"ބިއޯންޑް"އަށް އެއް އަހަރުފުރުން ފާހަގަ ކުރުމާއި ދެވަނަ ބޯޓް ދައްކާލުން
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް - އޮކްޓޫބަރު 17، 2024: ރާއްޖޭގެ ފުރަތަމަ ޕްރިމިއަމް އެއާލައިން "ބިއޯންޑް"އަށް އެއް އަހަރުފުރުން ވަނީ މިއަދު ފާހަގަ ކޮށްފައި. އެއާޕޯޓްގައި ބޭއްވި ރަސްމިއްޔާތުގައި ޓްރާންސްޕޯޓް މިނިސްޓަރު އިބްރާހިމް އަމީނާއި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވަނީ ބައިވެރިވެވަޑައިގެންފައި. "ބިއޯންޑް" އަކީ ސިމްޑީ ގްރޫޕުން ޔޫއޭއީގެ އަރަބެސްކް ކުންފުންޏާ ގުޅިގެން ތައާރަފްކުރި އެއާލައިނެއް. މިދިޔަ އަހަރު ނޮވެމްބަރު މަހު ހިދުމަތް ދޭންފެށި ލަގްޒަރީ މި އެއާލައިން ފެށީ އޭ 319 މަރުކާގެ ބޯޓަކާއި އެކު. މިއަދު ވަނީ ދެވަނަ އެއާކްރާފްޓު ރާއްޖެ ގެނެސް އޮޕަރޭޝަނަށް ނެރެފައި.. އެ އެއާކްރާފްޓަކީ އޭ321 މަރުކާގެ 68 ސީޓު ހިމެނޭ ބޯޓެއް. މި އެއާލައިނުން މި ވަގުތު 5 މަންޒިލަކަށް ދަނީ ދަތުރުކުރޭ-- ފޮޓޯތައް: ފަޔާޒު މޫސާ | މިހާރު
"ބިއޯންޑް" އިން ދެ އެއާކްރާފްޓް ޕާކް ކޮށްފައި: ދެވަނަ ފްލައިޓަކީ އޭ321 މަރުކާގެ 68 ސީޓު ހިމެނޭ ބޯޓެއް --- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
މިއަދު ހިދުމަތަށް ނެރުނު ބިއޯންޑްގެ ދެވަނަ ފްލައިޓް ކައިރީގައި ސީއީއޯ އަދި ޗެއާމަން ޓަސްކިލާ އާ ސިމްޑީ ގްރޫޕްގެ ޖެނެރަލް މެނޭޖަރު ޔުޝާއު ސައީދު އަދި އެމްޑީ މިޝަލް އިބްރާހިމް ދީދީ އާއި ބޯޓްގެ ކެބިން ކުރޫއިންނާއެކު ފޮޓޯއެއް ނަންގަވަނީ --- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
ބިއޯންޑް ފްލައިޓްގެ ކެބިން ކުރޫއިން ފްލައިޓްގެ ތެރޭގައި ފޮޓޯއަކަށް ހުއްޓިލައިގެން -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
ލަގްޒަރީ އެއާލައިން "ބިއޯންޑް"އިން ހިދުމަތަށް ނެރުނު ދެވަނަ ފްލައިޓްގެ އެތެރެ ނޫސްވެރިންނަށް ދައްކާލަނީ: މި އެ އެއާކްރާފްޓަކީ އޭ321 މަރުކާގެ 68 ސީޓް ހިމެނޭ ބޯޓެއް -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
ލަގްޒަރީ އެއާލައިން "ބިއޯންޑް" އިން ހިދުމަތަށް ނެރުނު ދެވަނަ ފްލައިޓްގެ ސީޓެއްގައި މީހަކު އިށީނދެލައިގެން --- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
"ބިއޯންޑް"ގެ ކެބިން ކްރޫއެއް އެ ކުންފުނިން ހިދުމަތަށް ނެރުނު ދެވަނަ ފްލައިޓްގެ ތެރޭގައި ފޮޓޯއަކަށް ހުއްޓިލައިގެން -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
ލަގްޒަރީ އެއާލައިން "ބިއޯންޑް"އިން ހިދުމަތަށް ނެރުނު ދެވަނަ ފްލައިޓް ނޫސްވެރިންނަށް ދައްކާލަނީ -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
"ބިއޯންޑް 'ގެ ދެވަނަ ފްލައިޓް ހިދުމަތަށް ނެރުމުގެ ކުރިން ރިބަން ކަނޑަނީ -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
"ބިއޯންޑް" އަށް އެއް އަހަރު ފާހަގަކުރަން ބޭއްވި ރަސްމިއްޔާތުގައި އެ އެއާލައިންގެ ކެބިން ކުރޫއިންނާ އެކު ސީއީއޯ އަދި ޗެއާމަން ޓަސްކިލާ އާއެކު ފޮޓޯއަކަށް ހުއްޓިލައިގެން -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
ސިމްޑީ ގްރޫޕުން ޔޫއޭއީގެ އަރަބެސްކް ކުންފުންޏާ ގުޅިގެން އުފެއްދި ލަގްޒަރީ އެއާލައިން "ބިއޯންޑް" އަށް އެއް އަހަރު ފުރުން ފާހަގަކުރަން ބޭއްވި ރަސްމިއްޔާތުގައި ގުރޫޕް ފޮޓޯއެއް ނަގަނީ .--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
"ބިއޯންޑް"އަށް އެއް އަހަރު ފުރުން ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ކޭކެއް ފަޅަނީ -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
"ބިއޯންޑް" އަށް އެއް އަހަރު ފުރުން ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދާއި ޓްރާންސްޕޯޓް މިނިސްޓަރު އަމީން ބައިވެރިވެވަޑައިގަންނަވަނީ -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
"ބިއޯންޑަ"ށް އެއް އަހަރުފުރުން ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ސިމްޑީ ގްރޫޕްގެ ޖެނެރަލް މެނޭޖަރު ޔުޝާއު ސައީދު ވާހަކަ ދައްކަވަނީ. -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
"ބިއޯންޑް"އަށް އެއް އަހަރު ފުރުން ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން މިނިސްޓަރު މުހައްމަދު އަމީން ވާހަކަ ދައްކަވަނީ. -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
"ބިއޯންޑަ"ށް އެއް އަހަރުފުރުން ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވާހަކަ ދައްކަވަނީ. -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
ބިއޯންޑްއަށް އެއް އަހަރު ފުރުން ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ބިއޯންޑްގެ ސީއީއޯ އަދި ޗެއާމަން ޓަސްކިލާ ވާހަކަ ދައްކަވަނީ -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
"ބިއޯންޑް"އަށް އެއް އަހަރު ފުރުން ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ބައެއް މީހުން ބައިވެރިވަނީ -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
ބިއޯންޑްއަށް އެއް އަހަރު ފުރުން ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ސިމްޑީ ކުންފުނީގެ އެމްޑީ މިޝަލް އިބްރާހިމް ދީދީ ބައިވެރިވަނީ -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
"ބިއޯންޑް"އަށް އެއް އަހަރުފުރުން ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ބައެއް މީހުން ބައިވެރިވަނީ -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
ބިއޯންޑްއަށް އެއް އަހަރު ފުރުން ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ބިއޯންޑްގެ ސީއީއޯ އަދި ޗެއާމަން ޓަސްކިލާ އާއި ޓްރާންސްޕޯޓް މިނިސްޓަރު އަމީން ބައިވެރިވެ ވަޑައިގަންނަވަނީ -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު