ޝައިހު އިސްމާއިލްގެ ހަރަދުގައި އިމާރާތްކުރާ މިސްކިތުގެ ބިންގާ އެޅުން
ހުޅުމާލޭ - މާޗް 5، 2025: ދީނީ އިލްމުވެރިޔާ މ. ތޮއިބާ، ޝައިހު އިސްމާއިލް މުހައްމަދު (ތޮއިބާ ޝައިހު އިސްމާއިލް) ގެ އަމިއްލަ ހަރަދުގައި ހުޅުމާލެ 1 ގައި އިމާރާތްކުރާ މަސްޖިދު އުންމުލްމުއުމިނީން އާއިޝާ ރަޟިޔަﷲ އަންހް މިސްކިތުގެ ބިންގާ އެޅުން: މިސްކިތުގެ ބިންގާ އަޅުއްވައި ދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒު އަދި އެ މަނިކުފާނުގެ އަނބިކަބަލުން ސާޖިދާ މުހައްމަދު. މި މިސްކިތް އަޅަނީ ހުޅުމާލެ 1 ގައި ރެޑް ވޭވް ކައިރީގައި ކުރިން ހުރި ވަގުތީ މިސްކިތް ތަނުގައި. އެތެރެ އާއި ބޭރުގައި 2،000 އަށް ވުރެ ގިނަ މީހުންނަށް ނަމާދު ކުރެވޭ ގޮތަށް އިމާރާތް ކުރާ މިސްކިތް ބިނާ ކުރަނީ ފުރިހަމަ ލައިބްރަރީއަކާއި ރިސާޗް ސެންޓަރަކާ އެކު ދެ ބުރިއަށް ކަމަށް މިސްކިތް އެޅުމުގެ މަސައްކަތް ކުރާ މަދީނާ އިންވެސްޓްމަންޓުން ބުނޭ--- ފޮޓޯތައް: ރައީސް އޮފީސް
ޝައިހު އިސްމާއިލްގެ ހަރަދުގައި ހުޅުމާލެ 1 ގައި އިމާރާތްކުރާ މިސްކިތުގެ މަސައްކަތް ފައްޓަވައި ދެއްވުމުގެ ގޮތުް ފަސްޓް ލޭޑީ ސާޖިދާ މުހައްމަދު ސިމެންތި އަޅުއްވަނީ.--- ފޮޓޯ: ރައީސް އޮފީސް
ޝައިހު އިސްމާއިލްގެ ހަރަދުގައި ހުޅުމާލެ 1 ގައި އިމާރާތްކުރާ މިސްކިތުގެ ބިންގާ ރައީސް މުއިއްޒު އަޅުއްވައި ދެއްވުމަށް ފަހު، މިސްކިތާ ބެހޭ މައުލޫމާތު އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ދެއްވަނީ.--- ފޮޓޯ: ރައީސް އޮފީސް
ޝައިހު އިސްމާއިލްގެ ހަރަދުގައި ހުޅުމާލެ 1 ގައި އިމާރާތްކުރާ މިސްކިތުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތު: މި މިސްކިތަކީ އެތެރެ އާއި ބޭރުގައި 2،000 އަށް ވުރެ ގިނަ މީހުންނަށް ނަމާދު ކުރެވޭ ގޮތަށް ބިނާކުރާ މިސްކިތެއް.---ފޮޓޯ: ރައީސް އޮފީސް
ޝައިހު އިސްމާއިލްގެ ހަރަދުގައި ހުޅުމާލެ 1 ގައި އިމާރާތްކުރާ މިސްކިތުގެ މަސައްކަތް ފެށުމުގެ ގޮތުން އިސްލާމިކް މިނިސްޓަރު ޑރ. ޝަހީމް ސިމެންތި އަޅުއްވާއިރު، ރައީސް މުއިއްޒާއި އިސްލާމީ މަރުކަޒުގެ އިސް އިމާމު ޝައިހު ލަތީފު މަޑުކޮށްލައްވައިގެން.-- ފޮޓޯ: ރައީސް އޮފީސް
