ބުޅާތަކަށް ހާއްސަ "އޮޅު ހިޔާ" ހުޅުވުން
ހުޅުމާލެ - ނޮވެމްބަރު 2، 2024: މާލެ ސަރަހައްދުގެ މަގުތަކުގައި އުޅޭ ބުޅާތައް ބަލަހައްޓަން ސަރުކާރުން ހެދި "އޮޅު ހިޔާ" ވަނީ ހުޅުވާފައި. ހުޅުމާލެ 2 ގައި ހެދި ބުޅާ ފެސިލިޓީ ހުޅުއްވައިދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒު. މި ވަގުތީ ފެސިލިޓީއަކީ މާލެ ސަރަހައްދުގެ ޕާކުތަކާއި މަގުމައްޗާއި އާންމުން ތަންތަނުގައި އުޅޭ ބުޅާތައް ގިނަވެ، އެ ބުޅާތަކަށް ލިބެމުންދާ އަނިޔާތަކާއި ބުޅަލުން ޖެހޭ ބަލިތަކުން ސަލާމަތްކޮށް، ބުޅާތަކަށް ދިރިއުޅެވޭނެ ރައްކާތެރި މާހައުލެއް ހޯދައިދިނުމަށް ހުޅުވި ފެސިލިޓީއެއް. މިތަނުގައި ބުޅާތައް ކަރަންޓީނު ކުރެވޭ ސަރަހައްދަކާއި ކްލިނިކްގެ އިތުރުން ލެބޯޓްރީއެއް ވަނީ ގާއިމުކޮށްފައި. -- ފޮޓޯތައް: ފަޔާޒު މޫސާ | މިހާރު
މާލެ ސަރަހައްދުގެ މަގުތަކުގައި އުޅޭ ބުޅާތައް ބަލަހައްޓަން ސަރުކާރުން ހެދި "އޮޅު ހިޔާ": މިތަން ހުޅުވައިދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒު -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
މާލެ ސަރަހައްދުގެ މަގުތަކުގައި އުޅޭ ބުޅާތައް ބަލަހައްޓަން ސަރުކާރުން ހެދި "އޮޅު ހިޔާ": މިތަނުގައި ބުޅާތައް ކަރަންޓީނު ކުރެވޭ ސަރަހައްދަކާއި ކްލިނިކަކާއި ލެބޯޓްރީއެއްގެ އިތުރުން ބުޅަލަށް ދޭންޖެހޭ ބޭސްތައް ހުންނަ ފާމަސީއެއް ވަނީ ގާއިމްކޮށްފައި -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
ބުޅާ ފެސިލިޓީ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ފެލައިން ވެލްފެއާ އޯގަނައިޒޭޝަންގެ ބޭފުޅުންނާއެކު މޭޔަރު އާދަމް އާޒިމް ފޮޓޯއެއް ނަންގަވަނީ -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
"އޮޅު ހިޔާ" ބުޅާ ފެސިލިޓީގައި ގާއިމްކޮށްފައިވާ ލެބޯޓްރީ: މިތަނުގައި ބުޅާތައް ކަރަންޓީނު ކުރެވޭ ސަރަހައްދަކާއި ބުޅަލަށް ދޭންޖެހޭ ބޭސްތައް ހުންނަ ފާމަސީއެއް ވެސް ހުންނާނެ -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
އޮޅު ހިޔާ ކްލިނިކްގައި ޖަނަވާރުން ސާޖަރީ ކުރުމަށް ހާއްސަކޮށް ހަދާފައިވާ ސާޖަރީ ރޫމް - ފޮޓޯ: ފަޔާޒު މޫސާ | މިހާރު
އޮޅު ހިޔާގައި ޖަނަވާރުން ޑޮކްޓަރަށް ދެއްކުމަށް ހާއްސަކޮށް ހަދާފައި ހުރި ކޮޓަރިއެއް -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
މާލެ ސަރަހައްދުގެ މަގުތަކުގައި އުޅޭ ބުޅާތައް ބަލަހައްޓަން ސަރުކާރުން ހެދި "އޮޅު ހިޔާ": މި ތަނަކީ 5،000 އަކަފޫޓުގެ ބޮޑު ސަރަހައްދެއް. -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
ބުޅާ ފެސިލިޓީގައި ދުޅަހެޔޮ ބުޅާތަަ‘ ބައިތިއްބަން ހާއްސަ ކުރެވިފައިވާ ސަރަހައްދު --- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
ބުޅާ ފެސިލިޓީގައި ބުޅާތައް ދުވެ އުޅުމަށް ހާއްސަ ކޮށްފައިވާ ސަރަހައްދެއް -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
ބުޅާ ފެސިލިޓީގައި ބުޅާތައް ދުވެ އުޅެވޭ ސަރަހައްދެއް، މާލޭ ސިޓީ ކައުންސިލުން ވަނީ މިތަނުގައި މަސައްކަތް ކުރާނެ ޑޮކްޓަރުންނާއި ނަރުހުން ހޯދަން އިއުލާން ކޮށްފައި- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
ހުޅުމާލެ 2 ގައި ހެދި ބުޅާ ފެސިލިޓީ ހުޅުވުމުގެ ރަސްމިއްޔާތުގައި މާލެ ސިޓީ ކައުންސިލްގެ ކުރީގެ މެމްބަރުންނާ އަދި މިހާރުގެ މޭޔަރު އާދަމް އާޒިމް ފޮޓޯއެއް ނަންގަވަނީ -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
ހުޅުމާލެ 2 ގައި ހެދި ބުޅާ ފެސިލިޓީ ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވާހަކަފުޅު ދައްކަވަނީ -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
ހުޅުމާލެ 2 ގައި ހެދި ބުޅާ ފެސިލިޓީ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި މީހަކު ބައިވެރިވަނީ -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
ރައީސް ޑރ މުހައްމަދު މުއިއްޒާއި ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފް "އޮޅު ހިޔާ" ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގަންނަވަނީ. އަރިހުގައި އެނިމަލް ވެލްފެއާ މިނިސްޓަރު ޑރ. އައިޝަތު ރަމީލާ -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
މާލެ ސަރަހައްދުގެ މަގުތަކުގައި އުޅޭ ބުޅާތައް ބަލަހައްޓަން ސަރުކާރުން ހެދި "އޮޅު ހިޔާ" ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ސަރުކާރުގެ އިސް ބޭފުޅުންނާއި ބައެއް މީހުން ބައިވެރިވަނީ -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު