"ޕީއެންސީ ހައުސް" ހުޅުވުން

މާލެ - ޖޫން 23، 2024: ސަރުކާރު ހިންގާ ޕާޓީ ޕީއެންސީގެ އާ ޖަގަހަ "ޕީއެންސީ ހައުސް" ހުޅުވުން: މި ޖަގަހަ ހުޅުއްވައި ދެއްވީ ރައީސް އަދި ޕީއެންސީގެ ރައީސް ޑރ މުހައްމަދު މުއިއްޒު. ޖަގަހަ ހުޅުވުމުގެ ރަސްމިއްޔާތަށް ރައީސް މުއިއްޒުގެ އިތުރުން ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފާއި ރައްޔިތުންގެ މަޖިލިހުގެ ރައީސް އަދި ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ އާއި ޕީއެންސީގެ މަޖިލިސް މެމްބަރުންނާއި އެ ޕާޓީގެ ވަރަށް ގިނަ އާންމު މެމްބަރުން ހާޒިރުވި. ޕީއެންސީގެ ޖަގަހަ ހެދި ހ. ވެޔޮވިލާ ގޭގައި މީގެ ކުރިން ވަނީ އެމްޑީޕީ އަދި ޑިމޮކްރެޓްސްގެ މައި ޖަގަހަ ވެސް ހިނގާފައި.--- ފޮޓޯތައް: ޕީއެންސީ

ފަޔާޒް މޫސާ
ފަޔާޒް މޫސާ
24 ޖޫން 2024
"ޕީއެންސީ ހައުސް" ހުޅުވުމަށް ފަހު، ރައީސް އަދި އެ ޕާޓީގެ ރައީސް މުއިއްޒު އެ ޖަގަހައިގައި އެ ޕާޓީގެ ދިދަ ނަންގަވައި ދެއްވަނީ.--- ފޮޓޯ: ޕީއެންސީ

ރައީސް އަދި ޕީއެންސީގެ ރައީސް ޑރ މުހައްމަދު މުއިއްޒު ރޭ "ޕީއެންސީ ހައުސް" ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަނީ.--- ފޮޓޯ: ޕީއެންސީ

ޕީއެންސީގެ އާ ޖަގަހަ "ޕީއެންސީ ހައުސް" ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސް ޑރ މުހައްމަދު މުއިއްޒާއި ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފް އަދި މަޖިލިސް ރައީސް އަބްދުއްރަހީމް އަބްދުއްﷲ ބައިވެރިވެ ވަޑައިގަންނަވަނީ -- ފޮޓޯ: ޕީއެންސީ

ޕީއެންސީ ހައުސް ހުޅުވުމުގެ ރަސްމިއްޔާތުގައި ފިޝަރީޒް މިނިސްޓަރު ޝިޔާމް ވާހަކަ ދައްކަވަނީ.---ފޮޓޯ: ޕީއެންސީ

ޕީއެންސީ ހައުސް ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސް އަދި އެ ޕާޓީގެ ރައީސް ޑރ. މުއިއްޒާއި ޗެއާޕާސަން އަދި މަޖިލިހުގެ ރައީސް އަބްދުއްރަހީމް ބައިވެރިވެވަޑައިގަންނަވަނީ.--- ފޮޓޯ: ޕީއެންސީ

ޕީއެންސީގެ ޖަގަހަ "ޕީއެންސީ ހައުސް" ހުޅުވުން ބޭއްވި ރަސްމިއްޔާތުގައި އެ ޕާޓީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލިހުގެ ރައީސް އަބްދުއްރަހީމް ވާހަކަފުޅު ދައްކަވަނީ.--- ފޮޓޯ: ޕީއެންސީ

ޕީއެންސީގެ ޖަގަހަ "ޕީއެންސީ ހައުސް" ހުޅުވުން ބޭއްވި ރަސްމިއްޔާތުގައި އެ ޕާޓީގެ ޕީޖީ ލީޑަރު އިބްރާހިމް ފަލާހު ވާހަކަ ދައްކަވަނީ.--- ފޮޓޯ: ޕީއެންސީ

ޕީއެންސީގެ އާ ޖަގަހަ "ޕީއެންސީ ހައުސް" ރައީސް މުއިއްޒު ހުޅުއްވައި ދެއްވާއިރު، އަރިހުގައި ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމާއި ނައިބު ރައީސް ހުސައިން އާއި މީދޫ ދާއިރާގެ މެމްބަރު ސިޔާމް.---ފޮޓޯ: ޕީއެންސީ

ޕީއެންސީއާ އަލަށް ގުޅުނު މީހެއްގެ ފޯމު ރައީސް ޑރ. މުއިއްޒާ ހަވާލު ކުރަނީ.---ފޮޓޯ: ޕީއެންސީ

ކުޅިވަރުގެ ދާއިރާ އާއި ފިޓްނަސްގައި އިސްކޮށް ހަރަކާތްތެރިވާ ހާނިމް ޕީއެންސީ އަށް ރޭ ސޮއިކުރައްވައި އޭނާގެ ފޯމު ރައީސް ޑރ. މުއިއްޒާ ހަވާލު ކުރައްވަނީ.---ފޮޓޯ: ޕީއެންސީ

ޕީއެންސީ ހައުސް ހުޅުވަމަށް ބޭއްވި ރަސްމިއްޔާތުގައި އެ ޕާޓީގެ ޖަގަހަ ހުޅުވި ހ. ވެޔޮވިލާ ގޭގެ ވެރިޔާ ޝަފިއްޔާ ޕީއެންސީ އަށް ސޮއިކުރުމަށް ފަހު، އޭނާގެ ފޯމު ރައީސް ޑރ. މުހައްމަދު މުއިއްޒާ ހަވާލު ކުރައްވަނީ.--- ފޮޓޯ: ޕީއެންސީ

ޕީއެންސީ ހައުސް ހުޅުވަމަށް ބޭއްވި ރަސްމިއްޔާތުގައި ވައިކަރަދޫ ދާއިރާގެ އެމްޑީޕީ ކުރީގެ މެމްބަރު މުހައްމަދު ނާޒިމް ޕީއެންސީ އަށް ސޮއި ކުރެއްވުމަށް ފަހު އޭނާގެ ފޯމު ރައީސް ޑރ. މުހައްމަދު މުއިއްޒާ ހަވާލު ކުރައްވަނީ -- ފޮޓޯ: ޕީއެންސީ

ޕީއެންސީ ހައުސް ހުޅުވަން ބޭއްވި ރަސްމިއްޔާތުގައި ޕީއެންސީގެ ސަޕޯޓަރުން ބައިވެރިވަނީ.--- ފޮޓޯ: ޕީއެންސީ

ޕީއެންސީ ހައުސް ހުޅުވުމުގެ ރަސްމިއްޔާތަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ ވަޑައިގަންނަވަނީ.--- ފޮޓޯ: ޕީއެންސީ

އިތުރު ފޮޓޯ ގެލަރީ