ފަޔާޒް މޫސާ
22 އެޕްރީލް 2025
މާލެ - އޭޕްރީލް 21، 2025: ސިފައިންގެ 133 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ކަޅުތުއްކަލާ ކޮށީގައި ބޭއްވި ހާއްސަ ޖަލްސާ، މި ޖަލްސާ ޝަރަފުވެރި ކޮއްދެއްވީ ރައީސް ޑރ މުހައްމަދު މުއިއްޒު. އެ ޖަލްސާގައި އެ މަނިކުފާނު ވަނީ އެމްއެންޑީއެފުން އަލަށް ތައާރަފުކުރި ޝަރަފުގެ ނިޝާން "ހަށިހެޔޮކަމުގެ ކުލަ" ރަސްމީކޮށް އިފްތިތާހު ކޮށްދެއްވާފައި. ރައީސުލްޖުމްހޫރިއްޔާގެ މެޑަލް ހާސިލުކުރި ސިފައިންނަށާއި މިދިޔަ އަހަރުގެ އެންމެ ހަށިހެޔޮ އަންހެން އަދި ފިރިހެން ސިފައިންގެ މެޑަލް ރައީސް ހަވާލު ކޮށްދެއްވި. ރައީސް ވިދާޅުވީ، ދިވެހި ސިފައިންގެ ވަސީލަތްތައް ވަރުގަދަ ކުރުމަކީ ލިބިވަޑައިގަންނަވާ ފަހުރެއް ކަމަށާއި އެ މަސައްކަތްތަކުގެ ތެރެއިން ސިފައިންގެ އާމީ އާއި ނޭވީ އަދި އެއާ ފޯސް ގާއިމް ކުރައްވާނެ ކަމަށް.--- ފޮޓޯތައް: ރައީސް އޮފީސް
ސިފައިންގެ 133 ވަނަ އަހަރީ ދުވަހުގެ ޖަލްސާގައި ރައީސް އަދި ސިފައިންގެ އެންމެ މަތީވެރިޔާ މުހައްމަދު މުއިއްޒު ވާހަކަފުޅު ދައްކަވަނީ: ދިވެހި ސިފައިންގެ އެއާ ފޯސް އާއި ނޭވީ އަދި އާމީއެއް އުފައްދާނެ ކަމަށް ރައީސް ވިދާޅުވި.--- ފޮޓޯ: ރައީސް އޮފީސް
ސިފައިންގެ 133 ވަނަ އަހަރީ ދުވަހުގެ ޖަލްސާގައި ސިފައިންގެ ބްރާސް ބޭންޑުގައި މިއުޒިކް ކުޅެނީ.--- ފޮޓޯ: ރައީސް އޮފީސް
ސިފައިންގެ 133 ވަނަ އަހަރީ ދުވަހުގެ ޖަލްސާގައި ރައީސް އަދި ސިފައިންގެ އެންމެ މަތީވެރިޔާ މުހައްމަދު މުއިއްޒު ވާހަކަފުޅު ދައްކަވަނީ: ދިވެހި ސިފައިންގެ އެއާ ފޯސް އާއި ނޭވީ އަދި އާމީއެއް އުފައްދާނެ ކަމަށް ރައީސް ވިދާޅުވި.--- ފޮޓޯ: ރައީސް އޮފީސް
ސިފައިންގެ އަހަރީ ދުވަހުގެ ޖަލްސާގައި ސިފައިންގެ ސްޕެޝަލް ފޯސްގެ ސިފައިން ބައިވެރިވަނީ.--- ފޮޓޯ: ރައީސް އޮފީސް
ސިފައިންނަށް އަލަށް ތަޢާރަފުކުރި ޝަރަފުގެ ނިޝާން "ހަށިހެޔޮކަމުގެ ކުލަ" ރަސްމީކޮށް ރައީސް މުއިއްޒު އިފްތިތާހު ކޮށްދެއްވަނީ.--- ފޮޓޯ: ރައީސް އޮފީސް
ސިފައިންގެ މީހެއްގެ ތަމްރީން އަލަށް ފުރިހަމަކުރި އަންހެން ސިފައިންގެ މީހަކާ ރައީސް މުއިއްޒު ބަޑި ހަވާލު ކޮށްދެއްވަނީ.---ފޮޓޯ: ރައީސް އޮފީސް
ސިފައިންގެ މީހެއްގެ ތަމްރީން އަލަށް ފުރިހަމަކުރި އަންހެން ސިފައިންގެ މީހަކާ ރައީސް މުއިއްޒު ބަޑި ހަވާލު ކޮށްދެއްވަނީ.---ފޮޓޯ: ރައީސް އޮފީސް
ސިފައިންގެ 133 ވަނަ އަހަރީ ދުވަހުގެ ޖަލްސާގައި އަލަށް އަސާސީ ތަމްރީން ކޯހުގެ ދަސްވެނިވި ސިފައިންނަށް ހުވާ ލައިދެއްވަނީ.--- ފޮޓޯ: ރައީސް އޮފީސް
ސިފައިންގެ 133 ވަނަ އަހަރީ ދުވަހުގެ ޖަލްސާގައި ޑިފެންސް މިނިސްޓަރު ޣައްސާން މައުމޫން ވާހަކަ ދައްކަވަނީ.-- ފޮޓޯ: ރައީސް އޮފީސް
ސިފައިންގެ އަހަރީ ޖަލްސާގައި، އަހަރުގެ އެންމެ ހަށިހެޔޮ ފިރިހެން ސިފައިންގެ މީހާ އަށް ރައީސް މުއިއްޒު މެޑަލް ދެއްވަނީ.--- ފޮޓޯ: ރައީސް އޮފީސް
ސިފައިންގެ އަހަރީ ޖަލްސާގައި، އަހަރުގެ އެންމެ ހަށިހެޔޮ އަންހެން ސިފައިންގެ މީހާ އަށް ރައީސް މުއިއްޒު މެޑަލް ދެއްވަނީ.--- ފޮޓޯ: ރައީސް އޮފީސް
ސިފައިންގެ އަހަރީ ދުވަހުގެ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާގެ މެޑެލް ހާސިލުކުރި ސިފައިންނަށް ރައީސް މުއިއްޒު މެޑަލް ދެއްވަނީ.--- ފޮޓޯ: ރައީސް އޮފީސް

ސިފައިންގެ އަހަރީ ޖަލްސާގައި ބައެއް މިނިސްޓަރުން ބައިވެރިވެ ވަޑައިގަންނަވަނީ.--- ފޮޓޯ: ރައީސް އޮފީސް
ސިފައިންގެ 133 ވަނަ އަހަރީ ދުވަހުގެ ޖަލްސާ ރައީސް މުއިއްޒު ޝަރަފުވެރި ކޮށްދެއްވަނީ--- ފޮޓޯ: ރައީސް އޮފީސް
ހޯމްލޭންޑް މިނިސްޓަރު އަލީ އިހްސާނާއި އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ސިފައިން އަހަރީ ޖަލްސާގައި ބައިވެރިވެވަޑައިގަންނަވަނީ.--- ފޮޓޯ: ރައީސް އޮފީސް
ސިފައިންގެ 133 ވަނަ އަހަރީ ދުވަހުގެ ޖަލްސާ ޝަރަފުވެރި ކޮށްދެއްވުމަށް ރައީސް މުއިއްޒާއި ފަސްޓް ލޭޑީ ސާޖިދާ ވަޑައިގަންނަވަނީ.--- ފޮޓޯ: ރައީސް އޮފީސް
ސިފައިންގެ 133 ވަނަ އަހަރީ ދުވަހުގެ ޖަލްސާއަށް ރައީސް މުއިއްޒު ވަޑައިގަތުމުން ޗީފް އޮފް ޑިފެންސް ފޯސް އިބްރާހިމް ހިލްމީ މަރުހަބާ ދަންނަވަނީ.--- ފޮޓޯ: ރައީސް އޮފީސް
Copyright © 2025 Mihaaru · Terms and Conditions · Privacy Policy