09 ފެބުރުއަރީ 2022 - 05:55
ފިލްމީ ދުނިޔޭގައި ލިބޭ އެންމެ ޝަރަފުވެރި އެއް އެވޯޑު ހަފުލާ ކަމަށްވާ އޮސްކާ އެވޯޑްގެ މިއަހަރުގެ ނޮމިނޭޝަންތައް އިއްޔެ އިއުލާންކޮށްފި އެވެ.
މިފަހަރުގެ އޮސްކާގައި ތަފާތު އެކި ދާއިރާތަކާއި ޖޯންރާތަކުގެ ފިލްމުތައް ވަނީ އެވޯޑުތަކަށް ނޮމިނޭޓްވެފަ އެވެ. އެގޮތުން ޑްރާމާ އާއި ތުރިލާ އިން ފެށިގެން ސައިންސް ފިކްޝަން ވެސް ވަނީ އެންމެ ބޮޑެތި އެވޯޑުތަކުން ނޮމިނޭޝަންތައް ހޯދައިފަ އެވެ.
މިއަހަރުގެ ނޮމިނޭޝަންގައި ޖުމްލަ 12 ނޮމިނޭޝަންއާ އެކު އެންމެ ކުރީގައި އުޅެނީ ބެނެޑިކްޓް ކަމްބަބެޗް އާއި ކާސްޓިން ޑަންސްޓް ލީޑް ރޯލު ކުޅުނު ސައިކޮލޮޖިކަލް ތުރިލާ "ދަ ޕަވާ އޮފް ދަ ޑޯގް" އެވެ. އެ ލިސްޓުގެ ދެވަނައިގައި 10 ނޯމިނޭޝަންއާ އެކު އޮތީ ސައިންސް ފިކްޝަން ސާގާ "ޑޫން" އެވެ.
އެ ދެ ފިލްމު ވެސް ވަނީ މިއަހަރުގެ އެންމެ ޝަރަފުވެރި، "ބެސްޓް ޕިކްޗާ" އެވޯޑަށް ނޮމިނޭޓްވެފަ އެވެ. އެ ލިސްޓުގައި ދެން ހިމެނެނީ؛
- ބެލްފާސްޓް
- ކޯޑާ
- ޑޯންޓް ލުކް އަޕް
- ޑްރައިވް މައި ކާ
- ކިންގް ރިޗާޑް
- ލިކޮރިޝް ޕިއްޒާ
- ނައިޓްމެއާ އެލީ
- ވެސްޓް ސައިޑް ސްޓޯރީ
މިފަހަރު އެންމެ މޮޅު ލީޑިން އެކްޓަރުންގެ ލިސްޓުގައި ހިމެނެނީ ހަވިއޭ ބާޑެމް އާއި ބެނެޑިކްޓް ކަމްބަބެޗް އާއި އެންޑްރޫ ގާފީލްޑްގެ އިތުރުން ވިލް ސްމިތު އަދި ޑެންޒެލް ވޮޝިންޓަން އެވެ. ލީޑް އެކްޓްރެސްގެ ލިސްޓުގައި ހިމެނެނީ ޖެސިކާ ޗެސްޓެއިން އާއި އޮލިވިއާ ކޯލްމަން އާއި ޕެނެލަޕީ ކްރޫޒްގެ އިތުރުން ނިކޯލް ކިޑްމަން އަދި ކްރިސްޓެން ސްޓުވާޓް އެވެ.
ICYMI: Here is the entire list of nominations in every category. #Oscars https://t.co/0jQsEhIpX2
— The Academy (@TheAcademy) February 8, 2022
އެންމެންގެ ހާޒިރުގައި ފިޒިކަލް އިވެންޓެއްގެ ގޮތުގައި ބާއްވަން ނިންމާފައިވާ މި އަހަރުގެ އޮސްކާ އޮންނާނީ އަންނަ މަހުގެ 27 ގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސެންޑް ބަރޯ
09 February 2022
އަހަންނަށް އޮޅިގެން އެންގްރީ ރިއެކްޓް ކުރެވިއްޖެ!! ކޮބާތަ އެނިމޭޓެޑް ފިލްމް ތަކުގެ ނޮމިނީސް؟؟ ހ