއްކި ފައިސާ ވެސް އަދި ހަމައަށް ނުލިބޭ ކަމަށް ބުންޏެވެ.
So here's my review.Keeping the fact that they took 3+ months to deliver the item I ordered aside, here are some screenshots of the conversation between Nazaki Online & myself.The 1st thing @datomzaki needs to do is, teach his staffs how to speak with customers. Now don't sue me! pic.twitter.com/CqNNV3jWio
— 𝐙𝐚𝐡𝐮 (@_zahu_a_r_) February 8, 2021
ނަޒާކީއާ ގުޅޭ ގޮތުން ކޮށްފައިވާ ޓްވީޓެއް
"ސޯފާއަކާއި ބައެއް ވާޑްރޯބް އޮގަނައިޒާ ގަތީ. އަދި ލިބުނީ ދެއްކި ފައިސާގެ އެއް ބައި،" ޝިރުހާން ބުންޏެވެ.
ނަޒާކީ އޮންލައިން އަކީ ޕްރީ އޯޑާކޮށްގެން މެލޭޝިޔާއިން ރާއްޖެއަށް ތަކެތި ފޯރުކޮށްދޭ ބައެކެވެ. އެގޮތުން ދުނިޔޭގެ މަޝްހޫރު އިކެއާއިން ހެޔޮ އަގުގައި ފަރުނީޗަރާއި ގޭތެރެއަށް ބޭނުންވާ ސާމާނުގެ އިތުރުން މަޝްހޫރު ބްރޭންޑްތަކުގެ ހެދުމާއި އެހެނިހެން ސާމާނު ވެސް ފޯރުކޮށްދެ އެވެ. އެކަމަކު މިދިއަ އަހަރު އޯޑަރުކޮށް ފައިސާ ދެއްކި ބައެއް މީހުން މިހާރު ތިބީ ކަންބޮޑުވުމެއްގަ އެވެ.
ނަޒާކީ އޮންލައިން އިން ވިޔަފާރިކުރި ޝަހްލާ އަހުމަދު ބުނި ގޮތުގައި މިދިއަ އަހަރުގެ އޮކޯޓަރު މަހު 7،000ރ އަށް ގަތް ކަބަޑު އަދިވެސް ނުލިބެ އެވެ.
6mas vee sofa paykoh advance laari negithaa. mihaaru gulheema phone eh nunagaa mail akah reply eh nukurey. contact kureveyne ehves gotheh nuvegen miulheni. does anyone know any info about this page owners?? pic.twitter.com/uTkDMGvNVk
— JiMmY🎈 (@jimahsidhyq) February 20, 2021
ނަޒާކީ އޮންލައިނާ ގުޅޭ ގޮތުން ކޮށްފައިވާ ޓްވީޓެއް
"ރީފަންޑަށް އެދި އަދިވެސް ހަބަރެއް ނުވޭ. އެމީހުންގެ ވައިބާ ނަންބަރު ވެސް މިހާރު ވަނީ ޑީއެކްޓިވޭޓްކޮށްފައި،" އޭނާ ބުންޏެވެ.
ޝަހުލާ އާއި ޝިރްހާނުގެ އިތުރަށް ވެސް ގިނަ އަދަދެއްގެ ބަޔަކު ނަޒާކީ އޮންލައިނާ ގުޅޭ ގޮތުން ސޯޝާލް މީޑިއާގައި ގެންދަނީ ހިތްހަމަނުޖެހުން ފާޅުކުރަމުންނެވެ. ބައެއް ކަސްޓަމަރުން ވަނީ ފައިސާ ނުލިބުނު މައްސަލަ ފުލުހުނަށް ވެސް ހުށަހަޅައިފަ އެވެ.
ނަޒާކީގެ ފޭސްބުކް ޕޭޖުގެ ޕޯސްޓުތަކަށް ބައެއް މީހުން ކޮށްފައިވާ ކޮމެންޓް--
ބައެއް މީހުން ބުނާ ގޮތުގައި ތަކެތި ނުލިބުމުން ރީފަންޑަށް އެދުނުތާ ވެސް އެތައް މަހެއް ވެއްޖެ އެވެ. އަދި ވައިބަށް ކުރާ މެސެޖްތަކަށް ވެސް މިހާރު ޖަވާބު ނުލިބޭ ކަމަށް އޭގެ ތެރެއިން ބައެއް މީހުން ބުނެ އެވެ.
"މިދިޔަ ޑިސެމްބަރު މަހުގެ 28 ވަނަ ދުވަހު ރީފަންޑަށް އެދެވޭނެ ކަމަށް ބުނި. އެކަމަކު އަދިވެސް ރީފަންޑެއް ނުލިބޭ. މިހާރު މަހަކަށް ވުރެ ގިނަ ދުވަސް ވެއްޖެ. އެމީހުންނަށް މެސެޖުކުރުމުން ރިފްލައި ވެސް ނުކުރޭ،" ފޭސްބުކްގައި މީހަކު ކޮށްފައިވާ ޕޯސްޓެއްގައިވެ އެވެ.
ނަޒާކީ އޮންލައިން އިން މިހާރު އެއްވެސް ޖަވާބެއް ނުދޭތީ ބައެއް މީހުންގެ ނަޒަރުގައި އެއީ "ބޮޑު ސްކޭމްއެކެ"ވެ.
ނަޒާކީ އޮންލައިން ޕޭޖަށް "މިހާރު" އިން ކުރި ސުވާލުތަކަށް އީމެއިލް މެދުވެރިކޮށް ވަނީ ޖަވާބުތަކެއް ދީފަ އެވެ. ޖަވާބު ދިން މީހާގެ ނަމަކަށް އޮތީ "ޒައިނާ" އެވެ. އޭނާއަކީ މެނޭޖަރު ކަމަށް ވެސް ލިއެފައިވެ އެވެ. އެކަމަކު ފުރިހަމަ ނަމެއް ނުޖަހަ އެވެ.
އޭނާ ބުނި ގޮތުގައި ވިޔަފާރިއަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވީ ކޮވިޑްގެ ހާލަތުގެ ސަބަބުންނެވެ. އެގޮތުން މިދިޔަ ފަސް މަހު ވިޔަފާރިއަށް ވަރަށް ބޮޑު ދަތިތަކެއް ކުރިމަތިވި ކަމަށް ބުންޏެވެ. އެންމެ ބޮޑު އެއް ސަބަބަކީ ކޮވިޑާ ގުޅިގެން މެލޭޝިޔާއިން ރާއްޖެއަށް ތަކެތި ފޮނުވުމުގައި ހުރި ދަތިތައްކަން ފާހަގަކުރި އެވެ. އޭގެ އިތުރުން ރާއްޖެއިން ޑޮލަރު ހޯދުމުގައި ކުރިމަތިވި އުނދަގޫތަކުން ވެސް ވިޔަފާރިއަށް ވަރަށް ބޮޑު ހުރަހެއް އެޅުނު ކަމަށް އޭނާ ބުންޏެވެ.
"ޑޮލަރު ރޭޓް 15.24 އިން 19ރ. އަށް ކުއްލިއަކަށް އަރައިގެން ދިޔުމުން ތަކެތި ގެންނަން ދަތިތައް ދިމާވި. ސަބަބަކީ އޭރު ކަސްޓަމަރުން ޕޭމެންޓް ދައްކާފައި ހުރީ 15.24ރ. ގެ ރޭޓުން،" ޒެއިނާގެ އީމެއިލްގައި ލިއުނެވެ.
ކޮވިޑާ ގުޅިގެން ރާއްޖޭގެ ޓޫރިޒަމް ހުއްޓި، ޑޮލަރަށް ޖެހުމާ އެކު ބީއެމްއެލްގެ ކާޑުތަކުން ޑޮލަރުން މުއާމަލާތްކުރުމުގައި އައި ހުއްޓުންތައް ވެސް، ނަޒާކީ އޮންލައިނުން ނަގަނީ، އެ މީހުންގެ ވިޔަފާރިއަށް އެޅުނު ހުރަހެއްގެ ގޮތުގަ އެވެ.
ބީއެމްއެލްގެ ކާޑަކުން މަހަކު ކުރެވޭނީ 250 ޑޮލަރުގެ މުއާމަލާތް ކަމަށް، ގައުމީ ބޭންކުން ހަމަޖެއްސި އެވެ.
އީމެއިލްގައި ޒައިނާ ބުނި ގޮތުގައި ނަޒާކީގެ އަގު ވައްޓާލަން ބައެއް ކަސްޓަމަރުން ސޯޝަލް މީޑިއާގައި "ދޮގު މައުލޫމާތު" ފެތުރުމަކީ ވެސް، ކުރިމަތި ބޮޑު މައްސަލައެކެވެ.
ނަޒާކީ އޮންލައިނުން ބުނީ ކޮވިޑްގެ ކުރިން ކަސްޓަމަރުންނަށް ބަރާބަރަށް ތަކެތި ފޯރުކޮށްދިން ކަމަށެވެ. ކޮވިޑާ ގުޅިގެން ކުރިމަތިވި ލަސްވުންތަކުގައި ވެސް އޮންނަ އުސޫލުގެ ތެރެއިން ކަސްޓަމަރުންނަށް ތަކެތި ފޮނުވައިދީ އަދި ރީފަންޑް ބޭނުންވާ މީހުންނަށް އެކަން ވެސް ހަމަޖައްސައިދެމުން އަންނަ ކަމަށް، ޒައިނާގެ އީމެލްއިން ގައި ބުންޏެވެ. ނަމަވެސް އޭނާ ބުނީ މަދު ބައެއް ކަސްޓަމަރުން ސޯޝަލް މީޑިޔާގައި ކުންފުނީގެ އަގު ވައްޓާލައި، ފެތުރި ވާހަކަތަކުގެ ސަބަބުން ގިނަ ކަސްޓަމަރުން ހާސްކަމެއްގެ ތެރެއަށް ގެންގޮސް، ގިނަ ބަޔަކު ރީފަންޑަށް އެދެން ފެށި ކަމަށެވެ.
