ރާއްޖޭގައި ހުންނަވާ ޗެކް ރިޕަބްލިކްގެ އޮނަރަރީ ކޮންސުލް އަކަށް މަޝްހޫރު ވިޔަފާރިވެރިޔާ މަދީހު ޖަމާލް މިއަދު އައްޔަންކުރައްވައިފި އެވެ.
މަދީހު އެ މަގާމަށް އައްޔަންކުރެއްވީ ޗެކް ރިޕަބްލިކްގެ ސަރުކާރުގެ ފަރާތުންނެވެ.
މަދީހުއާ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މިއަދު ބައްދަލުކުރެއްވުމަށް ފަހު، ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ޗެކް ރިޕަބްލިކް އަކީ ރާއްޖެ އަށް އެންމެ ގިނައިން ޓޫރިސްޓުން އަންނަ 10 ގައުމުގެ ތެރެއިން ފާހަގަކޮށްލެވޭ މާކެޓެއް ކަމަށެވެ.
"ޓޫރިޒަމް އާއި ވިޔަފާރި އާއި އިންވެސްޓްމަންޓްގެ ދާއިރާ އިން ދެ ގައުމުގެ ގުޅުން ހަރުދަނާކޮށް، ގާތުން މަސައްކަތް ކުރެވޭނެ ކަމަށް އުއްމީދުކުރަން،" ޝާހިދު ވިދާޅުވި އެވެ.
މަދީހު އަކީ ކުރީގެ ޓެކްނޮލޮޖީ މިނިސްޓަރު މަލީހު ޖަމާލްގެ ކޮއްކޮ އެވެ. ޓޫރިޒަމް ދާއިރާއި ވެސް ވިޔަފާރީ ކުރައްވަމުން އަންނަ މަދީހު އަކީ "ޕްރިންޓް ލެބް" ގެ ވެރިޔާ ވެސް މެ އެވެ.