ޔޫރޯ 2024 އަށް ވަމުންދާ ތައްޔާރީ
ޖަރުމަނުގައި އަންނަ ހުކުރު ދުވަހުގެ ރޭ ފަށާ ޔޫރޯ ފުޓްބޯޅަ މުބާރާތަށް ޖަރުމަނާއި އެހެން ޓީމުތަކުން ދަނީ ތައްޔާރުވަމުން. އަދި މުބާރާތުގެ އެހެން އިންތިޒާމުތައް ވެސް ފުރިހަމަ ކުރުމަށް، އެންމެ ފަހުގެ މަސައްކަތްތައް ޖަރުމަނުގެ ސަރުކާރައި އެ ގައުމުގެ ފުޓްބޯޅަ ފެޑެރޭޝަނުން ދަނީ ކުރަމުން --- ފޮޓޯތައް: އޭއެފްޕީ
ޖަރުމަނުގެ ބްލޭންކެންހައިންގައި އެ ގައުމުގެ ގައުމީ ޓީމުން ބޭއްވި ޓްރޭނިން ސެޝަންގެ ތެރެއިން --- ފޮޓޯ: އޭއެފްޕީ
ޔޫރޯ އަށް ޖަރުމަނުން ތައްޔާރު ކުރި މެސްކޮޓް: މި މެސްކޯޓްގެ ނަމަކީ އަލްބާޓް --- ފޮޓޯ: އޭއެފްޕީ
ޖަރުމަނުގެ ޑިފެންޑަރު ހޯޝުއާ ކިމިޗް ޓީމުގެ ޓްރޭނިން އަށް ފަހު ބޭއްވި ޕްރެސް ކޮންފަރެންސްގައި ބައިވެރިވަނީ --- ފޮޓޯ: އޭއެފްޕީ
ޖަރުމަނުގެ ޓީމު ޓްރޭނިންގެ ތެރެއިން: މުބާރާތް ހުޅުވާ މެޗުގައި ވާދަކުރާނީ ޖަރުމަނާއި ސްކޮޓްލެންޑް --- ފޮޓޯ: އޭއެފްޕީ
ޔޫރޯގައި ވާދަކުރާ ސާބިއާގެ ކެޕްޓަން ޑުސާން ޓަޑިޗް: އޭނާ އަކީ ޓީމުގެ އެންމެ މުހިންމު ފޯވާޑް --- ފޮޓޯ: އޭއެފްޕީ
މުބާރާތުގައި ވާދަކުރާ ފްރާންސްގެ ސްކޮޑް ފޮޓޯ އަކަށް ހުއްޓިލައިގެން --- ފޮޓޯ: އޭއެފްޕީ
ބާލިންގެ އޮލިމްޕިކް ސްޓޭޑިއަމްގެ އޭރިއަލް ފޮޓޯ: ޔޫރޯގެ ފައިނަލް މެޗު ކުޅޭނީ މި ދަނޑުގައި --- ފޮޓޯ: އޭއެފްޕީ
ޔޫރޯގެ ބައެއް މެޗުތައް ކުޅެން ހަމަޖައްސާފައިވާ ބާލިންގެ އޮލިމްޕިކް ސްޓޭޑިއަމް --- ފޮޓޯ އޭއެފްޕީ
ޔޫރޯ ފުޓްބޯޅަ މުބާރާތަށް ހާއްސަކޮށް ސްޓޭޑިއަމެއްގައި ޕްރެސް ރޫމް ތައްޔާރުކޮށްފައި --- ފޮޓޯ: އޭއެފްޕީ
ޔޫރޯގެ މެޗުތައް ކުޅެން ހަމަޖެހިފައިވާ، މިޔުނިކްގެ ފުޓްބޯޅަ އެރީނާ: މިޔުނިކަކީ ޖަރުމަނުގެ ފުޓްބޯޅައިގައި އެންމެ ފޯރިގަދަ އެއް ސިޓީ --- ފޮޓޯ: އޭއެފްޕީ
ޔޫރޯގައި ވަދަކުރާ ފްރާންސް ޓީމުގެ ތައްޔާރީތަކުގެ ތެރެއިން: މުބާރާތުގެ ފޭވަރިޓުންގެ ލިސްޓްގައި އެ ޓީމު ހިމެނޭ --- ފޮޓޯ: އޭއެފްޕީ
ޔޫރޯގައި ވާދަކުރާ ސްޕެއިންގެ މިޑްފީލްޑަރު ޖީސަސް ނަވާސް (ވ) އާއި އެ ޓީމުގެ ފޯވާޑް ލަމީން ޔަމާލް ޖަރުމަނުގެ ޑޮނައުޝިންގެންގައި ހުންނަ ބޭސް ކޭމްޕްގައި --- ފޮޓޯ: އޭއެފްޕީ
ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ: މިއީ އުމުރުން 38 އަހަރުގެ ރޮނާލްޑޯގެ ފަހު ޔޫރޯ އަށް ވެދާނެ --- ފޮޓޯ: އޭއެފްޕީ
ޔޫރޯ އަށް ތައްޔާރުވުމަށް ޕޯޗުގަލް ކުޅުނު މެޗެއްގެ ތެރެއިން އެ ޓީމުގެ ސަޕޯޓަރަކު --- ފޮޓޯ: އޭއެފްޕީ