ކުޅިވަރު / ސާފް ޗެމްޕިއަންޝިޕް 2021

ޕްރެޝަރު އޮތީ ރާއްޖެ އަށް، ލަންކާއަށް ގެއްލޭނެ އެއްޗެއް ނެތް: އަލަގިޗް

ލަންކާގެ ކޯޗް އާމިރު އަލަގިޗް. --- ފައިލް ފޮޓޯ: ނިޝާން އަލީ | މިހާރު

އުރީދޫ ސާފް ޗެމްޕިއަންޝިޕްގައި މާދަމާ ހަވީރު ރާއްޖެއާ ދެކޮޅަށް ނުކުންނަ އިރު ޕްރެޝަރު އޮތީ ރާއްޖެއަށް ކަމަށާއި، އެ މެޗުން ކޮންމެ ނަތީޖާއެއް ނުކުތަސް ލަންކާ ޓީމަށް ގެއްލޭނެ އެއްޗެއް ނެތްކަމަށް ސްރީ ލަންކާގެ ގައުމީ ޓީމުގެ ކޯޗު އާމިރު އަލަގިޗް ބުނެފި އެވެ.

"ރާއްޖޭން ބޭނުމެއް ނުވާނެ މޮޅުވުން ނޫން ގޮތެއް. ނޭޕާލް އަތުން ބަލިވީ ވެސް ޕްރެޝަރު އޮތީމަ ކަންނޭނގެ. އަހަރެމެންގެ ސަޕޯޓަރުން ބޭނުންވާނީ ޓީމުގެ ޕްރޮގްރެސް ބަލަން. ނަތީޖާއާ މެދު ކަންބޮޑުވުމެއް ނުގެންގުޅޭނެ. މި އަހަރުގެ މުބާރާތުގައި އަހަރެމެންގެ ފަހު މެޗު މިއީ،" އަލަގިޗް ބުންޏެވެ.

"ހުރިހާ ގޮތަކުން ވެސް ރާއްޖެއަށް ޕްރެޝަރު ވާނެ. ބަންގްލަދޭޝް މެޗު ނަގައިފި. އެންމެން ވެސް އުންމީދު ކުރާނެ މޮޅު ވާން، އަނެއް ބަޔަކު ބޭނުންވެދާނެ ހައިރާން ކުރުވަނިވި ގޮތަކަށް އަހަރެމެން (ލަންކާ) މޮޅުވާން ވެސް."

މި އަހަރުގެ ސާފް ޗެމްޕިއަންޝިޕުގައި ލަންކާ މާދަމާ ރާއްޖެއާ ދެކޮޅަށް ކުޅޭ މެޗަކީ އެ ޓީމު މުބާރާތުގައި ކުޅޭނެ ފަހު މެޗެވެ. ފަސް ޓީމު ވާދަކުރާ މުބާރާތުގެ ލީގު ބުރުގައި ކުޅުނު ތިން މެޗުން ލިބުނު އެއް ޕޮއިންޓާ އެކު އެ ޓީމަށް ވަނީ ކުރިއަށް ދިއުމުގެ ދޮރު ބަންދުވެފަ އެވެ.

އަލަގިޗް ބުނީ، ލަންކާގެ ފަހު މެޗާ ކުރިމަތިލާއިރު ލިބުނީ އެންމެ ޕޮއިންޓެއް ކަމާއި، ރާއްޖެއަށް ތިން ޕޮއިންޓް ލިބިފައި ބާކީ ދެ މެޗު އޮތުމުން ރާއްޖެއަށް ޕްރެޝަރު އޮންނާނެކަމާމެ ދު ދެބަސް ވެވެން ނެތް ކަމަށެވެ.

ރާއްޖެއާ ވާދަކޮށް ލަންކާއަށް ސާފް ޗެމްޕިއަންޝިޕުގައި މިހާތަނަށް މޮޅެއް ހޯދިފައި ނުވާއިރު، ރާއްޖެ އަތުން އެންމެ ތަފާތު ބޮޑުކޮށް ބަލިވީ 2013 ވަނަ އަހަރުގެ މުބާރާތުގަ އެވެ. އެ ފަހަރު ގުރޫޕް ސްޓޭޖުގައި ރާއްޖޭގެ ޓީމު 10-0 އިން މޮޅުވި ނަމަވެސް 2018 ވަނަ އަހަރު ގުރޫޕް ސްޓޭޖުގައި މެ ދެ ޓީމުގެ ކުރިމަތިލުން ނިމުނީ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެވެ.

އަލަގިޗް އިތުރަށް ބުނީ، ރާއްޖޭގެ އެޓޭކް ވަރުގަދަ ކަމަށާއި، އޯވަރޯލްކޮށް ޑިފެންސް ދަށް ކަމަށެވެ. ވީމާ މި މެޗުގައި ރާއްޖެ އާއި ލަންކާގެ އެޓޭކްތަކެއް ފެންނާނެ ކަމަށް އުންމީދު ކުރާކަމަށާއި، ލަންކާ ނުކުންނާނީ އެކަން ދަނެގެން ކަމަށެވެ. ނަމަވެސް ގާތް ގާތުގައި މެޗުތައް ކުޅެން ޖެހުމުން ރާއްޖޭގެ ޓީމުގައި ހިމެނޭ އުމުރުން ދޮށީ ކުޅުންތެރިންގެ ފިޓްނަސްއާ މެދު އަލަގިޗް ވަނީ ސުވާލު އުފައްދައިފަ އެވެ.

"މާދަމާގެ މެޗުގައި ފެންނާނެ ކޮން ކުޅުންތެރިންނެއް ކަން މެޗަށް އެންމެ ފިޓްކޮށް އަދި ފްރެޝްކޮށް ތިބީ. ވަރަށް ވަރުގަދަ މެޗަކަށް ވާނެ. ދަނޑުގެ ހުރިހާ ހިސާބެއް ކަވަރު ކުރަން ޖެހޭނެ 90 މިނިޓު ވަންދެން. ރާއްޖެ، ބަންގްލަދޭޝްއާ ދެކޮޅަށް ކުޅުނު މެޗުގައި އަހަރެންނަށް ފެނުނު ދެ ކުޅުންތެރިޔަކު އިންޖަރީވީތަން. އިންޖަރީވީ ޓެކްލްތަކާ ހުރެއެއް ނޫން. ފައިގެ މަސްގަނޑަކަށް ތަދުވީ،" ލަންކާއަށް މެޗުގައި އޮތް ފުރުސަތުތަކާ ގުޅޭގޮތުން އަލަގިޗް ބުންޏެވެ.

"އަހަރެމެންގެ ޓީމު ކުރިން ބަލިވޭ ތަފާތު ބޮޑު ސްކޯތަކުން. އެކަމަކު މިހާރު އެބައި ވަރަށް ބޮޑަށް ރަނގަޅު ކުރެވިއްޖެ. ފުޓުބޯޅަ ވެސް، ކުޅުންތެރިން ވެސް މެޗުއާ ވެއްޖެ. ތަރިންނާ އެކު ޒުވާން ކުޅުންތެރިން ވެސް ޓީމުގައި ހިމެނޭ. ޓީމު އަންނާނީ ކުރިއަރަމުން،" ލަންކާ ޓީމުތަކުން މިފަހުން ނެރުނު ނަތީޖާތަކާ ގުޅޭގޮތުން އަލަގިޗް ބުންޏެވެ.

"ރާއްޖެ އަދިވެސް އޮތީ ފައިނަލަށް ދިޔުމުގެ ރޭހުގައި. އެހެންވެ ޕްރެޝަރު ވާނެ. އަހަރެމެން ކުޅޭނީ ހަތަރު ޕޮއިންޓް ހަމަކުރަން."

ސްރީ ލަންކާ އާއި ދިވެހިރާއްޖެ ބައްދަލުކުރާ މެޗު ފަށާނީ މާދަމާ ހަވީރު 4 ޖަހާއިރު އެވެ.

4 ކޮމެންޓް, 10 ރިއެކްޝަންސް

icon happy icon happy 20%
icon sad icon sad 20%
icon angry icon angry 50%
icon wow icon wow 10%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އަލަގިޗް

09 October 2021

މި ހާދަ ފާޑެއްގެ ކޯޗެކޭ

The name is already taken The name is available. Register?

ވަކަޖެމް

11 October 2021

ތެދެއް އެބުނީ ޑިފެންސް ވަރަށްދަށް. ޓީމްވާކްވެސް ދަށްކަމަށް ފެންނަނީ

The name is already taken The name is available. Register?

ޝޯމޭން

09 October 2021

އިންޖަރީވީ ޓެކުލް ޖަހައިގެނެއް ނޫނޭ؟! ކޯޗައް މެޗުގެ ސްޓެޓްސް ފެނުނުބާ.

The name is already taken The name is available. Register?

ބަބުރު

11 October 2021

ސްޓެޓަސް އެއްނޫން މެޗް ބަލާފަ އެބުނީ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454