11 ފެބުރުއަރީ 2020 - 07:37
މިދިޔަ އަހަރު ރިލީޒްކުރި ކާމިޔާބު ތަމަޅަ ފިލްމު "ކައިތީ" ގެ ހިންދީ ރިމެކްގެ ބަތަލުގެ ރޯލުން ފެންނާނީ ރިތިކް ރޯޝަން ނުވަތަ ރަންވީރު ސިންގް ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ލޮކޭޝް ގަނަގަރާޖް ޑައިރެކްޓްކޮށް، ކާތީ ބަތަލުގެ ރޯލް ކުޅެފައިވާ "ކައިތީ" އަކީ އެކްޝަން ތުރިލާއެކެވެ. މީގެ މައިގަނޑު ޕްލޮޓަކީ ބައްޕައަކާއި އަންހެން ދަރިއެއްގެ ވާހަކަ އެވެ. ފިލްމުގެ ކާސްޓުންގެ ތެރޭގައި ނަރައިދާ އާއި ދީނާ ވެސް ހިމެނެ އެވެ.
ބޮކްސް އޮފީހުގައި 105 ކްރޯޑް ރުޕީސް (18 މިލިއަން ޑޮލަރު) ގެ އާމްދަނީއެއް ހޯދި "ކައިތީ" ގެ ހިންދީ ފިލްމު ބެލުންތެރިންނަށް ގެނެސްދޭނީ ރިލައިންސް އެންޓަޓައިންމަންޓާއި ތަމަޅަ ފިލްމު ވެސް ގެނެސްދިން ޑްރީމް ވޮރިއާޒް ޕިކްޗާޒް ގުޅިގެންނެވެ.
#RelianceEntertainment and @DreamWarriorpic come together to produce the Hindi remake of the Tamil gripping action flick “Kaithi”
— Reliance Entertainment (@RelianceEnt) February 3, 2020
Media Release: https://t.co/9WHaYuBA0k#Kaithi #KaithiInHindi @Karthi_Offl #SRPrakashbabu @prabhu_sr @Shibasishsarkar pic.twitter.com/mLYqNnHsHd
މި ފިލްމާ ބެހޭ ގޮތުން ރިލައިންސް އެންޓަޓައިންމަންޓްގެ ސީއީއޯ ޝބާސިޝް ސަރުކާރް "ކައިތީ" އަކީ ވަރަށް ޝައުގުވެރި ފިލްމެއް ކަމަށާއި މި ފިލްމުގެ ހިންދީ އޯޑިއަންސަށް ގެނެސްދޭން ފުރުސަތު ލިބުމަކީ ވަރަށް ބޮޑު ހިތްހަމަޖެހުމެއް ކަމަށެވެ. އަދި ވަރަށް ފުރިހަމަ ފިލްމެއްގެ ގޮތުގައި "ކައިތީ" ގެނެސްދޭން މަސައްކަތްކުރާނެ ކަމަށް ބުންޏެވެ.
ހިންދީ ފިލްމު ވެސް ޑައިރެކްޓްކުރާނީ އޮރިޖިނަލް ފިލްމު ޑައިރެކްޓްކުރި ލޮކޭޝް އެވެ. ނަމަވެސް ފިލްމުގެ ބަތަލުގެ ރޯލުން ރިތިކް ނުވަތަ ރަންވީރު ފެނިދާނެ ކަމަށް ބުނާ ވާހަކަތައް އަދި ރަސްމީކޮށް ކަށަވަރެއް ނުވެ އެވެ.
ފިލްމުގެ ޓީމުން ބުނީ ކާސްޓުން ނެގުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށާއި އެކަން ވަރަށް އަވަހަށް އިއުލާންކުރާނެ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ލިމް
11 February 2020
ރންވީރު?