ފޮޓޯގެލަރީ / ލޮނުޒިޔާރަތް ކޮޅު

ލޮނުޒިޔާރަތްކޮޅުން "ބަހާރު މޫސުމެއް"

ނިޝާން އަލީ

22 ސެޕްޓެމްބަރ 2020

މިއީ މާލޭގައި މިހާރު ތަރައްގީކުރަމުން އަންނަ ލޮނުޒިޔާރަތްކޮޅު ޕާކްގެ ހުރިހާ މަސައްކަތެއްހެން މިހާރު ވަނީ ގާތްގަނޑަކަށް ނިމިފައި. މި ޕާކްގެ ފެހިކަމާއި ރީތިކަން ވަރަށް ބޮޑު. --ފޮޓޯ: ނިޝާން އަލީ/މިހާރު

ނޫ ކުލައިގެ އުޑާއި ފެހި ގަސްތަކާއި ފެންގަނޑެއްގެ ހިމޭން ހިޔަނިން އުފައްދައިދޭ ހިތްގައިމު މަންޒަރުތައް، ކުރިއަށް އޮތް ތަނުގައި، އާންމުންގެ ފޮޓޯތަކުން ގިނަވެދާނެ --ފޮޓޯ: ނިޝާން އަލީ/މިހާރު

ޕާކާ ޖެހިގެން އޮތީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހެދި މަޝްހޫރު ބުރިޖް: ބްރިޖްގެ މަންޒަރުތަކާއި މިހާރުގެ ސަރުކާރުން ހަދާ ޕާކްގެ މަންޒަރުތައް އެއްކޮށްލައިގެން ވެސް ރީތި ފޮޓޯތަކެއް ނެގިދާނެ --ފޮޓޯ: ނިޝާން އަލީ/މިހާރު

އަލަށް ތަނެއް ތަރައްގީކުރާ އިރު ފެންނަ މަންޒަރު އަބަދުވެސް ވަރަށް ރީތިވާނެ: ސުވާލަކީ ލޮނުޒިޔާރަތްކޮޅު ޕާކްގެ މިހާރު މި އޮތް ހިތްގައިމުކަން ކިހާ ދުވަހަކަށް ދެމިގެންދާނެތޯ --ފޮޓޯ: ނިޝާން އަލީ/މިހާރު

ވަށައިގެން ފެހިކަމާއި މޫދުގެ ނަލަކަން ފެންނަ ހިސާބެއްގައި ހިނގާލުމަކީ މީހަކަށް ލިބޭނެ ބޮޑު ހިތްހަމަޖެހުމަކަށް ވާނެ: ލޮނުޒިޔާރަތްކޮޅު ޕާކް ތަރައްގީކުރަނީ އެގޮތަށް ވިސްނައިގެން --ފޮޓޯ: ނިޝާން އަލީ/މިހާރު

ކުދި ގަސްތަކެއްގެ ތެރޭގައި މައި ގަހެއް ހެދެނީ: ލޮނުގެ އަސަރު ބޮޑު މި ސަރަހައްދުގައި މި ވަރުގެ ޕާކެއް ގިނަ ދުވަހަށް ދަމަހައްޓަން ބޮޑު ހޭދައަކާއި މަސައްކަތެއް ކުރަން ޖެހޭނެ --ފޮޓޯ: ނިޝާން އަލީ/މިހާރު

މި ގޮނޑީގައި އާންމުންނަށް އިށީދެވޭނީ ކޮން ދުވަހަކުން ބާ؟ މާލޭ ސިޓީ ކައުންސިލުން ބުނާ ގޮތުގައި ކޮވިޑްގެ މި ދުވަސްވަރަކީ ޕާކެއް ހުޅުވަން އެކަށީގެންވާ ދުވަސްވަރެއް ނޫން --ފޮޓޯ: ނިޝާން އަލީ/މިހާރު

މާލޭގައި މާ ގަސްތަކާއި އެހެން ފާޑުގެ ގަސްތައް ހައްދަން މި ދުވަސްވަރު ގިނަ ބަޔަކު ޝައުގުވެރިވޭ: އާ ޕާކްގެ މާ ގަސްތައް ފެނިއްޖެ ނަމަ އެ ޝައުގުވެރިކަން އިތުރަށް ބޮޑުވެދާނެ ކަމަށް ފެނޭ --ފޮޓޯ: ނިޝާން އަލީ/މިހާރު

މިހާތަނަށް ޕާކަށް ވަނުމުގެ ފުރުސަތު ލިބިފައިވާ ބައެއް މީހުން ބުނާ ގޮތުގައި އާންމުންނަށް އޮތް އެންމެ ބޮޑު އެއް ހިތްހަމަޖެހުމަކީ ހައްދާފައިވާ ތަފާތު ވައްތަރުގެ މާ ގަސްތައް --ފޮޓޯ: ނިޝާން އަލީ/މިހާރު

އާންމުންނަށް ހުޅުވާލުމުގެ ކުރިން ޕާކްގައި މާ ގަސްތަކާއި އެހެން ފާޑުގެ ގަސްތައް ހައްދަން މިހާރު ވެސް ގެންދަނީ ވަރަށް ބޮޑަށް މަސައްކަތް ކުރަމުން --ފޮޓޯ: ނިޝާން އަލީ/މިހާރު

އާ ޕާކްގައި މާތަކެއް ފޮޅިފައި: މި ޕާކް އާންމުންނަށް ހުޅުވާލާނެ ދުވަހެއް އަދި ނޭނގޭ --ފޮޓޯ: ނިޝާން އަލީ/މިހާރު

ޕާކްގެ ދެ ބައި ގުޅުވާލަން ހަދާފައިވާ ފާލަން: މިއީ ވެސް ޕާކް ތެރޭގައި ހިނގާބިނގާވެ އުޅޭ މީހުންނަށް ފަސޭހަ ތަނަކަށް ވެދާނެ -- ފޮޓޯ: ނިޝާން އަލީ/މިހާރު

ޕާކްގައި ހައްދާފައިވާ ގިނަ ގަސްތަކެއް ވަނީ ފޯދި، މާ އަޅަން ފަށާފައި: އެކަމަކު އާންމުންނަށް އަދި ޕާކް ހުޅުވައެއްނުލާ ފޮޓޯ: ނިޝާން އަލީ/މިހާރު

ފެހިކަން ބޮޑުކޮށް ތަރައްގީކުރާ ޕާކަކަށް ތަފާތު ވައްތަރުގެ ގަސްތައް ބޭނުންވާނެ. ލޮނުޒިޔާރަތްކޮޅު ޕާކްގައި ވަނީ ގިނަ ވައްތަރެއްގެ ގަސްތައް ވެސް ޖަހާފައި --ފޮޓޯ: ނިޝާން އަލީ/މިހާރު

މަލަކީ ގިނަ ބަޔަކަށް ފެންނަ އުފަލުގެ މަންޒަރެއް: ލޮނުޒިޔާރަތްކޮޅު ޕާކް ފާހަގަކުރެވޭނީ ތަފާތު މާތައް ގިނަ ތަނެއްގެ ގޮތުގައި --ފޮޓޯ: ނިޝާން އަލީ/މިހާރު

އާ ޕާކްގައި މީހުން ހިނގަން އޮންނަ މަގެއް ހިޔާކޮށްފައި: މިތަން ތަރައްގީކުރަމުން އަންނަތާ މިހާރު އަހަރަކަށް ވުރެ ގިނަ ދުވަސް ވެއްޖެ --ފޮޓޯ: ނިޝާން އަލީ/މިހާރު

ރީނދޫ ކުލައިގެ ސައިމަލެއް: ޕާކްގެ އެކި ހިސާބުތަކުގައި މާމެލާމެލީގެ އެކި ގަސްތައް ހިމެނޭ. --ފޮޓޯ: ނިޝާން އަލީ/މިހާރު

ލޮނުޒިޔާރަތްކޮޅު ޕާކްގެ ވިނަގަނޑަށް ފެން ޖަހަނީ: ޕާކް ފެހިކުރަން މިހާތަނަށް ބޮޑު ހޭދައެއްކޮށް، އެހާ ބުރަ މަސައްކަތްތަކެއް ވެސް ވަނީ ނިންމާފައި -- ފޮޓޯ: ނިޝާން އަލީ/މިހާރު

ފެހިކަމާއި މަލުގެ މަންޒަރުތަކުން ހިތަށް ލިބޭނެ ހިތްހަމަޖެހުން، ލޮނުޒިޔާރަތްކޮޅު ޕާކަށް މި ވަގުތު ވަންނަ މީހަކަށް ވެސް އިހުސާސްކޮށްލެވޭނެ: އެކަމަކު އާންމުންނަށް ޕާކް ހުޅުވާލާނެ ދުވަހެއް އަދި ނޭނގޭ --ފޮޓޯ: ނިޝާން އަލީ/މިހާރު

ޕާކް ތެރޭގައި ހިނގަން ހަދާފައި އޮތް މަގެއް: މި ޕާކް ހުޅުވުމުން މާލޭގެ އިމާރާތްތަކުން ފުރިފައިވާ މާހައުލަށް އިތުރު ފެހިކަމެއް އަންނާނެ. ފޮޓޯ: ނިޝާން އަލީ/މިހާރު

މަލާއި ފަތްތަކުގެ ފޮޓޯއަކީ، އެކި އަލިތަކުގައި ވަރަށް ރީތިކޮށް ނެގޭ އެއްޗެއް: ލޮނުޒިޔާރަތްކޮޅު ޕާކުން އެ ފުރުސަތު ލިބޭނެ ކަމަށް ބެލެވޭ --ފޮޓޯ: ނިޝާން އަލީ/މިހާރު

ތަނުގެ ހިތްގައިމުކަން ބޮޑުކުރަން އެކި ހިސާބުތަކުގައި ވަރަށް ތަފާތު ކުލަތަކުގެ ގަސްތައް ވެސް ވަނީ އިންދާފައި. ފޮޓޯ: ނިޝާން އަލީ/މިހާރު

ޕާކްގައި ފެހިކަން ބޮޑުކުރަން މިހާތަނަށް ކޮށްފައިވަނީ ވަރަށް ބޮޑު މަސައްކަތެއް: މިތަން ހުޅުވުމާ އެކު މާލޭގެ ރައްޔިތުންނަށް ހިތްހަމަޖެހުމެއް ލިބޭނެ. ފޮޓޯ: ނިޝާން އަލީ/މިހާރު

އަލަށް ހަދާ ޕާކްގައި ހުރި ގޮނޑިތަކެއް: ފެހިކަން ބޮޑު ޕާކްތައް މަދު މާލޭގައި ލޮނުޒިޔާރަތްކޮޅު މި ޕާކް ވާނީ މީހުން މަޑުކޮށްލައިގެން ތިބެން ހިތްފަސޭހަ ތަނަކަށް. ފޮޓޯ: ނިޝާން އަލީ/މިހާރު

ޕާކްގެ ދެ ބައެއް ގުޅުވާލާފައި ވަނީ ލަކުޑީގެ ފާލަމަކުން: މި ތަނުގައި ހުރެގެން ޕާކްގެ އެކި ހިސާބު ވަރަށް ރީިކޮށް ބަލައިލެވޭ. ފޮޓޯ: ނިޝާން އަލީ/މިހާރު

މިއީ ބޭރުގެ ޕާކެއް ނުވަތަ ރާއްޖޭގެ ރިސޯޓެއްގެ މަންޒަރެއް ނޫން. މިއީ ލޮނުޒިޔާރަތްކޮޅު ޕާކްގެ ފެންގަނޑެއްގެ ތެރެއިން ފެންނަ ރީތިކަމެއް. ފޮޓޯ: ނިޝާން އަލީ/މިހާރު

ލޮނުޒިޔާރަތްކޮޅު ޕާކް ތަރައްގީކުރަމުން އަންނަނީ ހަމައެކަނި ގަހަށް ހާއްސަކޮށްގެންނެއް ނޫން. ޕާކްގެ އެކި ހިސާބުތަކުގައި އިންދާފައިވާ ވިނަ ފަސްގަނޑު މަތީގައި މީހުންނަށް ތިބެވޭ ގޮތަށް ގޮނޑިތައް ވެސް ވަނީ ޖަހާފައި. ފޮޓޯ: ނިޝާން އަލީ/މިހާރު

ގޭގޭގައި ގަސް ހެއްދެމުގެ ލޯބި ބޮޑުވެފައިވާ މި ދުވަސްވަރު، ލޮނުޒިޔާރަތްކޮޅު ޕާކް ތެރެއިން ފެންނަ މަންޒަރުތަކުން ގިނަ ބައެއްގެ ހިތްފުރޭހާ ވޭ --ފޮޓޯ: ނިޝާން އަލީ/މިހާރު

ލޮނުޒިޔާރަތްކޮޅު ޕާކްގައި އިންދާފައިވާ ގަސްތައް ރޯވެ، މިހާރު ވަނީ މާ ވެސް އަޅަން ފަށާފައި: އެކަމަކު ޕާކް ހުޅުވޭ ވަރަށް އަދި ތައްޔާރުނުވާ ކަމަށް، މާލޭ ސިޓީ ކައުންސިލުން ބުނޭ. ފޮޓޯ: ނިޝާން އަލީ/މިހާރު

ލޮނުޒިޔާރަތްކޮޅަކީ ކުރިން ނަމަ މިކަހަލަ ފެހި ކަމެއް ފެންނާނެ ސަރަހައްދަކަށް ވެދާނެ ކަމަށް އެކަކު ވެސް ހިއެއް ނުކުރާނެ: އެކަމަކު އެކި ކަހަލަ ގަސްތަކާއި މާތަކުން މަންޒަރު މިވަނީ ބަދަލުވެފައި --މިހާރު ފޮޓޯ: ނިޝާން އަލީ

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454

mihaaru logo

Copyright © 2025 Mihaaru · Terms and Conditions · Privacy Policy