ފޮޓޯގެލަރީ /

ޓެކްސީ ޑްރައިވަރުންގެ އިހުތިޖާޖު ފެށުން

ފަޔާޒް މޫސާ

10 މާޗް 2022

ހުޅުމާލެ- މާޗް 10، 2022: ޓެކްސީ ދަތުރުތަކުގެ އަގުތައް ސަރުކާރުން މުރާޖައާ ކޮށްނުދިނުމުން، ޓެކްސީ ސެންޓަރުތަކުން ދަތުރުތައް ހުއްޓާލައި، ޑްރައިވަރުން އެ މީހުންގެ ހުރި ކަންބޮޑުވުންތައް ލިޔެފައިވާ ޕޯސްޓަރުތައް ހިފައިގެން ހުޅުމާލޭގެ ރުއްގަނޑު ދޭއް ސަރަހައްދުގައި އިހުތިޖާޖު ފެށުން: ދަތުރުތައް ހުއްޓާލިޔަސް ކޮންމެ ސެންޓަރަކަށް ވެސް ދެ ޓެކްސީއެއް އިމަޖެންސީ ހާލަތުތަކުގައި ދުއްވަން ވަނީ ހުއްދަ ދީފައި. ޓްރާންސްޕޯޓް މިނިސްޓަރު އާއިޝަތު ނަހުލާއާ ބައްދަލުކުރުމުން ވެސް ހައްލެއް ހޯދައި ނުދެއްވުނު ކަމަށް ޑްރައިވަރުން ބުނޭ.--- ފޮޓޯތައް: ފަޔާޒު މޫސާ / މިހާރު

ޓެކްސީ ދަތުރުތަކުގެ އަގު ސަރުކާރުން މުރާޖައާ ކޮށްނުދޭތީ، ޑްރައިވަރުން ދަތުރުތައް ހުއްޓާލާފައި ހުޅުމާލޭގެ ރުއްގަނޑު ދޭއް ސަރަހައްދުގައި ޕޯސްޓަރުތައް ހިފައިގެން އިހުތިޖާޖު ކުރަނީ.---ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

ޓެކްސީ ދަތުރުތަކުގެ އަގު ސަރުކާރުން މުރާޖައާ ކޮށްނުދޭތީ، ޑްރައިވަރުން ދަތުރުތައް ހުއްޓާލާފައި ހުޅުމާލޭގެ ރުއްގަނޑު ދޭއް ސަރަހައްދުގައި ކާރުތައް ޕާކްކޮށްގެން އިހުތިޖާޖު ކުރަނީ.---ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

ޓެކްސީ ކުރުމުގައި ބިދޭސީން އުޅޭ ކަމަށް ބުނެ އެ މީހުން އެ ދާއިރާ އިން ބޭރުކުރަން ގޮވާލާ ޕޯސްޓަރެއް ހިފައިގެން ޑްރައިވަރަކު އަޑުއުފުލަނީ: ބިދޭސީން ރާއްޖޭގައި ޓެކްސީގެ ހިދުމަތް ދިނުން މަނާ.---ފޮޓޯ: ފަޔާޒު މޫސާ/މިހާރު

ޓެކްސީ ޑްރައިވަރުންގެ ހައްގުތައް ކަށަވަރު ކޮށްދިނުމަށް ގޮވާލައި ލިޔެފައިވާ ޕޯސްޓަރެއް ހިފައިގެން ޑްރައިވަރަކު އިހުތިޖާޖު ކުރަނީ: ޓެކްސީ ދަތުރުތަކުގެ އަގުގެ އިތުރުން އެ މީހުންނަށް ދަތިވާ އެހެން ކަންތައްތަކަށް ވެސް އިހުތިޖާޖުގައި އަޑުއުފުލާ.---ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

ޓްރާންސްޕޯޓް މިނިސްޓަރު އާއިޝަތު ނަހުލާ އަށް ނިސްބަތްކޮށް، "މީޓަރު ނުދަންނަ ވަޒީރަކު ބޭނުމެއް ނޫން" ކަމަށް ބުނެ ލިޔެފައިވާ ޕޯސްޓަރެއް ހިފައިގެން ޑްރައިވަރަކު އިހުތިޖާޖު ކުރަނީ: ޓެކްސީތަކުގައި މީޓަރު ހަރުކުރުމަކީ ވެސް އެ މީހުންގެ ޑިމާންޑެއް.---ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

ޓެކްސީ ދަތުރުތަކުގެ އަގު ސަރުކާރުން މުރާޖައާ ކޮށްނުދޭތީ، ޑްރައިވަރުން ދަތުރުތައް ހުއްޓާލާފައި ހުޅުމާލޭގެ ރުއްގަނޑު ދޭއް ސަރަހައްދުގައި ކާރުތައް ޕާކްކޮށްގެން އިހުތިޖާޖު ކުރަނީ.---ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

ޓެކްސީ ޑްރައިވަރުންގެ އިހުތިޖާޖު ހުޅުމާލޭ ރުއްގަނޑު ދޭއް ސަރަހައްދުގައި ކުރިއަށް ގެންދާއިރު، ޓްރާންސްޕޯޓް މިނިސްޓަރު އާއިޝަތު ނަހުލާގެ އިސްތިއުފާ އަށް ގޮވައި ލިޔެފައިވާ ޕޯސްޓަރެއް ޓެކްސީއެއްގައި ހަރުކޮށްފައި.---ފޮޓޯ: ފަޔާޒު މޫސާ/މިހާރު

ޓެކްސީ ދަތުރުތައް ހުއްޓާލުމަށް ފަހު، ޑްރައިވަރުން ކަންބޮޑުވުންތައް ލިޔެފައިވާ ޕޯސްޓަރުތައް ހިފައިގެން އިހުތިޖާޖުކުރަނީ.--- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

ޓެކްސީ ދަތުރުތައް ހުއްޓާލުމަށް ފަހު، ޑްރައިވަރުން ހުޅުމާލޭގެ ރުއްގަނޑު ދޭ ސަރަހައްދުގައި އިހުތިޖާޖުގައި-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

ހުޅުމާލޭގެ ރުއްގަނޑު ދޭއް ސަރަހައްދުގައި ޓެކްސީ ޑްރައިވަރުން އިހުތިޖާޖުގައި: ތެލުގެ ވަރަށް ކައިރިކައިރީގައި އުފުލެމުންދާއިރު ޓެކްސީ ދަތުރުތަކުގެ އަގު ވެސް މުރާޖައާ ކުރަން ޖެހޭނެ ކަމަށް އެ މީހުން ދެކޭ.---ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

ޓްރާންސްޕޯޓް މިނިސްޓަރު އާއިޝަތު ނަހުލާއާ މެދު ހިތްހަމަނުޖެހިގެން، އޭނާ އަށް އަމާޒުކޮށް ލިޔެފައިވާ ޕޯސްޓަރެއް ހިފައިގެން ޑްރައިވަރަކު ހުޅުމާލޭ ރުއްގަނޑު ދޭއް ސަރަހައްދުގައި އިހުތިޖާޖު ކުރަނީ: ނަހުލާގެ އަރިހަށް ޑްރައިވަރުން ދިއުމުން ވެސް ހައްލެއް ހޯދައި ނުދެވުނު ކަމަށް އެ މީހުން ބުނޭ.---ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

ޓެކްސީ ޑްރައިވަރުން ދަތުރުތައް ހުއްޓާލުމަށް ފަހު، ހުޅުމާލޭގެ ރުއްގަނޑު ދޭއް ސަރަހައްދުގައި އިހުތިޖާޖު ކުރާއިރު، ހައްގު ހޯދައި ނުދެވޭ ނަމަ ވޯޓު ނުދޭނެ ކަމަށް ބުނެ ލިޔެފައިވާ ޕޯސްޓަރެއް ޓެކްސީއެއްގައި ހަރުކޮށްފައި.--- ފޮޓޯ: ފަޔާޒު މޫސާ

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454

mihaaru logo

Copyright © 2025 Mihaaru · Terms and Conditions · Privacy Policy