ދިރާގު ގުޑި ފެސްޓު 2025
ހުޅުމާލެ - މާޗް 14، 2025: ދިރާގުން މި ރޯދަމަހު ރާއްޖޭގައި އެކި ހިސާބުތަކުގައި "ދިރާގު ގުޑި ފެސްޓު" ވަނީ ކުރިއަށް ގެންގޮސްފައި. ދިރާގުން ހުޅުމާލެ 2 ގެ އެންޓްރެންސްގައި އޮންނަ ބީޗުގައި ބޭއްވި މި ހަރަކާތުގައި ގިނަ އަދަދެއްގެ ކުދިން ބެލެނިވެރިންނާ އެކު ބައިވެރިވި. މި ހަރަކާތުގައި ބައިވެރިވި ކުދިންނަށް ދިރާގުން ވަނީ ހިލޭ ގުޑި ވެސް ދީފައި. ދިރާގުން ގުޑިފެސްޓު ބޭއްވުމުގެ ބޭނުމަކީ ދިވެހިންގެ މެދުގައި ޒަމާންވީ ސަގާފީ އާދަކާދައެއްގެ ގޮތުގައި އޮތް ގުޑި އެރުވުމުގެ ހަރަކާތަށް ކުޑަކުދިން އަހުލުވެރިކޮށް، އެ ސަގާފަތް ދިރުވުން ކަމަށް އެ ކުންފުނިން ބުނޭ.--- ފޮޓޯތައް: ފަޔާޒު މޫސާ | މިހާރު
ހުޅުމާލެ 2 ގެ އެންޓްރެންސްގައި އޮންނަ ދިރާގު ބީޗުގައި ދިރާގު ގުޑި ފެސްޓު ކުރިއަށް ގެންދަނީ: މި ހަރަކާތުގައި ގިނަ އަދަދެއްގެ ކުދިން ބައިވެރިވި.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
ދިރާގުން ހުޅުމާލެ 2 ގައި ބޭއްވި ގުޑި ފެސްޓުގައި ކުއްޖަކު ގުޑި އަރުވަން ތައްޔާރުވަނީ: ގިނަ އަދަދެއްގެ ކުދިން ބައިވެރިވި މި ހަރަކާތުގައި ދިރާގުން ވަނީ ގުޑި ހަދިޔާކޮށްފައި.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
ކުޑަކުއްޖަކު އޭނާގެ ބެލެނިވެރިޔާއާ އެކު، ގުޑި ފެސްޓުގައި ގުޑި އަރުވަން ތައްޔާރުވަނީ: މި ހަރަކާތުގައި ގިނަ އަދަދެއްގެ ކުދިން ބައިވެރިވި.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
ހުޅުމާލެ 2 ގައި ބޭއްވި ދިރާގު ގުޑި ފެސްޓުގައި ކުއްޖަކު ގުޑިއަރުވަނީ.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
ދިރާގު ގުޑި ފެސްޓުގައި ދެ ކުއްޖަކު ގުޑިއަރުވަނީ: ދިރާގުން ކޮންމެ ރޯދަމަހަކު ބާއްވާ މި ގުޑި ފެސްޓަށް ބޮޑު ތަރުހީބެއް ލިބޭ.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
ދިރާގު ގުޑި ފެސްޓުގައި ކުޑަކުއްޖަކު ބެލެނިވެރިޔާ އެކު ގުޑިއަރުވަނީ: ދިރާގުން ގުޑިފެސްޓު ހަރަކާތް ރާއްޖޭގެ އެކި ހިސާބުތަކުގައި މި ރޯދަމަހުގެ އެކި ދުވަސްދުވަހަށް ބަލާލައިގެން ކުރިއަށް ގެންދާނެ.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
ގުޑި ފެސްޓުގައި ކުޑަކުއްޖަކު ބެލެނިވެރިޔާ އެކު ގުޑިއަރުވަނީ: ދިރާގުން މިދިޔަ ހޮނިހިރު ދުވަހު މާލޭގައި ވެސް ވަނީ ގުޑި ފެސްޓު ބާއްވާފައި.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
ދިރާގުގެ މި އަހަރުގެ ގުޑި ފެސްޓުގައި ކުޑަކުއްޖަކު ބެލެނިވެރިޔާއެކު ގުޑިއަރުވަނީ.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
ކުޑަކުއްޖަކު ބެލެނިވެރިންނާ އެކު، ގުޑި ފެސްޓުގައި ގުޑި އަރުވަން ތައްޔާރުވަނީ: މި ހަރަކާތުގައި ގިނަ އަދަދެއްގެ ކުދިން ބައިވެރިވި.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
ކުޑަކުއްޖަކު ބެލެނިވެރިންނާ އެކު، ގުޑި ފެސްޓުގައި ގުޑި އަރުވަނީ.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
ކުޑަކުއްޖަކު ގުޑިއެއް ހިފައިގެން ދިރާގު ބީޗުގައި: ގިނަ އަދަދެއްގެ ކުދިން ބައިވެރިވި މި ހަރަކާތުގައި ދިރާގުން ގުޑި ހިލޭ ބަހާފައި.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
ގުޑި ފެސްޓުގައި ކުޑަކުދިންތަކެއް އާއިލާ އެކު ގުޑިއަރުވަނީ: ދިރާގުން މިދިޔަ ހޮނިހިރު ދުވަހު މާލޭގައި ވެސް ވަނީ ގުޑި ފެސްޓު ބާއްވާފައި.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
ހުޅުމާލެ 2 ގެ ދިރާގު ބީޗުގައި ބޭއްވި ދިރާގު ގުޑި ފެސްޓުގައި މީހަކު ގުޑި އަރުވަނީ.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
ދިރާގު ގުޑި ފެސްޓުގައި ކުޑަކުއްޖަކު ގުޑި އަރުވަން ތައްޔާރުވަނީ: މި ހަރަކާތުގައި ބެލެނިވެރިންނާ އެކު ގިނަ އަދަދެއްގެ ކުދިން ބައިވެރިވި.--- ފޮޓޯ؛ ފަޔާޒު މޫސާ | މިހާރު
ދިރާގު ގުޑި ފެސްޓުގައި ދެ ކުއްޖަކު ގުޑި އަރުވަން ތައްޔާރުވެގެން.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
ދިރާގު ގުޑި ފެސްޓް ހުޅުމާލެ 2 ގެ އެންޓްރެންސްގައި އޮންނަ ދިރާގު ބީޗުގައި ކުރިއަށް ގެންދަނީ: މި ހަރަކާތުގައި ގިނަ އަދަދެއްގެ ކުދިން ބައިވެރިވި.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު