ފޮޓޯގެލަރީ / މިނިވަން ދުވަސް

މިނިވަން 60 ތާރީހީ ފޮޓޯތަކުން

ނިޝާން އަލީ

25 ޖުލައި 2025

ރާއްޖޭގެ މިނިވަންކަމަށް މިއަަދު 60 އަހަރު ފުރުނުއިރު، ޖުލައި 26، 1965 އާ ހިސާބަށް ވަރަށް ގިނަ ކަންކަން ދިވެހި ތާރީހުގެ ތެރެއަށް ވަނީ ދޫކޮށްލާފައި. މިނިވަންކަމުގެ ބާނީ އިބްރާހިމް ނާސިރުގެ އިތުރުން އެތައް ބޭފުޅުންނެއް ވަނީ ރާއްޖޭގެ މިނިވަންކަމަށްޓަކައި ބޮޑެތި ގުރުބާނީތަކެއް ވެފައި. އިނގިރޭސިންގެ ހިމާޔަތާއި އެ މީހުންގެ ކޮންޓްރޯލް ރާއްޖެ އަށް އޮންނަން ނުޖެހޭނެ ކަމަށް ގަބޫލުކޮށް ދިވެހިންގެ ތެރެއިން ގިނަ ބަޔަކު ކެރިގެން ނުކުމެ އަޑު އުފުލި. ދިވެހިންގެ މައި އެއާޕޯޓު ފަދަ އަމިއްލަ މިނިވަންކަމާ ގުޅޭ އެތައް ކަމެއް އިނގިރޭސިންގެ އަތުން ނިގުޅައިގަނެ ދިވެހިން އަމިއްލަ އަށް ދިވެހިންގެ މިނިވަންކަން ކަށަވަރު ކުރި. މި ގެލެރީގެ ފޮޓޯތަކުން ކިޔައި މި ދެނީ އޭރުގެ ބައެއް ވާހަކަތައް.

ހުޅުލޭގައި ދިވެހީންގެ އަމިއްލަ މަސައްކަތުން ހެދި އެއާޕޯޓުގައި އެންމެ ފުރަތަމަ ޖެއްސި އެއާ ސިލޯނުގެ ބޯޓުން ރާއްޖޭގެ ބޮޑުވަޒީރު އިބްރާހީމް ނާސިރު ފައިބާވަޑައިގަތުމުން އެމަނިކުފާނަށް މަރުހަބާ ދަންނަވަނީ: ހުޅުލޭ އެއާޕޯޓަކީ ރާއްޖޭގެ މިނިވަންކަމުގެ އެންމެ ބޮޑު އެއް ރަމްޒު. – ފޮޓޯ: ދިވެހިރާއްޖޭގެ ގައުމީ އަރުޝީފް

ހުޅުލޭގައި ދިވެހީންގެ އަމިއްލަ މަސައްކަތުން ހެދި އެއާޕޯޓުގައި އެންމެ ފުރަތަމަ ޖެއްސި އެއާ ސިލޯނުގެ ބޯޓަށް އިސްތިގުބާލުކުރަން މީހުން އެއްވެފައި: ހުޅުލޭ އެއާޕޯޓަކީ ރާއްޖޭގެ މިނިވަންކަމުގެ އެންމެ ބޮޑު އެއް ރަމްޒު. – ފޮޓޯ: ދިވެހިރާއްޖޭގެ ގައުމީ އަރުޝީފް

ހުޅުލޭގައި އެއާޕޯޓް ހެދުމުގެ މަސައްކަތުގައި އޭރުގެ ވަޒީރު އިބްރާހީމް ޝިހާބު ބައިވެރިވެވަޑައިގަންނަވަނީ: ހުޅުލޭ އެއާޕޯޓަކީ ރާއްޖޭގެ މިނިވަންކަމުގެ އެންމެ ބޮޑު އެއް ރަމްޒު. – ފޮޓޯ: ދިވެހިރާއްޖޭގެ ގައުމީ އަރުޝީފް

ހުޅުލޭގައި އެއާޕޯޓް ހެދުމުގެ މަސައްކަތުގައި އާއްމު ދިވެހީން އަމަލީ ގޮތުން ބައިވެރިވަނީ: ހުޅުލޭ އެއާޕޯޓަކީ ރާއްޖޭގެ މިނިވަންކަމުގެ އެންމެ ބޮޑު އެއް ރަމްޒު. – ފޮޓޯ: ދިވެހިރާއްޖޭގެ ގައުމީ އަރުޝީފް

ހުޅުލޭގައި ދިވެހީންގެ އަމިއްލަ އެއާޕޯޓެއް ހެދުމުގެ މަސައްކަތްކުރަމުން ދިޔައިރު ބޮޑުވަޒީރު އިބްރާހީމް ނާސިރު އާއި އެ މަސައްކަތުގައި އިސްކޮށް އުޅުއްވި ބައެއް ބޭފުޅުން، މަސައްކަތް ބައްލަވާލައްވަނީ: ހުޅުލޭ އެއާޕޯޓަކީ ރާއްޖޭގެ މިނިވަންކަމުގެ އެންމެ ބޮޑު އެއް ރަމްޒު. – ފޮޓޯ: ދިވެހިރާއްޖޭގެ ގައުމީ އަރުޝީފް

ހުޅުލޭގައި ދަގަނޑު ފިލާ އަޅައިގެން އިނގިރޭސީން ހެދި ސްޓޭޝަނުގައި އެންމެ ފުރަތަަމަ ޖެއްސި ބޯޓު، އެތަނަށް ތިރިކުރަނީ: މި ސްޓޭޝަނުގެ ކޮންޓްރޯލް އިނގިރޭސިން ނަގަމުން ދިއުމަކީ ރާއްޖޭން އަމިއްލަ އެއާޕޯޓެއް ހަދަން ބޭނުންވި މައިގަނޑު ސަބަބު. – ފޮޓޯ: ދިވެހިރާއްޖޭގެ ގައުމީ އަރުޝީފް

ހުޅުލޭގައި ދަގަނޑު ފިލާ އަޅައިގެން އިނގިރޭސީން ހެދި ސްޓޭޝަނުގައި އެންމެ ފުރަތަަމަ ޖެއްސި ބޯޓު، އެތަނަށް ތިރިކުރަނީ: މި ސްޓޭޝަނުގެ ކޮންޓްރޯލް އިނގިރޭސިން ނަގަމުން ދިއުމަކީ ރާއްޖޭން އަމިއްލަ އެއާޕޯޓެއް ހަދަން ބޭނުންވި މައިގަނޑު ސަބަބު. – ފޮޓޯ: ދިވެހިރާއްޖޭގެ ގައުމީ އަރުޝީފް

ރާއްޖޭން އ.ދ ގެ މެމްބަރަކަށް ވުމަށް ފަހު އޮތް ފުރަތަމަ އާއްމު ޖަލްސާގައި، ކަކާގޭ އަހުމަދު ހިލްމީ ދީދީ (ކ) އާއި، ކަނޑި އަހުމަދު އިސްމާއީލް މަނިކު، ރާއްޖެ ތަމްސީލުކުރައްވަނީ: ރާއްޖޭން ވަނީ އިނގިރޭސީންގެ އަތުން މިނިވަންކަން ލިބުމާ އެކު އ.ދ ގައި ބައިވެރިވެފައި. – ފޮޓޯ: ދިވެހިރާއްޖޭގެ ގައުމީ އަރުޝީފް

ރާއްޖެ އަށް އ.ދ ގެ މެމްބަރުކަން ދިނުމުގެ ރަސްމިއްޔާތުގައި، އެ ޖަމިއްޔާގެ އޭރުގެ ސެކްރެޓަރީ ޖެނެރަލް ޔޫ ތާންޓު އެކަމުގެ ލިޔުން ރާއްޖޭގެ ސަފީރު ކަކާގޭ އަހުމަދު ހިލްމީ ދީދީ (ކ) އާ ހަވާލުކުރައްވަނީ: ރާއްޖޭން ވަނީ އިނގިރޭސީންގެ އަތުން މިނިވަންކަން ލިބުމާ އެކު އ.ދ ގައި ބައިވެރިވެފައި. – ފޮޓޯ: ދިވެހިރާއްޖޭގެ ގައުމީ އަރުޝީފް

ރާއްޖެ އަށް އ.ދ ގެ މެމްބަރުކަން ދިނުމުގެ ރަސްމިއްޔާތުގައި، އެ ޖަމިއްޔާގެ އޭރުގެ ސެކްރެޓަރީ ޖެނެރަލް ޔޫ ތާންޓު ވާހަކަދައްކަވަނީ: ރާއްޖޭން ވަނީ އިނގިރޭސީންގެ އަތުން މިނިވަންކަން ލިބުމާ އެކު އ.ދ ގައި ބައިވެރިވެފައި. – ފޮޓޯ: ދިވެހިރާއްޖޭގެ ގައުމީ އަރުޝީފް

ޖުލައި 26، 1965 ގައި ސްރީ ލަންކާގެ ވެރިރަށް ކޮޅުނބުގައި، ރާއްޖޭގެ މިނިވަންކަމުގެ އެއްބަސްވުމުގައި ސޮއިކުރެއްވުމަށް ފަހު ރާއްޖޭގެ ބޮޑުވަޒީރު އިބްރާހީމް ނާސިރު އާއި އިނގިރޭސި ހައިކޮމިޝަނަރު މައިކަލް ވޯކާ، އަދި ދެ ދައުލަތުގެ މަންދޫބުން ގްރޫޕް ފޮޓޯއަކަށް ހުއްޓިވަޑައިގެން. – ފޮޓޯ: ދިވެހިރާއްޖޭގެ ގައުމީ އަރުޝީފް

ސްރީ ލަންކާގައި ތިއްބަވާ އިނގިރޭސި ދައުލަތުގެ މަންދޫބުންނާ އެކު، ރާއްޖޭގެ ބޮޑުވަޒީރު އިބްރާހީމް ނާސިރު އާއި، ވަޒީރުން ބޭއްވެވި ބައްދަލުކުރެއްވުމެއްގެ ތެރެއިން: ރާއްޖޭގެ މިނިވަންކަމުގެ މަޝްވަރާތައް އޮތީ ލަންކާގެ ވެރިރަށް ކޮޅުނބުގައި. – ފޮޓޯ: ދިވެހިރާއްޖޭގެ ގައުމީ އަރުޝީފް

ސްރީ ލަންކާ އަށް ރާއްޖޭން ކަނޑައަޅާފައި ހުންނެވި ސަފީރު އަބްދުއްސައްތާރު މޫސާ ދީދީ، މަގާމާ ހަވާލުވެވަޑައިގަތުމަށް ފަހު ލިޔުމުގައި ސޮއިކުރައްވަނީ: ރާއްޖޭގެ މިނިވަންކަމުގެ މަޝްވަރާތައް އިނގިރޭސީންނާ އެކު ލަންކާގައި ކުރިއަށް ގެންދެވިއިރު، އެންމެ އިސްކޮށް މަސައްކަތްކުރެއްވި އެއް ބޭފުޅަކީ އަބްދުއްސައްތާރު. – ފޮޓޯ: ދިވެހިރާއްޖޭގެ ގައުމީ އަރުޝީފް

ޖުލައި 26، 1965 ގައި ސްރީ ލަންކާގެ ވެރިރަށް ކޮޅުނބުގައި އޮތް ރާއްޖޭގެ މިނިވަންކަމުގެ އެއްބަސްވުމުގައި ސޮއިކުރެއްވުމަށް ފަހު ރާއްޖޭގެ ބޮޑުވަޒީރު އިބްރާހީމް ނާސިރު އާއި އިނގިރޭސި ހައިކޮމިޝަނަރު މައިކަލް ވޯކާ، ސައިފޮދަކަށް އިންސާފުކުރައްވަނީ. – ފޮޓޯ: ދިވެހިރާއްޖޭގެ ގައުމީ އަރުޝީފް

ސްރީ ލަންކާގައި ތިއްބަވާ އިނގިރޭސި ދައުލަތުގެ މަންދޫބުންނާ އެކު، ރާއްޖޭގެ ބޮޑުވަޒީރު އިބްރާހީމް ނާސިރު އާއި، ވަޒީރުން ބޭއްވެވި ބައްދަލުކުރެއްވުމަކަށް ފަހު ގްރޫޕް ފޮޓޯއަކަށް ހުއްޓިވަޑައިގެން: ރާއްޖޭގެ މިނިވަންކަމުގެ މަޝްވަރާތައް އޮތީ ލަންކާގެ ވެރިރަށް ކޮޅުނބުގައި. – ފޮޓޯ: ދިވެހިރާއްޖޭގެ ގައުމީ އަރުޝީފް

ޖުލައި 26، 1965 ގައި ސްރީ ލަންކާގެ ވެރިރަށް ކޮޅުނބުގައި އޮތް ރާއްޖޭގެ މިނިވަންކަމުގެ އެއްބަސްވުމުގައި ސޮއިކުރެއްވުމަށް ފަހު ރާއްޖޭގެ ބޮޑުވަޒީރު އިބްރާހީމް ނާސިރު އާއި އިނގިރޭސި ހައިކޮމިޝަނަރު މައިކަލް ވޯކާ އެއްބަސްވުން ބަދަލުކުރައްވަނީ. – ފޮޓޯ: ދިވެހިރާއްޖޭގެ ގައުމީ އަރުޝީފް

ޖުލައި 26، 1965 ގައި ސްރީ ލަންކާގެ ވެރިރަށް ކޮޅުނބުގައި، ރާއްޖޭގެ މިނިވަންކަމުގެ އެއްބަސްވުމުގައި ސޮއިކުރެއްވުމަށް ފަހު ރާއްޖޭގެ ބޮޑުވަޒީރު އިބްރާހީމް ނާސިރު އާއި އިނގިރޭސި ހައިކޮމިޝަނަރު މައިކަލް ވޯކާ ހަދިޔާ ބަދަލުކުރައްވަނީ. – ފޮޓޯ: ދިވެހިރާއްޖޭގެ ގައުމީ އަރުޝީފް

ޖުލައި 26، 1965 ގައި ސްރީ ލަންކާގެ ވެރިރަށް ކޮޅުނބުގައި، ރާއްޖޭގެ ބޮޑުވަޒީރު އިބްރާހީމް ނާސިރު އާއި އިނގިރޭސި ހައިކޮމިޝަނަރު މައިކަލް ވޯކާ، ރާއްޖޭގެ މިނިވަންކަމުގެ އެއްބަސްވުމުގައި ސޮއިކުރައްވަނީ. – ފޮޓޯ: ދިވެހިރާއްޖޭގެ ގައުމީ އަރުޝީފް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454

mihaaru logo

Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy