ފޮޓޯގެލަރީ / ރާއްޖެ-ޗައިނާ

ޗައިނާގެ 75 ވަނަ ގައުމީ ދުވަސް ފާހަގަކުރުން

ފަޔާޒް މޫސާ

1 އޮކްޓޯބަރ 2024

މާލެ - ސެޕްޓެމްބަރު 30، 2024: ޗައިނާގެ 75 ވަނަ ގައުމީ ދުވަސް ފާހަގަކުރުމަށް ބޭއްވި ޖަލްސާ. ދަރުބާރުގޭގައި ބޭއްވި މި ރަސްމިއްޔާތުގައި ރައީސް ޑރ މުހައްމަދު މުއިއްޒާއި ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފާއި ރައްޔިތުންގެ މަޖިލިހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އަދި އުއްތަމަ ފަނޑިޔާރު އަހުމަދު މުއްތަސިމް އަދުނާނުގެ އިތުރުން މިނިސްޓަރުންނާއި މޭޔަރުން ބައިވެރިވެވަޑައިގެންނެވި. ރާއްޖޭގެ އިޖުތިމާއީ އަދި އިގުތިސާދީ ކުރިއެރުމުގައި ޗައިނާގެ ދައުރު ވަރަށް ބޮޑު ކަމަށާއި ކުރިމަގުގައި ވެސް އެ ގުޅުން އިތުރަށް ވަރުގަދަ ވާނެ ކަމަށް މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވި. ޗައިނާގެ ގައުމީ ދުވަސް ފާހަގަކުރަނީ 1949 ވަނަ އަހަރު ޕީޕަލްސް ރިޕަބްލިކް އޮފް ޗައިނާ އުފެދުނު ދުވަހުން ފެށިގެން.--- ފޮޓޯތައް: ފަޔާޒު މޫސާ | މިހާރު

ޗައިނާގެ 75 ވަނަ ގައުމީ ދުވަސް ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސް މުއިއްޒު ވާހަކަފުޅު ދައްކަވަނީ: ޗައިނާއަކީ ރާއްޖޭގެ ތަރައްގީގެ ދަތުރުގެ މުހިންމު އެއް ބައިވެރިއެއް ކަމަށާއި ދެ ގައުމުގެ ގުޅުން ކުރިމަގުގައި އިތުރަށް ބަދަހިވާނެ ކަމުގެ ޔަގީން އެބައޮތް ކަމަށް ރައީސް ވިދާޅުވި.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ޗައިނާ ގައުމީ ދުވަސް ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އެ ގައުމުގެ ސަގާފީ ހަރަކާތެއް ހުށަހަޅައިދެނީ.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ޗައިނާގެ 75 ވަނަ ގައުމީ ދުވަސް ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ދުވާހާ ގުޅޭ ހާއްސަ ކޭކު ފޮރިން މިނިސްޓަރު ހަލީލާއި ޗައިނާގެ ސަފީރު ވާންގް ލީޝިން ފަޅުއްވައި ދެއްވަނީ.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ޗައިނާގެ ގައުމީ ދުވަސް ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އެމްއެމްޕީއާރުސީގެ އެމްޑީ އިބްރާހިމް ޝިއުރީ އާއި ޑެޕިއުޓީ ކޮމިޝަނަރު އޮފް ޕޮލިސް ނަވީން ބައިވެރިވެވަޑައިގަންނަވަނީ.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ޗައިނާގެ 75 ވަނަ ގައުމީ ދުވަސް ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ބޭރުގެ ޑިޕްލޮމެޓަކު ބައިވެރިވެވަޑައިގަންނަވަނީ.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު

ޗައިނާގެ 75 ވަނަ ގައުމީ ދުވަސް ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސް މުއިއްޒު ވާހަކަފުޅު ދައްކަވަނީ.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ރައީސް މުއިއްޒާއި ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފު، ޗައިނާ ގައުމީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަންނަވަނީ.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ޗައިނާގެ ގައުމީ ދުވަހުގެ މުނާސަބަތުގައި ފިނޭންސް މިނިސްޓަރު މޫސާ ޒަމީރާއި ހެލްތް މިނިސްޓަރު ނާޒިމް ބައިވެރިވެވަޑައިގަންނަވަނީ.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ޗައިނާގެ ގައުމީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ހަފުލާގައި ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފާއި ކުރީގެ ރައީސް މުހައްމަދު ވަހީދު އަދި އާ ފޮރިން މިނިސްޓަރު އަބްދުﷲ ހަލީލް ބައިވެރިވެވަޑައިގަންނަވަނީ.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ޗައިނާގެ 75 ވަނަ ގައުމީ ދުވަސް ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އެ ގައުމުގެ ސަފީރު ވާންގް ލީޝިން ވާހަކަ ދައްކަވަަނީ.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ޗައިނާ ގައުމީ ދުވަސް ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީނާއި އެހެން ބައެއް މިނިސްޓަރުން ބައިވެރިވެވަޑައިގަންނަވަނީ.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ޗައިނާ ގައުމީ ދުވަސް ފާހަގަ ކުރުމަށް ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައި ކުރީގެ ބައެއް ވަޒީރުންނާއި ސިޔާސީ ޕާޓީތަކުގެ ބައެއް ވެރިން ބައިވެރިވެވަޑައިގަންނަވަނީ.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު

އިމިގްރޭޝަން ކޮންޓްރޯލަރު މުހައްމަދު ޝަމްއާން ވަހީދާއި ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސް ފާތިމަތު ދިޔާނާ، ޗައިނާ ގައުމީ ދުވަސް ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަންނަވަނީ.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ޗައިނާގެ ގައުމީ ދުވަސް ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ޕީޖީ އައްބާސް ޝަރީފާއި ރައީސް އޮފީހުގެ މިނިސްޓަރު އިބްރާހިމް ހަލީލް އަދި ދައުލަތުގެ އެހެން ބައެއް އިސްވެރިން ބައިވެރިވެވަޑައިގަންނަވަނީ.--- ފޮޓޯ: ރައީސް އޮފީސް

ޗައިނާގެ 75 ވަނަ ގައުމީ ދުވަސް ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސް މުހައްމަދު މުއިއްޒާއި ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އާއި ކުރީގެ ރައީސް މުހައްމަދު ވަހީދު ޗައިނާގެ ސަފީރު ވާންގް ލީޝިން ބައިވެރިވެވަޑައިގަންނަވަނީ.--- ފޮޓޯ: ރައީސް އޮފީސް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454

mihaaru logo

Copyright © 2024 Mihaaru · Terms and Conditions · Privacy Policy