ކަންގަނާ މި އަހަރުގެ ކާންސް ފިލްމް ފެސްޓިވަލްގައި.
05 ޖުލައި 2018 - 07:20
ލޯބީގެ ގޮތުން މީހަކާ ގުޅި، ކައިވެންޏަކާ ދޭތެރޭ ސީރިއަސްކޮށް ވިސްނާ ކޮންމެ ފަހަރެއްގައި، ކޮންމެވެސް ކަމެއް ދިމާވެގެން އެކަން ހުއްޓޭ ކަމަށާއި މިއަދު އެކަމާ އުފާވާ ކަމަށް ބަތަލާ ކަންގަނާ ރަނާވަތު ބުނެފި އެވެ.
ކޮސްމޮޕޮލިޓަން މަޖައްލާގެ މި މަހުގެ އަދަދަށް ދިން އިންޓަވިއެއްގައި، 31 އަހަރު ބަތަލާ ބުނީ ހާލަތު ނިޔާ ކުރި ގޮތުން މިހާތަނަށް ކައިވެނި ނުކޮށް ހުރެވުމުން ވަރަށް އުފާ ކަމަށެވެ.
"އެ ހައިޖައިނުން އަހަރެން މިހާތަނަށް ސަލާމަތްވެފައި ހުރީތީ ލައްކަ ޝުކުރު ކުރަން،" ތިން ފަހަރަށް ނެޝަނަލް އެވޯޑް ހޯދާފައިވާ ބަތަލާ ބުންޏެވެ.
އަންނަ އަހަރުގެ ފެބްރުއަރީ 22 ގައި ރިލީޒްކުރާ "މެންޓަލް ހޭ ކިޔާ" ގެ މަސައްކަތް މި ވަގުތު ލަންޑަނުގައި ކުރަމުން އަންނަ ކަންގަނާ ބުނި ގޮތުގައި ހުސްހަށިބަޔަށް ހުރުމަކުން އޭނާ އަށް މަދުވާ އެއްވެސް އެއްޗެއް ނެތެވެ. އަދި ބުރަކޮށް މަސައްކަތްކޮށްގެން ހަޔާތުގައި މިހާތަނަށް ހާސިލު ކުރެވުނު ކަންކަމާ ދޭތެރޭ ފަހުރުވެރިވާ ކަމަށް ބުންޏެވެ.
Two mentals coming together on 22.2. #MentalHaiKya releasing on 22nd February, 2019! #KanganaRanaut @RajkummarRao @ektaravikapoor @pkovelamudi @ShaileshRSingh @KanikaDhillon @RuchikaaKapoor @KarmaMediaEnt pic.twitter.com/HyFKYu7Exp
— BalajiMotionPictures (@balajimotionpic) July 3, 2018
"މެންޓަލް ހޭ ކިޔާ" ރިލީޒް ކުރާ ތާރީހު އިއުލާންކޮށްފައި.
"އެކަމަކު މީގެ މާނައަކީ އަހަރެން ކައިވެނި ނުކުރާނަމެކޭ ނޫން. ކޮންމެވެސް ދުވަހަކު އެކަން ކުރަން ޖެހޭނެ. އެކަމަކު ހަޔާތުގައި މިހާރު އަހަރެން ދެރަވާ ކަހަލަ އެއްވެސް ކަމެއް ނެތް. ވަރަށް ވެސް ހިތްހަމަޖެހޭ އުފާވެރި ހިސާބެއްގައި މިހާރު މި ހުރީ،" އުފަން އަވަށް މަނާލީގައި އަގުބޮޑު އަދި އެހާމެ ފުރިހަމަ ރީތި ގެއެއް ވެސް ދާދި ފަހުން ބިނާ ކުރި ބަތަލާ ބުންޏެވެ.
ކަންގަނާ ވަނީ ބޮލީވުޑްގެ ބައެއް އެކްޓަރުންނާ ލޯބީގެ ގުޅުންތަކެއް ބާއްވައިފަ އެވެ. އޭގެ ތެރޭގައި އޭނާ އަށް ވުރެ އުމުރުން އެތައް އަހަރެއް ދޮށި އަދިތިޔާ ޕަންޗޯލީ، 53، އާއި މިހާރު ބޮލީވުޑުން ގެއްލިފައިވާ އެކްޓަރު އަދިޔަޔަން ސުމަން، 30، އަދި ރިތިކް ރޯޝަން ހިމެނެ އެވެ.
ރިތިކާ އެކު "ކައިޓްސް" އާއި "ކްރިޝް 3" ގައި މަސައްކަތްކޮށް އޭނާއާ ލޯބީގެ ގުޅުމެއް ބޭއްވި ކަމަށް ކަންގަނާ ބުނި ނަމަވެސް، އެކަމަކަށް މިހާތަނަކަށް ރިތިކް އެއްބަހެއް ނުވެ އެވެ. އަދި މި މައްސަލާގައި ދެ މީހުންގެ ދޭތެރޭގައި މީޑިއާ މެދުވެރިކޮށް ބޮޑެތި ކޯޅުންތަކެއް ހިންގައި، ދެން ދުވަހަކު ވެސް އެކުގައި ފިލްމެއް ނުކުޅޭނެ ވަރަށް ވަނީ ގުޅުން ގޯސްވެފަ އެވެ.
މީޑިއާތަކުން މީގެ އަހަރުތަކެއް ކުރިން ރިޕޯޓްކޮށްފައިވާ ގޮތުގައި ކަންގަނާ ވަނީ އިނގިރޭސިވިލާތުގެ ޑޮކްޓަރަކާ ވެސް ދުވަސްތަކެއް ވަންދެން ލޯބީގެ ގުޅުމެއް ބާއްވައިފަ އެވެ. އެކަމަކު މި ވަގުތު އޭނާގެ ލޯބީގެ ވާހަކަތަކުގެ އަޑުތައް މަދެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޕެނިކު ފަރީދާ
05 July 2018
ކައިވެނި ނުކޮށް ހުރެވުނީމަ އުފާ ކުރަމޭއޭ...ކިހިނެތްތަވީ މާވަހަރެއް ފެނުނީތަ