"ނަޒާކީން މަސައްކަތް ކުރަނީ ޑިލޭތަކާ އެކު ވެސް ކަސްޓަމަރުންނަށް ރީފަންޑު ދޭން. އެކަން އެގޮތަށް ކޮށްދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން ކަސްޓަމަރުންނަށް ދެން،" ޒައިނާ ބުންޏެވެ.
އެކަމަކު "މިހާރު"އާ ވާހަކަދެއްކި ބައެއް ކަސްޓަމަރުންގެ ވިސްނުން ތަފާތެވެ. އެ މީހުން ބުނާ ގޮތުގައި ކޮވިޑްގެ ދަތި ހާލަތުގައި ދެއްކި ފައިސާއަށް ތަކެތި ނުލިބި އަދި ރިފަންޑް ހޯދަން އުނދަގޫ ވުމަކީ ކުރިމަތީގައި އޮތް ބޮޑު މައްސަލައެކެވެ. އެހެންކަމުން ވީހާވެސް އަވަހަކަށް ރީފަންޑް ދިނުމަކީ، ނަޒާކީ އޮންލައިންގެ ޒިންމާއެއް ކަމަށް ވެސް، އެ ކަސްޓަމަރުން ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހުސެންއސދ4541
24 February 2021
ހުރިހާ ކަމެއް ސަރުކާރު ބޮލައް ކަޑާލީމަ ނިމުނީކީނޫން ! ފާޑުފާޑުގެ ޕްރީއޯޑަރ ހުޅުވާލީމަ ނުޖެހޭ އަތައް ނުލިބޭ އެއްޗަކައް ފައިސާ ދޭން .. މާލޭގައި ފަރުނީޗަރާއި ހުރިހާ އެއްޗެއްވެސް އެބަހުރި ނެތް އެއްޗެއް ކުޑަ އަގުގައި ގެންނަން ހަދައިގެން ލިބޭ ލަޑުތިއީ .. ފައިސާާ ކޮޅު ބޭނުން ކޮންމެސް ގޮތަކައް ކޮއްލީމަ ދޯ ރިފަންޑް ނުދެވިގެން އެއުޅެނީ !
ގުއިއްޒު
24 February 2021
ވަރުނެތް ކުންފުންޏަކުން ކަންތައް ކުރަންވީ ގޮތަކަށް ނޫން ނަޒާކީން ތި ކަންތައް ކުރީކީ. ހާލަތު ދިމާވެގެން ސަކުވާތައް ބޮޑުވަމުން ދިޔައއިރުވެސް އޯޑަރުތައް ދިޔައީ ނަގަމުން. ގައިމު އެނގެންޖެހޭތާ މިއޮތީ ގޮތްހުސްވެފާކަން. މިހާ މައްސަލަތައް ހައްލުކުރަން އެބަހުރިކަން. އެކަމަކުވެސް އިތުރު އޯޑަރުތައް ނަގައިގެން މީހުންނަށް ލަނޑުދެމުންތާ ދިޔައީ. ދަތޯމެން ކަންކަން މެނޭޖް ކުރަން ނޭނގޭ މީހުން ލީމާ ބޭލޭނީ ސޯޓެއްވެސް ނޫން. އަދި ޖަނގިޔާވެސް ބޭލޭނެ.
ހޮޓްކިންގ
24 February 2021
އެއްގެއްލުމަކީ މި ނާގާބިލް ސަރުކާރުގެ ސިޔާސަތުގެ ތެރެއިން ބޭންކުން ރައްޔިތުންނަށް ދިން ކެއްސާ ކުރަމުންދާ އުނދަގޫ. އެހެންވެސް އޮންލައިންކޮށް އަމިއްލައަށް ކުރަމުން ގެންދިޔަ ވިޔަފާރިތައްވެސް ހަލާކުވީ. އަމިއްލަ ބޭނުމަށްވެސް އެއްޗެއް ނުގަނަވޭގޮތް ހެދީ އަހަރެމެންގެ ބޭންކުވީމާ. އަނެއްކަމަކީ ބަަޔަކު ޖަހާހާ މަޅިއެއްގައި ދިވެހިން ޖެހޭލެއް ފަސޭހަހާ ބޯގަޅީއަދިވެސް.