ޝައިހު އިސްމާއިލްގެ ހަރަދުގައި ހުޅުމާލެ 1 ގައި އިމާރާތްކުރާ މިސްކިތުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގައި އިސްލާމީ މަރުކަޒުގެ އިސް އިމާމު ޝައިހު މުހައްމަދު ލަތީފު ވާހަކަ ދައްކަވަނީ.--- ފޮޓޯ: ރައީސް އޮފީސް
ޝައިހު އިސްމާއިލްގެ ހަރަދުގައި ހުޅުމާލެ 1 ގައި އިމާރާތްކުރާ މިސްކިތުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގައި އިސްލާމީ މަރުކަޒުގެ އިސް އިމާމު ޝައިހު މުހައްމަދު ލަތީފު ވާހަކަ ދައްކަވަނީ.--- ފޮޓޯ: ރައީސް އޮފީސް
ޝައިހު އިސްމާއިލްގެ ހަރަދުގައި ހުޅުމާލެ 1 ގައި އިމާރާތްކުރާ މިސްކިތުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގައި ރައީސް މުއިއްޒުގެ ދެކަނބަލުން އަދި އިސްމާއިލް (ގޮނޑީގައި އިށީނދެވަޑައިގެެން).---ފޮޓޯ: ރައީސް އޮފީސް
ޝައިހު އިސްމާއިލް ހުޅުމާލެ 1 ގައި ބިނާކުރާ އުންމުލްމުއުމިނީން އާއިޝާ ރަޟިޔަﷲ އަންހާ މިސްކިތުގެ ބިންގާ އެޅުމަށް ބޭއްވި ރަސްމިއްޔާތަށް ފަސްޓް ލޭޑީ ސާޖިދާ މުހައްމަދު ބައިވެރިވެވަޑައިގަންނަވަނީ.--- ފޮޓޯ: ރައީސް އޮފީސް
ހުޅުމާލެ 1 ގައި ބިނާކުރާ އުންމުލްމުއުމިނީން އާއިޝާ ރަޟިޔަﷲ އަންހާ މިސްކިތުގެ ބިންގާ އެޅުމަށް ބޭއްވި ރަސްމިއްޔާތަށް ރައީސް ޑރ މުހައްމަދު މުއިއްޒު ވަޑައިގަންނަވާއިރު، އަރިހުގައި ދީނީ އިލްމުވެރިޔާ މ. ތޮއިބާ، ޝައިހު އިސްމާއިލް މުހައްމަދު (ތޮއިބާ ޝައިހު އިސްމާއިލް)-- ފޮޓޯ: ރައީސް އޮފީސް
ޝައިހު އިސްމާއިލްގެ އަމިއްލަ ހަރަދުގައި ހުޅުމާލެ 1 ގައި ބިނާކުރާ އުންމުލްމުއުމިނީން އާއިޝާ ރަޟިޔަﷲ އަންހާ މިސްކިތުގެ ބިންގާ އެޅުމަށް ބޭއްވި ރަސްމިއްޔާތަށް ރައީސް ޑރ މުހައްމަދު މުއިއްޒު ވަޑައިގަތުމުން އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މަރުހަބާ ދަންނަވަނީ--- ފޮޓޯ: ރައީސް އޮފީސް
ހުޅުމާލެ 1 ގައި ޝައިހު އިސްމާއިލް ބިނާކުރާ އުންމުލްމުއުމިނީން އާއިޝާ ރަޟިޔަﷲ އަންހާ މިސްކިތުގެ ބިންގާ އެޅުމަށް ބޭއްވި ރަސްމިއްޔާތުގައި ސަރުކާރުގެ ބައެއް މިނިސްޓަރުން ބައިވެރިވެވަޑައިގަންނަވަނީ.--- ފޮޓޯ: ރައީސް އޮފީސް
ޝައިހު އިސްމާއިލްގެ ހަރަދުގައި ހުޅުމާލެ 1 ގައި އިމާރާތްކުރާ މިސްކިތުގެ ބިންގާ އެޅުމަށް ބޭއްވި ރަސްމިއްޔާތަށް ރައީސް ޑރ މުހައްމަދު މުއިއްޒު ވަޑައިގަތުމުން އެ މަނިކުފާނަށް އިސްމާއިލް މަރުހަބާ ދަންނަވަނީ.--- ފޮޓޯ: ރައީސް އޮފީސް