ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ގާނޫނީ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް. --ފޮޓޯ:މިހާރު
15 ޑިސެމްބަރ 2020 - 15:36
މަނީ ލޯންޑަރިންގެ ކުށް ސާބިތުވެފައިވާ، ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ވަކީލުންނާ ބައްދަލުކުރަން ފުރުސަތު ނުދެނީ އެމަނިކުފާނާ މެދު ތަފާތު ކުރުންތައް ގެންގުޅޭތީ ކަމަށް އެމަނިކުފާނުގެ ވަކީލުންގެ ޓީމުން މިއަދު ބުނެފި އެވެ.
މާފުށީ ޖަލުގައި ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ރައީސް ޔާމިނާ އެމަނިކުފާނުގެ ވަކީލުންނަށް ބައްދަލުކުރެއްވޭނީ ކޮވިޑް-19 އާ ގުޅިގެން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އާންމުކޮށްފައިވާ ގައިޑްލައިންތަކަ އެއްގޮތަށް ޕީސީއާރް ޓެސްޓެއް ހައްދައިގެން ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ވަނީ ވަކީލުންނަށް އަންގައިފަ އެވެ.
ރައީސް ޔާމީންގެ ވަކީލުންގެ ޓީމުގެ ފަރާތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު ވިދާޅުވީ ކޮވިޑް-19 ގެ ހާލަތު މިހާރު އޮތް ގޮތުން ރާއްޖޭގައި އަންނަނީ އަޅާފައި ހުރި ފިޔަވަޅުތަކަށް ލުއި ދެމުން ކަމަށެވެ. އެހެން ނަމަވެސް އުސޫލުތައް ބަދަލު ކުރި ކަމަށް ބުނެ، ޑިސެމްބަރު 6، 2020 ގައި ބޭއްވި ރައީސް ޔާމީންގެ ޝަރީއަތަށް ފަހު އެމަނިކުފާނާ ބައްދަލުވުމުގެ ފުރުސަތު ހިފަހައްޓާފައި ވަނީ ކޮވިޑް-19 ގެ ހާލަތަށް ކޮން ބަދަލެއް އައުމުންތޯ ޖަމީލް ސުވާލު އުފެއްދެވި އެވެ.
"މިދިޔަ ދުވަސްތަކުގައި އައި ލުޔެއް. އެނގިވަޑަައިގަންނަވާނެ ފަދައިން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަޑައިގަންނަވައިފި ލ. އަތޮޅަށް. ސަރުކާރުގެ ކުންފުނިތަކުގައި ތިއްބަވާ ބޭބޭފުޅުން އެބަ ދަތުރު ކުރައްވާ އެކި ނަން ނަމުގައި އެކި ތަންތަނަށް،" ޖަމީލް ވިދާޅުވި އެވެ.
ވަކީލް އާދަމް އާސިފް ވިދާޅުވީ ހޯމް މިނިސްޓްރީގެ ބެލުމުގެ ދަށުން ހިންގާ ދޫނިދޫ ޖަލަށް އޭނާ އިއްޔެ ޒިޔާރަތް ކުރެއްވި ކަމަށެވެ. އަދި ގައިދީންނާ ބައްދަލު ކުރުމުގެ ކުރިން ޕީސީއާރް ޓެސްޓެއް ހަދަން ނުޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ރައީސް ޔާމީނަށް ވީމަ ވަކި ތަފާތު ގޮތެއް އޮންނަންވީ ކީއްވެތޯއޭ ސުވާލަކީ. އަދި 24 ގަޑިއިރު ވެސް ނުވޭ. އިއްޔެ ހަވީރު ވީ ކަމެއްގެ ވާހަކަ އަޅުގަނޑު މި ދެންނެވީ،" އާސިފް ވިދާޅުވި އެވެ.
ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ގައިދީންނަށް ގާނޫނީ ވަކީލުންގެ ހައްގު ބޭނުންކުރަން އެދޭ ހާލަތުގައި އެ ހައްގު ފޯރުކޮށްދިނުމަށް ދައުލަތުގެ މައްޗަށް ގާނޫނުއަސާސީން ލާޒިމްވާ ކަމަށާއި އެކަމަށް އިތުރު ޝަރުތުތަކެއް ކުރިމަތިކުރަން ނުޖެހޭކަން ވެސް އާސިފް ފާހަގަ ކުރެއްވި އެވެ.
ރައީސް ޔާމީންގެ ގާނޫނީ ވަކީލުން މިއަދު ވަނީ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އަދި ޕީޖީ ހުސެއިން ޝަމީމަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ. އެގޮތުން އެ ދެ ބޭފުޅުން ރައީސް ޔާމީނާ ދޭތެރޭ ތަފާތު ކުރުންތައް ގެންގުޅުއްވައި، އެކި ގޮތް ގޮތައް ނުފޫޒު ފޯރުއްވަމުންދާ ކަމަށް ވެސް ތުހުމަތު ކުރެއްވި އެވެ.
ކޮވިޑް-19 އާ ގުޅިގެން އަމަލު ކުރަމުން އަންނަ އުސޫލުތަކަށް އެޗްޕީއޭ އިން އެންމެ ފަހުން ގެނައި ބަދަލުތަކުގެ ތެރޭގައި ކުރު މުއްދަތަށް މާލެއިން އަތޮޅު ތެރެއަށް ދަތުރުކުރާ މީހުން ވެސް 72 ގަޑިއިރު ނުވާ ނެގެޓިވް ޕީސީއާރް ނަތީޖާއެއް ހުށަހަޅަން ޖެހެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދ ސއނޓސޓ
16 December 2020
އިހަކަށްދުވަހަކު ނޫންތޯ ޕްރެސް ކޮންފަރަންސް ތަކާއި ބަޔާންތަށް ނެރުއްވީ, "ރައީސް ޔާމީނަކީ ހައި ރިސްކް ބޭފުޅެކޭ" ކިޔުއްވައިން.. ރިސްކް ބޮޑު ބޭފުޅެއް ކަމަށް ވަނީނަމަ, ކޮވިޑް19 ނެގަޓިވް ޓެސްޓެއް ހައްދަވައިން ބައްދަލުކުރަން ދިއުމެންނުންތޯ އެންމެ އައުލާކަން ބޮޑު ގޮތަކީ.. ކޮންމެ މީހަކު ކޮންމެ އެއްޗެއް ކީކަމުގައިވީނަމަވެސް, މީނޫންތޯ ޙަޤީގަތަކީ? ރައީސް ޔާމީންގެ ސިއްޙަތަށް އިސްކަންދެއްވާ!
ނިރުމާ
15 December 2020
ޖަމީލު ތިއުޅުއްވަނީ ހަގީގަތުގަވެސް ޔަަމިނަށް ހެޔޮއެދިގެންތޯ؟ ޖަމީލަށް ދިންއަނިޔާމަތިން ހަދާންނެތީތޯ.
އިބްރާހިމް އަހުމަދު
15 December 2020
ޓެސްޓް ހައްދަން ޝަރުތު ކުރަނީ ޔާމީން ކޮވިޑުން ސަލާމަތް ކުރަން ބޭނުންވާތީ. މިވަރުނޭގެބައެއްދޯ ވަކީލުންނޭކިޔައިގެން މިތިބީ. ޔާމީން މަރާލަންތަ ތިއުޅެނީ؟ ްްްްް
އަދަ
15 December 2020
ޔާމީނަށް ކޮވިޑް ނުޖެހިގެންބާ ޖަމީލު މިއުޅެނީ. ބަލަ އިދާރާތަކުން ބަލާނެ މިހާގެ ސަލާމަތަށް. ހާއްސަ ކޮށް ޖަމީލުމެން ކަހަލަ އެއްވެސް ދިމާލަކުން އިތުބާރު
ައަބްދުﷲނާފިޒު
15 December 2020
ޖަމީލޫ، ކަލޭވެސް ދެން ހާދަ ގޮތްދޫނުކުރެއޭދޯ، ޓެސްޓް ހަދައިގެން ނަމަވެސް ޔާމީނުއާ ބައްދަލު ކުރަންވީނު، ޔާމީނުގެ ވަކީލުން ޓީމުގެ އިޚްލާސްތެރިކާމަމެދު މިހާރު ޝައްކު ކުރެވޭވަރުއެބަވޭ، ޔާމީނުއާ ބައްދަލު ނުކުރެވިގެން ހަމަ މަރުކުއްތަންޖެހެނީ، އެކަމަކު ޕީސީއާރު ޓެސްޓް ހަދައިގެން ބައްދަލުކުރަން އަންނަން ބުނީމަ ފޫކަހާ ފަހަތު ފަޔަށްބުރަވެ ހޮޑުލަވަނީ ކީއްވެގެން.
ރަނގަބީ
15 December 2020
ހެހެ މިއީ މީހާގެ ފެންވަރު ދެން ކިހިނެތް ކަމެއް ވާނީ ހަގީގަތަކީ ކަމީލު އަޑިހިތުން ބޭނުންވަނީ ބަދަލާ ހިފަން އެހެންވީމަ ލަސް ކިރެވޭނެ ގޮތެއް ހޯދަނީ 2023 ގެ ކެންޑިޑޭޓު ޔާމީނާ ނުލާ ނެރެން ބޭނުންވަނީ މިއީ ހަގީގަތަކީ
ގަދަހުސޭން
15 December 2020
ހުސްއަނގަތަޅާން މީނާއާ ނަޝީދުއާދެމީހުން އަނެއްކާ ޔޫކޭއަށް ފޮނުވާލަންވީ.
ސީޒަން ޖެކްޝަން
15 December 2020
މީ އެއްވެސްއިރެއްގާ ހަމަޖެހޭ ވާހަކައެއް ދެއްކިމީހެއްތަ؟
ުވައި ސޫރި
15 December 2020
މާފުއްޓައްގޮސް ދިހަދުވަހު ކަރަންޓީނުގާ ހުރުމައްފަހު ތިޔަބުނާ މީހަކާ ބައްދަލުވާން ބުނީމާ ހަމަޖެހިދާނެ ޖަމީލު ބުނާހާގޮތަކައް ސަރުކާރުން ހަދާކައްނުޖެހޭނެ ހުރިހާމީހުންނައްވެސް އޮންނަންޖެހޭނީ އެއްއުސޫލަކާއި އެއްގަވާއިދެއް
ގހފ
15 December 2020
ކަލޯ ތިކަން ކުރަން އުނދަގުލިއްޔާ ތިޔަށްވުރެ ފަސޭހަ އިން ކަލެއަށް ކުރެވޭ ކަމެއް ކުރަން އުޅެބަލަ. ކޮންހާ އާނގަދަ އެއް ކުރާކަށް.