އަބދުﷲ ޢިމާދު. ބ.މސ
24 February 2021
ތިގޮތަށް ޕްރީ އޯޑަރ ކޮށް ތަކެތި ގެންނަން އެންމެ ރަގަޅީ ގަމާސް އެއީ ވަރަށް އިތުބަރު ހިފޭ ތަނެއް
ކާދަރު
24 February 2021
އަދި ނުވިތާކައް ނަޒާކީއޮންލައިންއިން ސީފްރައިޓްގެ އަގު ބޮޑު ޔޫޕީއެސް ފެޑެކްސް ތަންތަނުން 7 ދުވަހުން ލިބޭ އަގައްވުރެ. ބޮޑު ސްކޭމްއެއް. ދެން މަގޮވައިގެން ކޯޓަކައްނޫން ދާނީ
ހައިދަރު
24 February 2021
ނަޒާކީ އޮންލައިން މީހުން ވަރައް ސްމާޓް. މިހާރު އުޅެނީ އެކި ނަންނަމުގަ ޕޭޖެތަކެއް ހަދައިގެން އޮންލައިން ކޮއް މެލޭ އިން އެއްޗެހި ގެނެސްދެމޭ ކިޔަިގެން. މަށައްމިކިަން ރޭކާލީ ނަޒާކީ އޮންލައިން ގެ ޕޭޖުން ދިން ދިޔާނާ އެއްގެ ނަމްބަރުން އަނެއް ދެޕޭޖުންވެސް ކޮންޓެކްޓްކުރަން ބުނުމުން.
އަރުތަ
23 February 2021
"ނަޒާކީން މަސައްކަތް ކުރަނީ ޑިލޭތަކާ އެކު ވެސް ކަސްޓަމަރުންނަށް ރީފަންޑު ދޭން. އެކަން އެގޮތަށް ކޮށްދޭނެ" ޒައިނާ ބުންޏެވެ. ކޮން ޑިލޭއެއްގެ ވާހަކަބާ، މުދާ ނުވަތަ ތަކެތި ފޯރުކޮށްދިނުމަށް ޑިލޭވެދާނެ ދަތުރުފަތުރުގެ ތާށިކަމާ ޑޮލަރުގެ އަގަށް އައި ބަދަލާގުޅިގެން، އެކަމަކު ކަސްޓަމަރުން ދިން ފައިސާ ހުންނާނެތާ، އެފައިސާ އަނބުރާ ކަސްޓަމަރަށް ދޭން އެއްވެސް ޑިލޭއެއް ވާހަކަށް ނުޖެހޭނެނު. ކުޑަކުދިން ގާތު ދައްކާޒާތުގެ ވާހަކަ އުތަ.........
މުލޭ
24 February 2021
އެ ފައިސާހުރީ ތަކެތި ގަންނަން ރާއްކެއިން ބޭރަށް ފޮނުވާފައި.
އޮއިލް
23 February 2021
4 މަސް ފަހުން ލާރިކޮޅު ދީފި.
އަރުތަ
23 February 2021
ކޮވިޑްވީމަ ކަސްޓަމަރު ދިން ފައިސާ އަނބުރާ ކަސްޓަމަރާ ހަމަޔަށް އަންނަން ހަތަރު މަސް ނަގާފަނެ ކަމަށް ގަބޫލުކުރެވޭ، ވަރަށް ފާޑެއްގެ އެއްޗެއް މި ކޮވިޑަކީ.
ޒިންދަގީ
23 February 2021
ހުރިހާ ކަމަކަށް ކޮވިޑޭ ކިޔަކަސް ކަމަކުނުދާނެ.. ނަޒާކީ އޮންލައިންނުން ހަމަ މިކޮވިޑުގަ ކޮށްފަހުރި އިޝްތިހާރުތައް އެބަހުރި ފެންނަން. ޑޮލަރުގެ އަގު ބޮޑުކޮށް ހުއްޓަ، 15.42 ކުން ފައިސާ ބަލައިގަންނަމޭ، 7 ދުވަސްތެރޭ ޝިޕްމަންޓް މާލެ އަންނާނެއޭ ކިޔައިގެން މީހުންނަށް އޮޅުވާލައިގެން އޯޑަރުތަކާއި ފައިސާނެގީ.. މީ ފެންނަންހުރި ކަންތައް. ލަދު..
މޮހިތު
23 February 2021
ކޮވިޑާހެދި މާލީދަތިތަކަކާ ކުރިމަތިވީމަވެސް އޯޑަރ ބަރާބަރަށް ނެގޭ ދޯ!؟ މިއީ ބޮޑު އޮޅުވާލުމެއް!