ރައީސްގެ ދެކަނބަލުން ތާޖު މަހަލްއަށް ޒިޔާރަތް ކުރެއްވުން
އިންޑިއާގެ އާގަރާ - އޮކްޓޯބަރު 8، 2024: އިންޑިއާގެ އެންމެ މަޝްހޫރު ބިނާ ކަމަށްވާ ތާޖް މަހަލްއަށް ރައީސް ޑރ. މުހައްމަދު މުއިއްޒާއި އަނބިކަނބަލުން ސާޖިދާ މުހައްމަދު މިއަދު ޒިޔާރަތް ކުރެއްވުން. އިންޑިއާގެ އާގަރާގައި ހުންނަ ތާޖް މަހަލްއަށް ރައީސްގެ ދެކަނބަލުން ވަޑައިގެންނެވީ މިއަދު ހެނދުނު. ރައީސްގެ ދެކަނބަލުން ތާޖް މަހަލްއަށް ޒިޔާރަތް ކުރެއްވީ އެމަނިކުފާނު މިހާރު އިންޑިއާއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން. އިންޑިއާއަށް ވަޑައިގަންނަވާ އެކި ގައުމުތަކުގެ ވެރިން އަބަދުވެސް ތާޖް މަހަލްއަށް ޒިޔާރަތް ކުރައްވާ. މީގެ ކުރިން ރާއްޖޭގެ އެހެން ބައެއް ރައީސުން ވެސް ތާޖް މަހަލްއަށް ޒިޔާރަތް ކުރެއްވި --- ފޮޓޯތައް: ރައީސް އޮފީސް އަދި އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީ
ރައީސް ޑރ. މުހައްމަދު މުއިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ތާޖް މަހަލްގެ ކުރިމަތީގައި ފޮޓޯއެއް ނަންގަވަނީ.-- ފޮޓޯ: އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީ
ރައީސް ޑރ. މުހައްމަދު މުއިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ތާޖް މަހަލް ބައްލަވާލެއްވުމަށް ވަޑައިގަންނަވަނީ --- ފޮޓޯ: އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީ
ރައީސް ޑރ. މުހައްމަދު މުއިއްޒު ތާޖް މަހަލްގެ މެހުމާނުންގެ ސޮއިކުރައްވާ ފޮތުގައި ސޮއި ކުރައްވަނީ --- ފޮޓޯ: އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީ
ރައީސް ޑރ. މުހައްމަދު މުއިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ތާޖް މަހަލްގެ ކުރިމަތީގައި ފޮޓޯއެއް ނަންގަވަނީ.-- ފޮޓޯ: ލުޖެއިން / ޓުވިޓާ
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދެކަނބަލުން އިންޑިއާގެ އާގަރާއަށް ވަޑައިގެން ފްލައިޓުން ފައިބައިވަޑައިގަންނަވަނީ --- ފޮޓޯ/ރައީސް އޮފީސް
ރައީސް ޑރ. މުހައްމަދު މުއިއްޒު ތާޖް މަހަލް ބައްލަވާލެއްވުމަށް އިންޑިއާގެ އާގަރާއަށް ވަޑައިގަތުމުން އެ ސިޓީގެ އިސް ބޭފުޅުން ރައީސަށް މަރުހަބާ ދަންނަވަނީ --- ފޮޓޯ/ރައީސް އޮފީސް
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދެކަނބަލުން ތާޖް މަހަލް ބައްލަވާލެއްވުމަށް އިންޑިއާގެ އާގަރާއަށް މިއަދު ވަޑައިގަންނަވަނީ --- ފޮޓޯ/ރައީސް އޮފީސް
ރައީސް ޑރ. މުހައްމަދު މުއިއްޒު ތާޖް މަހަލް ބައްލަވާލެއްވުމަށް އިންޑިއާގެ އާގަރާއަށް ވަޑައިގަތުމުން އެ ސިޓީގެ އިސްބޭފުޅަކު ރައީސަށް މަރުހަބާ ވިދާޅުވަނީ.-- ފޮޓޯ: ރައީސް އޮފީސް