05 ޑިސެމްބަރ 2019 - 12:26
ބެލުންތެރިންގެ ބޮޑު މަގުބޫލު ކަމެއް ހޯދި ފިލްމު "ލާ ލާ ލޭންޑް" އިން އެންމެ މޮޅު ބަތަލާގެ އޮސްކާ އެވޯޑް ހޯދާފައިވާ އެމެރިކާގެ މަޝްހޫރު ބަތަލާ އެމާ ސްޓޯން އެންގޭޖްވެއްޖެ އެވެ.
ލޯބިވެރިޔާ އަދި މަޝްހޫރު ޓީވީ ޝޯ ސަޓަޑޭ ނައިޓް ލައިވް (އެސްއެންއެލް) ގެ ޑައިރެކްޓަރު ޑޭވް މެކޭރީ އެންގޭޖްވީ މިދިޔަ ހޮނިހިރު ދުވަހު އެވެ. އަދި އިންސްޓަގްރާމްގައި ވަނީ އެންގޭޖްމަންޓް އަނގޮޓި ވެސް ދައްކާލައިފަ އެވެ.
މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި އެމާ، 31 އާއި ޑޭވް، 34، އެންގޭޖްވީ ރައްޓެހިވެގެން އުޅޭތާ ދެ އަހަރު ފަހުންނެވެ. އަދި ވަރަށް އަވަހަށް ދެ މީހުން ކައިވެނި ވެސް ކުރާނެ އެވެ.
އެންގޭޖްވި އިރު އެމާ އެންމެ ފަހުން ސްކްރީނުން ފެނިފައި ވަނީ އޮކްޓޯބަރު މަހު ރިލީޒްކުރި ޒޮމްބީ ކޮމެޑީ "ޒޮމްބީލޭންޑް: ޑަބަލް ޓެޕް" އިންނެވެ. އޭނާގެ ކުރިއަށް އޮތް ފިލްމަކީ 2021 އަށް ތާވަލުކޮށްފައިވާ "ކްރްއެލާ" އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy