700 އަށް ވުރެ ގިނަ ޓޫރިސްޓުންނާއެކު ބޮޑު ކްރޫޒްލައިނާއެއް މާލެ އަށް
މާލެ - ފެބްރުއަރީ 4، 2023: އިޓަލީގެ އަމިއްލަ ކުންފުންޏަކުން ހިންގާ ކޮސްޓާ ޕެސެންޖާ ލައިނާގެ ކޮސްޓާ ޑެލިޒިއޯސާ ކްރޫޒްލައިނާ 700 އަށް ވުރެ ގިނަ ޓޫރިސްޓުންނާއެކު މިއަދު ވަނީ މާލެ އައިސްފައި: ދެ ހާހަށް ވުރެ ގިނަ ޖާގަ ހުންނަ މި ކްރޫޒްލައިނާ އިން ފޭބި ޓޫރިސްޓުން މާލެ ފައިބާ އެކި ތަންތަނަށް ޒިޔާރަތްކޮށް، ވިޔަފާރި ވެސް ކުރި. ބައެއް ޓޫރިސްޓުން ވަނީ މާލެ ކައިރީގެ ބައެއް ރިސޯޓުތަކަށާއި ކައިރި ބައެއް ރަށްރަށަށް ވެސް ޒިޔާރަތް ކޮށްފައި. މާލެ އަށް ފޭބި ޓޫރިސްޓުންނަށް އެހީތެރިވުމަށް ރަސްމީ ފާލަން ކައިރީގައި ފުލުހުންނާއި އެކްސްކާޝަންސް ހިދުމަތް ދޭ ބައެއް ފަރާތްތަކުން ވެސް ހަރަކާތްތެރިވޭ. އިންޑިއާގެ ގޯއާ އިން ފުރައިގެން މާލެ އައި ކޮސްޓާ ޑެލިޒިއޯސާ ކްރޫޒްލައިނާ ފުރާނީ މާދަމާގެ މެންދުރު.--- ފޮޓޯތައް: ފަޔާޒު މޫސާ | މިހާރު
މާލެ ކައިރީގައި "ކޮސްޓާ ޑެލިޒިއޯސާ" ކްރޫޒްލައިނާ ބަނދަރުކޮއްފަވާއިރު، އެ ކްރޫޒްލައިނާ އިން މާލެ ފޭބި ޓޫރިސްޓުން މަސް މާރުކޭޓް ސަރަހައްދުގައި ހަރަކާތްތެރިވަނީ،--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
"ކޮސްޓާ ޑެލިޒިއޯސާ" ކްރޫޒްލައިނާ މާލޭ ކައިރި އަށް ބަނދަރުކޮއްފައި: މި ކްރޫޒްލައިނާ އަށް ދާ މީހުންނަށް ހިދުމަތް ދިނުމަށް ރޮބަޓްތައް ވެސް ގެންގުޅޭ.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
"ކޮސްޓާ ޑެލިޒިއޯސާ" ކްރޫޒްލައިނާ އިން މާލެ ފައިބަން ހަމަޖެހިފައިވާ ޓޫރިސްޓުން އެ ކްރޫޒްލައިނާގެ ފެރީ އަށް އަރުވަނީ.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
"ކޮސްޓާ ޑެލިޒިއޯސާ" ކްރޫޒްލައިނާ އިން މާލެ ފޭބި އުމުރުން ދުވަސްވީ ޓޫރިސްޓަކު ރަސްމީ ފާލަން ކައިރިން ހިނގާފަ ދަނީ.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
"ކޮސްޓާ ޑެލިޒިއޯސާ" ކްރޫޒްލައިނާ އިން މާލެ ފޭބި ޓޫރިސްޓަކު ބާޒާރު ސަރަހައްދުގައި ފޮޓޯއެއް ނަގަނީ.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
"ކޮސްޓާ ޑެލިޒިއޯސާ" ކްރޫޒްލައިނާ އިން އައި ބައެއް ޓޫރިސްޓުން މާލެ ފޭބުމަށް ފަހު ކައިރި ރަށްކަށް ދިއުމަށް ދޯންޏަކަށް އަރަނީ..--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
ކްރޫޒްލައިނާ އިން މާލެ ފޭބި ޓޫރިސްޓަކު އެނބުރި ދިއުމުގެ ކުރިން ކްރޫޒްލައިނާގެ ކްރޫއިން ފާސް ޗެކް ކުރަނީ.---- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
"ކޮސްޓާ ޑެލިޒިއޯސާ" ކްރޫޒްލައިނާ އިން އައި ބައެއް ޓޫރިސްޓުން އިއްޒުއްދީން ފާލަން ސަރަހައްދުގައި މަޑުކޮށްލައިގެން.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
"ކޮސްޓާ ޑެލިޒިއޯސާ" ކްރޫޒްލައިނާ އިން ދަތުރުކުރި ބައެއް ޓޫރިސްޓުން ޖުމްހޫރީ މައިދާނުގައި ސަރަހައްދުގައި ހަރަކާތްތެރިވަނީ: މި ދުވަސްވަރު ގިނަދަދަކަށް ކްރޫޒްލައިނާ މާލޭ އަންނަމުން އެބަދޭ .--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
"ކޮސްޓާ ޑެލިޒިއޯސާ" ކްރޫޒްލައިނާ އިން މާލެ ފޭބި ޓޫރިސްޓަކު ފުރޮޅުލީ ގޮނޑިއެއްގައި ގެންދަނީ.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
"ކޮސްޓާ ޑެލިޒިއޯސާ" ކްރޫޒްލައިނާ އިން މާލެ ފޭބި އުމުރުން ދުވަސްވީ ޓޫރިސްޓަކު ރަސްމީ ފާލަން ކައިރިން ހިނގާފަ ދަނީ: މި ކްރޫޒްލައިނާ އިން 700 ޓޫރިސްޓުން މިއަދު މާލެ ފައިބާނެ.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
"ކޮސްޓާ ޑެލިޒިއޯސާ" ކްރޫޒްލައިނާ އިން އައި ބައެއް ޓޫރިސްޓުން ޖުމްހޫރީ މައިދާން ސަރަހައްދުގައި މަޑުކޮށްލައިގެން.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
"ކޮސްޓާ ޑެލިޒިއޯސާ" ކްރޫޒްލައިނާ ޓޫރިސްޓުން ގޮވައިގެން އެ ކްރޫޒްލައިނާގެ ފެރީ މާލޭގެ ރަސްމީ ފާލަމަށް ކައިރި ކުރާއިރު، އެ ފެރީގެ ފަޅުވެރިއަކު ބޭރު ބަލަން މަޑުކޮށްލައިގެން.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
"ކޮސްޓާ ޑެލިޒިއޯސާ" ކްރޫޒްލައިނާ އިން ދަތުރުކުރި ޓޫރިސްޓުން ގޮވައިގެން އެ ކްރޫޒްލައިނާގެ ފެރީ މާލޭގެ ރަސްމީ ފާލަމަށް ކައިރި ކުރާއިރު ޓޫރިސްޓުން ބޭރު ބަލާލަނީ.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
"ކޮސްޓާ ޑެލިޒިއޯސާ" ކްރޫޒްލައިނާ އިން އައި ބައެއް ޓޫރިސްޓުން މާލެ ފައިބަނީ.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
"ކޮސްޓާ ޑެލިޒިއޯސާ" ކްރޫޒްލައިނާ އިން މިއަދު މާލެ ފޭބި ދެ ޓޫރިސްޓަކު އިއްޒުއްދީން ފާލަމުގައި މަޑުކޮށްލައިގެން.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
"ކޮސްޓާ ޑެލިޒިއޯސާ" ކްރޫޒްލައިނާ އިން އައި ބައެއް ޓޫރިސްޓުން ޖުމްހޫރީ މައިދާން ސަރަހައްދުގައި މަޑުކޮށްލައިގެން.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
ކްރޫޒްލައިނާ އިން މާލެ ފޭބި ބައެއް ޓޫރިސްޓުން އެކްސްކާޝަންގެ ހިދުމަތް ހޯދަން ރަސްމީ ފާލަން ކައިރީގައި ޖަހާފަވައިވާ ޓެންޓު ކައިރީގައި މަޑުކޮށްލައިގެން.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
"ކޮސްޓާ ޑެލިޒިއޯސާ" ކްރޫޒްލައިނާ އިން އައި ބައެއް ޓޫރިސްޓުން މާލެ ފޭބުމަށް ފަހު އެނބުރި ކްރޫޒްލައިނާ އަށް ދިއުމަށް ކިއޫ ހަދައިގެން.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
"ކޮސްޓާ ޑެލިޒިއޯސާ" ކްރޫޒްލައިނާ މާލޭ ކައިރި އަށް ބަނދަރުކޮއްފައި: މި ކްރޫޒްލައިނާ އަށް ދާ މީހުންނަށް ހިދުމަތް ދިނުމަށް ރޮބަޓްތައް ވެސް ގެންގުޅޭ.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
"ކޮސްޓާ ޑެލިޒިއޯސާ" ކްރޫޒްލައިނާ އިން އައި ބައެއް ޓޫރިސްޓުން ޖުމްހޫރީ މައިދާން ސަރަހައްދުން ހިނގާފައި ދަނީ.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު