ފަޔާޒް މޫސާ
14 ޖުލައި 2025
އއ. މާޅޮސް ޖުލައި 14، 2025- މާޅޮހު އޯކިޑްމާގޭ އަބްދުއްރަހުމާން އާދަމް ނިދާފައި އޮއްވައި އޭނާގެ އާދަމް ބޮލަށް ހަމަލާ ދީ މަރައިލި މައްސަލައިގެ ތަހުގީގު: މި މަރުގެ މައްސަލަ ތަހުގީގު ކުރުމަށް ފުލުހުންގެ ބޮޑު ޓީމެއް މިހާރު އަންނަނީ މި ރަށުގައި ހަރަކާތްތެރިވަމުން. އަދި ފުލުހުން ދަނީ ރަށަށް އަރައި ފައިބާ މީހުންގެ މައުލޫމާތު ނަގަމުން. އުމުރުން 65 އަހަރުގެ އަބްދުއްރަހުމާންގެ ހަށިގަނޑު އިތުރު ތަހުލީލު ކުުރުމަށް މިހާރު ވަނީ މާލެ ގެންގޮސްފައި. ފުލުހުން ނިންމާފައި ވަނީ މާލެ އިން ކުރާ ތަހުލީލަށް ފަހު ރާއްޖެ އިން ބޭރަށް ހަށިގަނޑު ގެންގޮސް ޕޯސްޓްމޯޓަމް ހަދަން. އަބްުދުއްރަހުމާން ދިރިއުޅޭ ގެ މާހިޔައާ މާ ދުރު ނޫން އެ ސަހައްދަށް ފުލުހުންގެ ބޮޑު ޓީމެއް އައިސް ވަލުތެރެ އާއި އަތިރިމަތީގެ އެކި ސަރަހައްދުތައް މިއަދު ވަނީ ފާސްކޮށްފައި. އަބްދުއްރަހުމާން ނިދާފައި އޮއްވައި ބޮޑެތި ޒަހަމްތަކެއް ދީފައި ވަނިކޮށް، އެ ވަގުތު އެ އެ ގެއަށް ވަން މީހުންގެ ހަށިގަނޑުގެ ސާމްޕަލްތައް ނަގައި އެ މީހުންނަށް ފުލުހުން މިއަދު ވަނީ ސުވާލު ކުރަން ވެސް ފަށާފައި. މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ދިން އަނިޔާވެރި ހަމަލައާ ގުޅިގެން އަދިވެސް ރަށު ރައްޔިތުން ތިބީ ބޮޑު ހައިރާންކަމެއްގައި.--- ފޮޓޯތައް: ފަޔާޒު މޫސާ | މިހާރު
އަބްދުއްރަހުމާން ދިރިއުޅޭ ގެ ކައިރީގައި އުޅޭ އުމުރުން ދުވަސްވީ މީހެއްގެ ފަރާތުން ފުލުހުން މިއަދު ހަވީރު މައުލޫމާތު އެއްކުރަނީ .---ފޮޓޯ: ފަޔާޒު މޫސާ | މިހާރު
އަބްދުއްރަހުމާން ދިރިއުޅޭ ގެ ކައިރީގައި އުޅޭ މީހުންނާ ސުވާލު ކުރަން ފުލުހުން ތައްޔާރު ކޮށްފައިވާ ޝީޓެއް ހިފައިގެން ދަނީ ފުލުހުން ހަރަކާތްތެރިވަނީ .---ފޮޓޯ: ފަޔާޒު މޫސާ | މިހާރު
އަބްދުއްރަހުމާންގެ މަރު މައްސަލަ ތަހުގީގު ކުރަން މާޅޮހުގައި ހަރަކާތްތެރިވާ ފުލުހުން އެ ރަށު ގެއެއްގައި ހުރި ސީސީޓީވީގެ މެމޮރީ ކާޑު ނަގަނީ.--- ފޮޓޯ؛ ފަޔާޒު މޫސާ | މިހާރު
މާޅޮހުގެ ހުރަސް މަގު އަތިރިފަރާތް: މި ސަރަހައްދު މޫދު ވެސް ފުލުހުން ވަނީ ފީނައިގެން ބަލާފައި.---ފޮޓޯ: ފަޔާޒު މޫސާ | މިހާރު
ފުލުހުންގެ ތަހުގީގު ޓީމުގެ މެމްބަރަކު މާޅޮހުގެ ހުރަސް މަގު އަތިރިފަރާތުގެ ވާ ބޮޑު ސަރަހައްދެއް ބަލަނީ.---ފޮޓޯ: ފަޔާޒު މޫސާ | މިހާރު
ފުލުހުންގެ ތަހުގީގު ޓީމުގެ ބައެއް މީހުން މާޅޮހުގައި ހަރަކާތްތެރިވަނީ: އަބްދުއްރަހުމާންގެ ގާތިލުން ހޯދުމަށް ފުލުހުން އަންނަނީ ބުރަ މަސައްކަތްތަކެެއް ކުރަމުން.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
އަބްދުއްރަހުމާން ދިރިއުޅޭ މާހިޔަގެ ހުންނަ ސަރަހައްދު ބަންދުކޮށްފައިވާއިރު، ފޮރެންސިކް ޓީމުގެ މީހުން މިދިޔަ އާދިއްތަ ދުވަހު އިރުއޮއްސުނު ވަގުތު އެ ސަރަހައްދުގައި ހަރަކާތްތެރިވަނީ.---ފޮޓޯ: ފަޔާޒު މޫސާ | މިހާރު
އަބްދުއްރަހުމާން ދިރިއުޅުނު މާހިޔަގެ ބިއްދޮށް ސަރަހައްދު ފުލުހުން ބަންދުކޮށްފައި.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
އަބްދުއްރަހްމާންގެ ގާތިލު ހޯދަން ފުލުހުންގެ ފޮރެންސިކް ޓީމުގެ މީހަކު ބަންދުކޮށްފައިވާ ސަރަހައްދުގައި ހަރަކާތްތެރިވަނީ.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
އަބްދުއްރަހުމާންގެ ހަށިގަނޑު މާލެ ފޮނުވައިލުމަށްޓަކައި ބޮޑީބޭގަށް ލައިގެން އަބްދުއްރަހުމާންގެ ހަށިގަނޑު ފުލުހުން ސިއްހީމަރުކަޒުން ނެރެނީ-- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
އަބްދުއްރަހުމާންގެ ހަށިގަނޑު މާލެ ފޮނުވައިލުމަށްޓަކައި ފުލުހުންގެ ލޯންޗަށް އެރުވި ވަގުތު އެ ސަރަހައްދުގައި އެ ރަށު އަންހެންވެރިން މަޑުކޮށްލައިގެން: "މިއީ މި ރަށު މީހުން ކުރާ ޒާތުގެ ކަމެއް ނޫން،" ކަމަށް ގިނަ ބަޔަކު ގަބޫލުކުރޭ.---ފޮޓޯ: ފަޔާޒު މޫސާ | މިހާރު
އަބްދުއްރަހުމާންގެ ހަށިގަނޑު މާލެ ފޮނުވައިލުމަށްޓަކައި ފުލުހުންގެ ލޯންޗަށް އަރުވަނީ.---ފޮޓޯ: ފަޔާޒު މޫސާ | މިހާރު
ފުލުހުންގެ އިތުރު ތަހުލީލުތަށް ކުރުމަށް އަބްދުއްރަހުމާންގެ ހަށިގަނޑު މާލެ ފޮނުވައިލުމަށް ފުލުހުންގެ ލޯންޗަށް އެރުވި ވަގުތު އެ ރަށުގެ ބައެއް މީހުން ބަނދަރު ސަރަހައްދަށް އެއްވެފައި.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
އއ. މާޅޮހުގައި އަބްދުއްރަހަހުމާން އާދަމްގެ ހަށިގަނޑު މި ރަށު ސިއްހީ މަރުކަޒުގައި ބާއްވާފައި އޮތް އިރު، މަރުކަޒު ބޭރުގައި ބައެއް މީހުން ހަރަކާތްތެރިވަނީ--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
އއ. މާޅޮހުގައި އަބްދުއްރަހަހުމާން އާދަމްގެ ހަށިގަނޑު މި ރަށު ސިއްހީ މަރުކަޒުގައި ބާއްވާފައި އޮތް އިރު، މަރުކަޒު ބޭރުގައި އާއިލާގެ ބައެއް މީހުން ހަރަކާތްތެރިވަނީ--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
އއ. މާޅޮހުގައި އަބްދުއްރަހަހުމާން އާދަމް މަރާލި މައްސަލައިގެ ތަހުގީގަށް މި ރަށުގެ ސަރަހައްދެއް ބަންދުކޮށްފައި.---ފޮޓޯ: ފަޔާޒު މޫސާ | މިހާރު
އއ. މާޅޮހުގައި އަބްދުއްރަހަހުމާން އާދަމް މަރާލި މައްސަލައިގެ ތަހުގީގަށް މި ރަށުގެ ސަރަހައްދެއް ބަންދުކޮށްފައި.---ފޮޓޯ: ފަޔާޒު މޫސާ | މިހާރު
އަބްދުއްރަހުމާން ދިރިއުޅުމު މާހިޔަގެ ސަރަހައްދު ބަންދު ކޮށްގެން ފުލުހުން ހަރަކާތްތެރިވަނީ.--- ފޮޓޯ: ފަޔާޒު މޫސާ| މިހާރު
މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ދަންވަރު ދިން އަނިޔާވެރި ހަމަލައާ ގުޅިގެން މަރުވި މާޅޮހު އޯކިޑްމާގޭ އުމުރުން 65 އަހަރުގެ އަބްދުއްރަހުމާން އާދަމް މަރުގެ މައްސަލަ ތަހުގީގު ކުރުމަށް މި ރަށުގައި ހަރަކާތްތެރިވި ފުލުހުންގެ ތަހުގީގު ޓީމުގެ ބައެއް މީހުން ފުރަން ލޯންޗަށް އަރަނީ.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
މާޅޮހުގެ ބަނދަރުގައި އަޅާފައިވާ މަސް ދޯންޏެއްގެ ތެރޭގައި އެ ދޯނީގެ ބައެއް ފަޅުވެރިން މަޑުކޮށްލައިގެން ތިބި އިރު ފުލުހަކު ޑިއުޓީގައި: ފުލުހުންގެ ހުއްދައާ ނުލައި މި ރަށަށް އަރައި ފޭބުން ވަނީ މަނާކޮށްފައި.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy