ސީއެޗްއެސްއީގެ 45 ވަނަ އަހަރީ ދުވަސް ފާހަގަކުރުން
ހުޅުމާލެ - ޖޫން 3، 2024: ސީއެޗްއެސްއީގެ 45 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ބޭއްވި ހާއްސަ އެސެމްބްލީ: މި އެސެމްބްލީގައި ރައީސް ޑރ މުހައްމަދު މުއިއްޒާއި އެޑިއުކޭޝަން މިނިސްޓަރު ޑރ އިސްމާއިލް ޝަފީއު ބައިވެރިވެވަޑައިގެންނެވި. ރައީސް މުއިއްޒު އެ ސްކޫލަށް ވަޑައިގަތުމުން، މެނޭޖްމަންޓާއި ކުދިންގެ ފަރާތުން ވަނީ ރަތްދޫލައިގެ ހޫނު މަރުހަބާއެއް ވަނީ ކިޔާފައި. 1995 އިން 1997 އަށް ރައީސް މުއިއްޒު ވަނީ ސީއެޗްއެސްއީގައި ކިޔަވާ ވިދާޅުވެފައި. މިހާރު 1،000 އަށް ވުރެ ގިނަ ކުދިން ކިޔަވާ އެ ސްކޫލުގެ އާ އިމާރާތް، ހުޅުމާލޭގައި ހަދައި، ކިޔަވައި ދޭން ފަށާފައި ވަނީ މިދިޔަ އަހަރުގެ މެދުތެރޭގައި.--- ފޮޓޯތައް؛ ރައީސް އޮފީސް
ރައީސް ޑރ. މުއިއްޒު ސީއެޗްއެސްއީގައި ކިޔަވައި ވިދާޅުވި އަހަރާއި އެ މަނިކުފާނުގެ އިންޑެކްސް ނަމްބަރު ލިޔެފައިވާ ބެނާއެއް ހިފަހައްޓައިގެން ސީއެޗްއެސްއީގެ ކުދިންތަކެއް އެ މަނިކުފާނަށް މަރުހަބާ ކިޔަން މަޑުކޮށްލައިގެން .--- ފޮޓޯ: ރައީސް އޮފީސް
ސީއެޗްއެސްއީގެ އަހަރީ ދުވަސް ފާހަގަ ކުރުމަށް ބޭއްވި އެސެމްބްލީ އަށް ރައީސް މުއިއްޒު އެ ސްކޫލަށް ވަޑައިގަތުމުން މަރުހަބާ ކިޔަނީ: އެ މަނިކުފާނަށް މަރުހަބާ ކިޔަން އެ ބެނާގައި ލިޔެފައި ވަނީ ރައީސް އެ ސްކޫލުގައި އެންމެ ފަހުން ކިޔަވާ ވިދާޅުވި އަހަރާއި އޭރުގެ އިންޑެކްސް ނަމްބަރު.--- ފޮޓޯ: ރައީސް އޮފީސް
ސީއެޗްއެސްއީގެ 45 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ބޭއްވި އެސެމްބްލީގައި ރައީސް ޑރ. މުހައްމަދު މުއިއްޒާއި އެޑިއުކޭޝަން މިނިސްޓަރު ޑރ އިސްމާއިލް ޝަފީއު ބައިވެރިވެ ވަޑައިގަންނަވަނީ: މި ދެބޭފުޅުން ވެސް އޭލެވެލް ކިޔަވައި ވިދާޅުވީ ސީއެޗްއެސްއީ އިން.--- ފޮޓޯ: ރައީސް އޮފީސް
ސީއެޗްއެސްއީގެ 45 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ބޭއްވި އެސްމެބްލީގައި އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ވާހަކަ ދައްކަވަނީ.--- ފޮޓޯ: ރައީސް އޮފީސް
ސީއެޗްއެސްއީގެ 45 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ބޭއްވި އެސްމެބްލީގައި އެ ސްކޫލްގެ ބައެއް ޓީޗަރުން ބައިވެރިވަނީ.--- ފޮޓޯ: ރައީސް އޮފީސް
ސީއެޗްއެސްއީގެ 45 ވަނަ އަހަރީ ދުވަހުގެ ހާއްސަ އެސެމްބްލީގައި ރައީސް މުއިއްޒު މިއަދު ވާހަކަފުޅު ދައްކަވަނީ.---ފޮޓޯ: ރައީސް އޮފީސް
ސީއެޗްއެސްއީ އަށް 45 އަހަރު ފުރުން ފާހަގަކުރުމަށް ބޭއްވި ހާއްސަ އެސެމްބްލީގެ އެޖެންޑާ އެ ސްކޫލްގެ ދެ ކުއްޖަކު ހުށަހަޅައި ދެނީ.---ފޮޓޯ: ރައީސް އޮފީސް
ސީއެޗްއެސްއީގެ 45 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ބޭއްވި ހާއްސަ އެސްމެބްލީގައި އެ ސްކޫލްގެ ކުދިން ބައިވެރިވަނީ.--- ފޮޓޯ: ރައީސް އޮފީސް
ސީއެޗްއެސްއީގެ 45 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ބޭއްވި އެސްމެބްލީގައި އެ ސްކޫލްގެ ދަރިވަރުން ބައިވެރިވަނީ: މިހާރު 1،000 އަށް ވުރެ ގިނަ ކުދިން އަންނަނީ މި ސްކޫލްގައި ކިޔަވަމުން.--- ފޮޓޯ: ރައީސް އޮފީސް
ސީއެޗްއެސްއީގެ 45 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ބޭއްވި ހާއްސަ އެސްމެބްލީގައި އެ ސްކޫލްގެ ކުދިން ބައިވެރިވަނީ.--- ފޮޓޯ: ރައީސް އޮފީސް
ސީއެޗްއެސްއީގެ 45 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ބޭއްވި އެސްމެބްލީގައި ރައީސް މުއިއްޒު ވާހަކަފުޅު ދައްކަވަނީ.--- ފޮޓޯ: ރައީސް އޮފީސް
ސީއެޗްއެސްއީގެ 45 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ބޭއްވި އެސްމެބްލީގައި އެ ސްކޫލްގެ ބައެއް ކުދިން ދުވަހާ ގުޅޭ ކޭކް ފަޅަނީ.--- ފޮޓޯ: ރައީސް އޮފީސް
ސީއެޗްއެސްއީގެ 45 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ އެސެމްބްލީ އަށް ރައީސް މުއިއްޒު ވަޑައިގަތުމުން އެ ސްކޫލްގެ ފަރާތުން އެ މަނިކުފާނަށް ހަނދާނީ ފިލައެއް އަރުވަނީ: ރައީސް މުއިއްޒު ވަނީ 1995 އިން 1997 އަށް ސީއެޗްއެސްއީގައި ތައުލީމް ހާސިލް ކުރައްވާފައި.--- ފޮޓޯ: ރައީސް އޮފީސް
ސީއެޗްއެސްއީގެ 45 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ބޭއްވި އެސެމްބްލީއަށް ފަހު، އެ ސްކޫލްގެ މެނޭޖްމެންޓާއި ޓީޗަރުންނާ އެކު ރައީސް މުއިއްޒު ގްރޫޕް ފޮޓޯއެއް ނަންގަވަނީ.--- ފޮޓޯ: ރައީސް އޮފީސް
ސީއެޗްއެސްއީގެ 45 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ބޭއްވި އެސެމްބްލީއަށް ފަހު، ރައީސް މުއިއްޒު އެ ސްކޫލްގައި ކިޔަވާ ކުދިންނާ އެކު ގްރޫޕު ފޮޓޯއެއް ނަންގަވަނީ.--- ފޮޓޯ: ރައީސް އޮފީސް
ސީއެޗްއެސްއީގެ އަހަރީ ދުވަސް ފާހަގަ ކުރުމަށް ބޭއްވި އެސެމްބްލީ އަށް ރައީސް މުއިއްޒު ވަޑައިގަތުމުން އެ ސްކޫލްގެ ކުދިންތަކެއް އެ މަނިކުފާނާ އެކު ސެލްފީއެއް ނަންގަވަނީ.---ފޮޓޯ: ރައީސް އޮފީސް
ސީއެޗްއެސްއީގެ އަހަރީ ދުވަސް ފާހަގަ ކުރުމަށް ބޭއްވި އެސެމްބްލީ އަށް ރައީސް މުއިއްޒު ވަޑައިގަތުމުން އެ ސްކޫލްގެ ކުދިންތަކެއް އެ މަނިކުފާނާ އެކު ސެލްފީއެއް ނަންގަވަނީ.---ފޮޓޯ: ރައީސް އޮފީސް