31 ޖުލައި 2019 - 07:29
މީގެ 10 އަހަރު ކުރިން ޖޭމްސް ކެމެރެން ގެނެސް ދިން ކާމިޔާބު ފިލްމު "އެވެޓާ" އިން ފުރުސަތު ލިބުނު ކަމަށާއި އެ ފިލްމުގެ ނަމަކީ ވެސް އޭނާގެ ހިލާޔަކަށް ދިން ނަމެއް ކަމަށް ބޮލީވުޑްގެ އެކްޓަރު ގޯވިންދާ ބުނެފި އެވެ.
ކޯޓުގައި ހިނގާ މައްސަލައެއް ގޮތަށް ދައްކާ "އާޕް ކީ އަދާލަތު" ޝޯގައި ގޯވިންދާ ބުނީ ކެމެރެން ދިން ފުރުސަތު އޭނާ ދޫކޮށްލި ސަބަބުތަކުގެ ތެރޭގައި ފިލްމުގެ މަސައްކަތް ނިންމަން ގިނަ އަހަރުތަކެއް ނެގުމާއި އެ ފިލްމުގައި ނުކުޅެދޭ މީހެއްގެ ރޯލް ކުޅެން ލިބުން ހިމެނެ އެވެ.
ކާމިޔާބު އެތައް ފިލްމެއް ކުޅެފައިވާ އެކްޓަރު ބުނި ގޮތުގައި "އެވެޓާ" އިން އޭނާ ދޫކޮށްލީ ނުކުޅެދޭ ކުރީގެ މެރައިންއެއްގެ ރޯލް ކުޅުނު ސޭމް ވޯތިންޓަން ކުޅުނު ޖޭކް ސަލީގެ ރޯލެވެ.
"އަހަރެން ވަރަށް ސީދަލަށް ކެމެރެން ގާތު ބުނިން އެކަހަލަ ކެރެކްޓާއެއް ކުޅެން ތައްޔާރެއް ނޫނޭ. އަދި އޭނާ އެދުނު ގޮތަށް ފިލްމަށް ގާތްގަނޑަކަށް ހަތަރު ސަތޭކަ ދިހަ ދުވަސް އަހަންނަށް ދެވެން ނެތް ވާހަކަ ވެސް ބުނިން،" ގޯވިންދާ ބުންޏެވެ. "އަހަންނަށް އެވެޓާ ހުށަހެޅިތާ ގާތްގަނޑަކަށް އަށެއް ނޫނީ ނުވަ އަހަރު ފަހުން އެ ފިލްމު ރިލީޒްވީ ވެސް."
Watch superstar Govinda delivering his famous dialogue in #AapKiAdalat
— Rajat Sharma (@RajatSharmaLive) July 28, 2019
Tonight at 10 @indiatvnews pic.twitter.com/Yr9sB0asiq
ގޯވިންދާ ބުނި ގޮތުގައި "އެވެޓާ" ހިއްސާއަކަށް ނުވިޔަސް، އެ ފިލްމުގެ ނަމުގައި އޭނާގެ ހިއްސާ ބޮޑެވެ. އެގޮތުން ފިލްމަށް ކެމެރެން ނަން ދިނީ އޭނާ ދިން ހިޔާލަކަށް ކަމަށް ބުންޏެވެ. އެހެންވެ އެކަމާ އުފާކުރާ ކަމަށް ބުންޏެވެ.
Watch superstar Govinda narrating in #AapKiAdalat on how he selected his movie characters from real life.
— Rajat Sharma (@RajatSharmaLive) July 28, 2019
Today morning at 10 am @indiatvnews #GovindaInAapKiAdalat pic.twitter.com/NoU3m7kLhC
"އާޕްކީ އަދާލަތު" ޝޯގައި ގޯވިންދާ ވަނީ ބޮލީވުޑުން ލިބުނު، ފާހަގަކޮށްލެވޭ ފިލްމުތަކެއް ވެސް ދޫކޮށްލި ކަމަށް ބުނެފަ އެވެ. އޭގެ ތެރޭގައި ސަންޖޭ ލީލާ ބަންސާލީގެ "ދޭވްދާސް" އާއި ސުބާޝް ގާއީގެ "ތާލް" އާއި ޔާޝް ޗޯޕްޅާގެ "ޗާންދުނީ" ހިމެނެ އެވެ.
ކޮމެޑީ ރޯލްތައް ކުޅެން ކުޅަދާނަ އަދި ނަށަން ވެސް މޮޅު އެކްޓަރެއްގެ ގޮތުގައި ގިނަ ބަޔަކު ފާހަގަކުރާ ގޯވިންދާގެ ކެރިއަރު މިހާރު ވަނީ ވަރަށް ބޮޑަށް އަޑިއަޅާލައިފަ އެވެ. ކުޅޭނެ ރަނގަޅު ފިލްމެއް ވެސް އޭނާ އަށް ނުލިބޭ އިރު، މަޝްހޫރު ޑައިރެކްޓަރެއްގެ ފިލްމަކުން ފުރުސަތެއް ވެސް ނުލިބެ އެވެ. ގޯވިންދާ އެންމެ ގިނައިން ކުޅުނީ ޑައިރެކްޓަރު ޑޭވިޑް ދަވަންގެ ފިލްމުތަކެވެ.
އެކަމަކު އޭނާގެ ފިލްމުތަކުން މިހާރު ފުރުސަތު ނުދޭތީ، ގޯވިންދާ އާއި ޑޭވިޑާ ދެމެދު ކުރިން އޮތް ގާތް ގުޅުމެއް ވެސް މިހާރަކު ނެތެވެ. އަދި ޑޭވިޑް މި ފަހުން ހުރިހާ ފިލްމެއް ވެސް ހަދަނީ ދަރިފުޅު ވަރުން ދަވަން ހިމަނައިގެން ކަމަށްވާތީ އެކަމަށް ވެސް ގޯވިންދާ ފާޑު ކިޔާފައިވެ އެވެ.
އޭނާ އެންމެ ފަހުން ބޮޑު ސްކްރީނުން ފެނިފައި ވަނީ މިދިޔަ އަހަރު ގެނެސް ދިން ފްލޮޕް ފިލްމު "ރަންގީލާ ރާޖާ" އިންނެވެ. އުމުރުން 55 އަހަރުގެ އެކްޓަރު މިހާރު ވެސް ދެ ފިލްމެއްގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. އެއީ "ބަގްވާން ކޭ ލިޔޭ މުޖޭ ޗޯޅުދޯ" އާއި "ޕިންޑކީ ޑާލިން އެންޑް ނެޝަނަލް ހީރޯ" އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސޮނިބެ
31 July 2019
ފޮނިކެނޑިއަސް ބޮޑުވަރު
ގޯވިންދާ
31 July 2019
މިކޮޅުން ޔޫއްޕެއައްވެސް ލިބުނު ތިފުރުސަތު... އޭނަ ދޫކޮއްލީ އޭގައުޅޭ ޖަނަވާރެއްގެ ރޯލް ކުޅެން ލިބުނީމަ....
ތަޖޫ
31 July 2019
ޖޭމްސް މަށަށްވެސް ދިން ޓައިޓޭނިކްގެ ރޯލެއްކުޅެން، އެކަމު ކުރަހާމީހެއްގެ ބައި ނުކުޅެން ދޫކޮއްލީ ، އެކަމު އުފާވަނީ މަ ދިން ނަން ކުނާޑުން އެބޯޓަށް ކީމަ