ކިމް އާއި ކްލޯއީ އާއި ކައިލީ އަދި ކްރިސް ޖެނާ، މިދިޔަ އަހަރު އޮތް މެޓް ގާލަގައި
12 މާޗް 2023 - 06:37
ވޯގް މަޖައްލާއިން އިންތިޒާމުކޮށްގެން ބާއްވާ ފެޝަންގެ ދުނިޔޭގައި އެންމެ ބޮޑު އިވެންޓް، މެޓް ގާލާއިން ކާޑޭޝިއަން އާއިލާ ނުފެނިދާނެ ކަމަށް، ނިއު ޔޯކް ޕޯސްޓުގެ "ޕޭޖް ސިކްސް" އިން ރިޕޯޓުކޮށްފި އެވެ.
ސެލެބްރިޓީންގެ ހަބަރުތައް ކަވަރު ކުރުމުގައި މަގްބޫލު "ޕޭޖް ސިކްސް" ގައި ބުނެފައިވާ ގޮތުން، މެޓް ގާލާގެ ކޯ-ޗެއާ އަދި ވޯގް މަޖައްލާގެ އެމެރިކާ އެޑިޝަންގެ އެޑިޓަރު-އިން ޗީފް އަނާ ވިންޓޯ، މި އިވެންޓުގެ ހާޒިރީން ހޮވާފައިވަނީ ވަރަށް ބަލައިގެންނެވެ.
އެހެންވެ، ރިއަލިޓީ ޓީވީ ޝޯއިން ވިދާލި އެ އާއިލާ، އަންނަ މެއި މަހު ބާއްވާ މެޓް ގާލާ 2023 ގައި ބައިވެރިވާނެ ކަމުގެ އެއްވެސް ޔަގީންކަމެއް މިވަގުތު ނެތް ކަމަށް، ގިނަ ނޫސްތަކުން ބުނެ އެވެ.
ކިމް އާއި އޭނާގެ ކުރީގެ ފިރިމީހާ 2013 ވަނަ އަހަރުގެ މެޓް ގާލާގައި ބައިވެރިވަނީ، އެއީ ކާޑޭޝިއަން-ޖެނާ އާއިލާއިން އެ އިވެންޓުގައި ބައިވެރިވި ފުރަތަމަ ފަހަރު
އެންމެ ފުރަތަމަ ކާޑޭޝިއަން-ޖެނާ އާއިލާގެ މީހަކު މެޓް ގާލާގައި ބައިވެރިވީ 2013 ވަނަ އަހަރު އެވެ. އެއީ މަޝްހޫރު އިންފްލުއެންސާ އަދި ވިޔަފާރިވެރިޔާ ކިމް ކާޑޭޝިއަން އެވެ. އޭގެ ފަހުން، ފާއިތުވި 10 އަހަރު ދުވަހު ބޭއްވި ހުރިހާ މެޓް ގާލާއަކުން ވެސް އެ އާއިލާގެ މީހަކު ފެނެ އެވެ.
މިދިޔަ އަހަރުގެ މެޓް ގާލާއަކީ، އެ އާއިލާގެ މަޝްހޫރު ހުރިހާ އެންމެން ބައިވެރިވި ފުރަތަމަ ފަހަރެވެ. ކުލަ ގަދަ، ތަފާތު ހެދުންތަކާ އެކު، އަލަށް މެޓް ގާލާގައި ބައިވެރިވި ކްލޯއީ ކާޑޭޝިއަން އަދި ކޯޓްނީ ކާޑޭޝިއަންގެ އިތުރުން، ކިމް އާއި ކެންޑަލް ޖެނާ އަދި ކައިލީ ޖެނާއާއެކު އެ އެންމެންގެ މަންމަ، ކްރިސް ޖެނާ ވެސް މެޓް ގާލާ 2022 ގައި ބައިވެރިވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
2023
13 March 2023
މޯޑިސް ކުއްޖަކު ނުދޭބާ؟ ބޮއިހަލަކި
ދިވެހި ކާޑޭޝިއަން
12 March 2023
ކާރޑޭޝިއަންސް އަކީ މެޓް ގާލާ ގަ އެންމެ ގިނަ ބައެއްގަ ލޮލުުގައި އަޅައި ގަންނަ ކަހަލަ ހެދުން ލާ މީހުން.. އެހެންވީމަ އެމީހުން ބައިވެރިނުކޮށް މެޓް ގާލާ ބޭއްވުމަކީ ވޯގްގެ ޑައުންފޯލް އެއް.. އުންމީދު ކުރަން އެޓް ލީސްޓް ކިމް ފެނިގެން ދާނެ ކަމަށް. ނޮޓް ގޯނާ ލައި ދޭ ސާރވްޑް އަސް ދަ ބެސްޓް ލުކްސް އޯވާ ދަ އިޔާސް
ރަދީފު ބިން ރަފައިދާ
12 March 2023
ތިމީހުން ނުފެނުނިއްޔާ ރަނގަޅުވާނީ. ވަރަށް ފޫހިބައެއް.
ޒޫނާ
12 March 2023
ރަދީފު ބުން ރަފައިދާ މާ ފޫހި.. ހުރިހާ ތާކަށް ކޮމެންޓް ކުރާނެ
ރަދިފް
12 March 2023
ތިމީހަކު މެޓް ގާލާ ބަލާނަމަ ރަނގަޅު ތިހެން ބުނަން.. ކޮންމެ ތާކަށް ކޮމެންޓް ކުރާތި