އެމްޕީއެލް ފްލެޓުތައް ދައްކާލުން
ހުޅުމާލެ - އޮގަސްޓް 17، 2022: ހުޅުމާލޭގެ ދެވަަނަ ފިޔަވަހީގައި އިމާރާތްކޮށް އަދި އެ ތަންތަނުގެ އެންމެ ފަހުގެ މަސައްކަތްތައް ކުރަމުންދާ އެމްޕީއެލްގެ ފްލެޓްތަކުގެ މޮކްއަޕް މީޑިއާތަކަށް ވަނީ ދައްކާލާފައެވެ. ފްލެޓްތައް އިމާރާތްކޮށްފައި ވަނީ 15 ބުރީގެ ތިން ޓަވަރުގަ އެވެ. އެތަނުގައި 534 އެޕާޓްމެންޓް ހަދާފައިވެ އެވެ. އެއީ އެއް ރޫމްގެ 204 އެޕާޓްމެންޓާއި 1+2 ރޫމްގެ 330 އެޕާޓްމެންޓެވެ. މި ފްލެޓްތައް އެޅީ 700މި ލިއަން ރުފިޔާ ހޭދަކޮށްގެންނެވެ. މި ތަނުގެ މަސައްކަތް އަންނަ ޑިސެމްބަރު މަހުގެ ތެރޭގައި ނިންމައި އަންނަ އަހަރުގެ ކުރީކޮޅު އެތަނުގައި ދިރިއުޅެން ފެށޭނެ ކަމަށް އެ ކުންފުނީގެ ސީއީއޯ ޝާހިދު ވަނީ ވިދާޅުވެފައެވެ. -- ފޮޓޯތައް: ފަޔާޒު މޫސާ | މިހާރު
އެމްޕީއެލްއިން އިމާރާތްކޮށްފައިވާ 15 ބުރީގެ ތިން ޓަވަރު: މި ތަންތަނުގައި 534 އެޕާޓްމެންޓް ހަދާފައިވެ އެވެ. އެއީ އެއް ރޫމްގެ 204 އެޕާޓްމެންޓާއި 1+2 ރޫމްގެ 330 އެޕާޓްމެންޓު.-- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
އެމްޕީއެލް ފްލެޓްތަކުގެ 1+2 ރޫމްގެ އެޕާޓްމެންޓްއެއް ދައްކާލުމަށް ތައްޔާރުކޮށްފައި -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
އެމްޕީއެލް ފްލެޓްތަކުގެ 1+2 ރޫމްގެ އެޕާޓްމެންޓްއެއް ދައްކާލުމަށް ތައްޔާރުކޮށްފަ: މިތަންތަނުގެ 1+2 ރޫމްގެ ކޮޓަރީގެ އެޕާޓްމެންޓްތަކަކީ 670 އަދި 686 އަކަފޫޓްގެ ތަންތަނެވެ -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
އެމްޕީއެލް ފްލެޓްތަކުގެ އެއް ކޮޓަރީގެ އެޕާޓްމެންޓްއެއް ދައްކާލުމަށް ތައްޔާރުކޮށްފަ: މިތަންތަނުގެ އެއް ކޮޓަރީގެ އެޕާޓްމެންޓްތަކަކީ 454 އަދި 471 އަކަފޫޓްގެ ތަންތަން -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
އެމްޕީއެލް ފްލެޓްތަކުގެ އެއް ކޮޓަރީގެ އެޕާޓްމެންޓްއެއް ދައްކާލުމަށް ތައްޔާރުކޮށްފަ: މި ފްލެޓްތަކުގައި އަންނަ އަހަރު މީހުން ދިރިއުޅެން ފެށޭނެކަމަށް އެ ކުންފުނީގެ ސީއީއޯ ވަނީ ވިދާޅުވެފައެވެ -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
އެމްޕީއެލް ޓަވަރުގެ 1+2 ރޫމްގެ އެޕާޓްމެންޓެއްގެ ކޮޓަރިއެއް އެ ކުންފުނީގެ މުއައްޒަފުންނަށް ދައްކާލުމަށް ތައްޔާރުކޮށްފައި -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
އެމްޕީއެލް ފްލެޓްގެ ބެލްކަނީގައި މީހަކު ބޭރު ބަލާލަނީ: މި ފްލެޓްތައް އިމާރާތްކޮށްފައި ވަނީ 15 ބުރީގެ ތިން ޓަވަރު، އެތަނުގައި 534 އެޕާޓްމެންޓް ހަދާފައިވޭ. އެއީ އެއް ރޫމްގެ 204 އެޕާޓްމެންޓާއި 1+2 ރޫމްގެ 330 އެޕާޓްމެންޓެވެ -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
އެމްޕީއެލްގެ މުއައްޒަފަކު އެ ކުންފުނީގެ ފްލެޓްތަކަކުގެ އެޕާޓްމެންޓެއެއްގެ ތެރޭގައި ފޯނުން ފޮޓޯ ނަގާލަނީ: މި ތަންތަނުގެ މަސައްކަތްނިމި އަންނަ އަހަރު މީހުން ދިރިއުޅެވޭނެ ކަމަށް ވަނީ ބުނެފައި -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
އެމްޕީއެލްގެ ޗެއާމަން މުހައްމަދު ޝަރީފް އެ ކުންފުނީގެ ފްލެޓްތައް ބައްލަވާލަނީ -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
އެމްޕީއެލް ފްލެޓްގައި ހުރި 1+2 ރޫމް އެޕާޓްމެންޓްއެއްގެ ކޮޓަރިއެއްގެ ފާހާނަ: މި އެޕާޓްމެންޓްތަށް ހަވާލުކުރާއިރު ފިނިޝިން ހުރިހާ ކަމެށް ހުންނާނީ ނިންމާފައި -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
އެމްޕީއެލް ފްލެޓްގެ 1+2 ރޫމްގެ އެޕާޓްމެންޓްގެ ބަދިގެ ސަރަހައްދު ދައްކާލުމަށް ކިޗެން ސެޓްއެށް ހަރުކޮއްފައި.-- ފޮޓޯ؛ ފަޔާޒު މޫސާ | މިހާރު
އެމްޕީއެލްގެ މުއައްޒަފަކު އެ ކުންފުނީގެ ފްލެޓް ޓަވަރު ބޭރުގައި މަޑުކޮއްލައިގެން -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
އިތުރު ފޮޓޯ ގެލަރީ