ފޮޓޯގެލަރީ / ފްލެޓް

ފަހި ދިރިއުޅުންގެ "އަމާން ދޯދި" އެޕާޓްމަންޓުތައް ދައްކާލުން

ފަޔާޒް މޫސާ

13 ޑިސެމްބަރ 2023

ހުޅުމާލެ - ޑިސެމްބަރު 13، 2023: ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) ގެ ފްލެޓްތަކުގެ ތެރެއިން އެންބީސީސީ ކުންފުންޏާ ހަވާލުކޮށްގެން ހަދަމުން އަންނަ "އަމާން ދޯދި" ފްލެޓްތަކުގެ މޮޑެލް އިއްޔެ ނޫސްވެރިންނަށް ދައްކައިލި. އެކަމަށް ހާއްސަކޮށް ބޭއްވި ރަސްމިއްޔާތުގައި ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރާއި ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބުގެ އިތުރުން އެފްޑީސީގެ މެނޭޖިން ޑިރެކްޓަރު ހަމްދާން ޝަކީލު ބައިވެރިވެވަޑައިގެންނެވި. އަމާން ދޯދީގެ 16 ޓަވަރުގައި 2،000 އެޕާޓްމެންޓް ހަދާނެ. ދެ ކޮޓަރީގެ އެޕާޓްމެންޓްތަކުގައި 650 އަކަފޫޓު ހުންނަ އިރު ތިން ކޮޓަރީގެ އެޕާޓްމެންޓްތަކުގެ ސައިޒަކީ 900 އަކަފޫޓް. ފަހި ދިރިއުޅުމުން އަންނަނީ ފްލެޓްތައް ވީހާ ވެސް އަވަހަކަށް ނިންމުމަށްޓަކައި ކޮންޓްރެކްޓަރުންނާ އެކު މަސައްކަތް ކުރަމުން. މިއީ ކުރީގެ ސަރުކާރުން ފެށި 4،000 ފްލެޓް މަޝްރޫއުގެ ދަށުން ކުރިއަށް ގެންދާ ޕްރޮޖެކްޓްއެއް.--- ފޮޓޯތައް: ފަޔާޒު މޫސާ | މިހާރު

"އަމާން ދޯދި" ފްލެޓެއްގެ ސިޓިން ރޫމް. އަމާން ދޯދީގެ ދަށުން 2،000 ފްލެޓް އިމާރާތް ކުރާނެ.--- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

އަމާން ދޯދީގެ އެޕާޓްމަންޓެއްގެ ބަދިގެ ސަރަހައްދު. އެ އެޕާޓްމެންޓްތަކުގެ ތެރެއިން އެންމެ ފުރަތަމަ ނިމޭ 600 އެޕާޓްމެންޓް އަންނަ އަހަރުގެ އޭޕްރީލް ހިސާބުގައި ނިމޭނެ.--- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

ހައުސިން މިނިސްޓަރު ޑރ. ހައިދަރު އަދި އިންފްރާސްޓްރަކްޗަ މިނިސްޓަރު ޑރ. މުއްތަލިބު ފަހި ދިރިއުޅުމުގެ އެޕާޓްމެންޓެއް ބައްލަވާލައްވަނީ.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ފަހި ދިރިއުޅުމުގެ އެޕާޓްމެންޓެއްގެ ފާހާނާ. އެ އެޕާޓްމެންޓްތަކުގެ ކޮންމެ ކޮޓަރިއެއްގައި ވެސް ފާހާނާ ހުރޭ.--- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

"އަމާން ދޯދި" ފްލެޓްތަކުގެ ޓައިޕް ސީގެ ދެ ކޮޓަރީގެ އެޕާޓްމެންޓްތަކުގެ ސައިޒުތަކާއި ހުންނާނެ ގޮތުގެ ކުރެެހުމެއް.--- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

"އަމާން ދޯދި" ގެ އެޕާޓްމަންޓެއްގެ މާސްޓަ ބެޑްރޫމް ހައުސިން މިނިސްޓަރު ޑރ. ހައިދަރު އަދި އިންފްރާސްޓްރަކްޗަ މިނިސްޓަރު މުއްތަލިބާއި ސަރުކާރުގެ ބައެއް އެހެން އިސްވެރިން ބައްލަވާލައްވަނީ.--- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

އަމާން ދޯދި އެޕާޓްމަންޓެއްގެ އެއް ކޮޓަރި: މިއަދު ވަނީ "އަމާން ދޯދި" ގެ ދެ ކޮޓަރީގެ އެޕާޓްމެންޓްތައް ދައްކާލާފައި.--- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

އަމާން ދޯދީގެ ބައެއް އެޕާޓްމަންޓުތައް ސަރުކާރުގެ ބައެއް އިސްވެރިން ބައްލަވާލައްވަނީ: އެ އެޕާޓްމެންޓްތަކުގެ ތެރެއިން އެންމެ ފުރަތަމަ 600 އެޕާޓްމެންޓް އަންނަ އަހަރުގެ އޭޕްރީލް ހިސާބުގައި ނިމޭނެ.--- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

ހައުސިން މިނިސްޓަރު ޑރ. ހައިދަރާއި އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. މުއްތަލިބު އެންބީސީސީ އިން ހަދާ ދެ ކޮޓަރީގެ ޕްލެޓްތައް ބައްލަވާލައްވަނީ.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ހައުސިން މިނިސްޓަރު ޑރ. ހައިދަރާއި އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. މުއްތަލިބު އަދި ފަހި ދިރިއުޅުން ކޯޕަރޭޝަންގެ އެމްޑީ ހަމްދާން އެންބީސީސީ އިން ހަދާ ފްލެޓްތަކުގެ މޮޑެލް ބައްލަވާލައްވަނީ.--- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

އަމާން ދޯދި ފްލެޓްތައް އިމާރާތް ކުރަމުން ގެންދިޔަ ގޮތުގެ ވީޑިއޯއެއް ހައުސިން މިނިސްޓަރު ޑރ. ހައިދަރު ބައްލަވާއިރު، އަރިހުގައި އެފްޑީސީގެ މެނޭޖިން ޑިރެކްޓަރު ހަމްދާން.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

"އަމާން ދޯދި" މޮކް-އަޕް ދައްކާލުމަށް ބޭއްވި ރަސްމިއްޔާތުގައި ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު ވާހަކަ ދައްކަވަނީ.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

"އަމާން ދޯދި" ފްލެޓްތަކުގެ އެޕާޓްމެންޓްތައް ނޫސްވެރިންނަށް ދައްކާލުމަށް ބޭއްވި ރަސްމިއްޔާތުގައި، އެ ފްލެޓްތައް ހަދަމުންދާ އެންބީސީސީ ކުންފުނީގެ މުވައްޒަފުން ބައިވެރިވަނީ.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

އެފްޑީސީގެ ފްލެޓްތަކުގެ ތެރެއިން އެންބީސީސީ ކުންފުންޏާ ހަވާލުކޮށްގެން ހަދާ ދެ ކޮޓަރީގެ އެޕާޓްމެންޓްތަކުގެ "އަމާން ދޯދި" ފްލެޓްގެ މަސައްކަތުގައި އުޅޭ މީހަކު ބެލްކަނީގައި މަޑުކޮށްލައިގެން.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

"އަމާން ދޯދި" ފްލެޓްތައް ނޫސްވެރިންނަށް ދައްކާލުމަށް ބޭއްވި ރަސްމިއްޔާތުގައި އެފްޑީސީގެ މެނޭޖިން ޑިރެކްޓަރު ހަމްދާން ޝަކީލު ވާހަކަ ދައްކަވަނީ: އެންމެ ބޮޑު އިސްކަމެއް ދޭނީ، ހައްގުވާ މީހުންނަށް ފްލެޓް ލިބޭއިރު، އެ އާއިލާތަކަށް ބޮޑު ލުޔެއް ލިބިދިނުމަށް ކަމަށް ވިދާޅުވި.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

"އަމާން ދޯދި" ފްލެޓްތަކުގެ މޮޑެލް ނޫސްވެރިންނަށް ދައްކާލުމަށް ބޭއްވި ރަސްމިއްޔާތުގައި ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރާއި ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ އަބްދުﷲ މުއްތަލިބް ބައިވެރިވެވަޑައިގަންނަވަނީ.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) ގެ ފްލެޓްތަކުގެ ތެރެއިން އެންބީސީސީ ކުންފުންޏާ ހަވާލުކޮށްގެން ހަދާ "އަމާން ދޯދި" އެޕާޓްމަންޓްތައް ހުންނަ އިމާރާތް.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454

mihaaru logo

Copyright © 2024 Mihaaru · Terms and Conditions · Privacy Policy