މޯލްޑިވްސް ފައިނޭންޝަލް އެކްސްޕޯ 2026 ހުޅުވުން
ހުޅުމާލެ - ޖުލައި 2، 2026: މާލީ އެކި އިދާރާތައް ބައިވެރިވާ "މޯލްޑިވްސް ފައިނޭންޝަލް އެކްސްޕޯ: އެ އެކްސްޕޯ ހުޅުއްވައިދެއްވީ ރައީސް ޑރ މުހައްމަދު މުއިއްޒު. އަދި މިއަދުން ފެށިގެން އަންނަ ހޮނިހިރު ދުވަހުގެ ނިޔަލަށް ހުޅުމާލޭ ސެންޓްރަލް ޕާކްގައި ކުރިއަށް ގެންދާ އެ އެކްސްޕޯގައި މާލީ ދާއިރާގެ 30 ފަރާތަކުން ބައިވެރިވޭ. އަދި މިއަހަރުގެ އެކްސްޕޯގެ ޝިއާރަކީ "ދެމެހެއްޓެނިވި މުސްތަގުބަލަކަށް ބާރުވެރިކުރުވުން: އެންމެންގެ ބައިވެރިވުން، އީޖާދުވެރިކަން އަދި ފަންނީ ހުނަރު". މޯލްޑިވްސް ފައިނޭންޝަލް އެކްސްޕޯ އެންމެ ފަހުން ބޭއްވީ 2017 ވަނަ އަހަރު -- ފޮޓޯތައް: ފަޔާޒު މޫސާ އަދި ނިޝާން އަލީ | މިހާރު
މާލީ އެކި އިދާރާތައް ބައިވެރިވާ "މޯލްޑިވްސް ފައިނޭންޝަލް އެކްސްޕޯ 2026" ރައީސް ޑރ. މުހައްމަދު މުއިއްޒު ރަސްމީކޮށް ހުޅުއްވައިދެއްވަނީ -- ފޮޓޯ: ނިޝާން އަލީ | މިހާރު
އެކްސްޕޯ ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒާއި ގަވަރުނަރު އަހްމަދު މުނައްވަރާއި ބައެއް ބޭފުޅުން ބައިވެރިވެވަޑައިގަންނަވަނީ -- ފޮޓޯ: ނިޝާން އަލީ | މިހާރު
ފައިނޭންޝަލް އެކްސްޕޯގައި ހުޅުވާފައިވާ އެމްއެމްއޭގެ ސްޓޯލްގައި އެމްއެމްއޭގެ ބައެއް މުވައްޒަފުން މަޑުކޮށްލައިގެން: އެ އެކްސްޕޯގައި މާލީ ދާއިރާގެ 30 ފަރާތަކުން ބައިވެރިވޭ -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
ފައިނޭންޝަލް އެކްސްޕޯގައި ހުޅުވާފައިވާ އެމްއެމްއޭގެ ސްޓޯލް: އެ ސްޓޯލްގައި އެމްއެމްއޭގެ ތާރީހާ ގުޅޭ ގިނަ މައުލޫމާތުތަކެއް ހިމެނޭ -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
ފައިނޭންޝަލް އެކްސްޕޯގައި ހުޅުވާފައިވާ ބޭންކް އޮފް މޯލްޑިވްސްގެ ސްޓޯލަށް ޒިޔާރަތްކުރި މީހަކަށް އެ ބޭންކުން ލިބެން ހުރި ބައެއް ހިދުމަތްތަކާ ބެހޭގޮތުން މައުލޫމާތު ދެނީ -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
ފައިނޭންޝަލް އެކްސްޕޯ ހުޅުވުމަށްފަހު ކުރިއަށް ގެންދިޔަ ޕެނަލް ޑިސްކަޝަންގައި ރާއްޖޭގައި ހިދުމަތް ދޭ ބޭންކްތަކުގެ އިސްވެރިން ބައިވެރިވަނީ -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
ފައިނޭންޝަލް އެކްސްޕޯ ހުޅުވުމަށްފަހު ކުރިއަށް ގެންދިޔަ ޕެނަލް ޑިސްކަޝަންގައި ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފް ވާހަކަ ދައްކަވަނީ -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
ފައިނޭންޝަލް އެކްސްޕޯގައި ހުޅުވާފައިވާ އެޗްޑީސީގެ ސްޓޯލްގައި އެ ކުންފުނީގެ ބައެއް މުވައްޒަފުން ހަރަކާތްތެރިވަނީ -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
ފައިނޭންޝަލް އެކްސްޕޯގައި ހުޅުވާފައިވާ އެމްއައިބީގެ ސްޓޯލަށް ޒިޔާރަތްކުރި މީހަކަށް އެ ބޭންކުން ލިބެންހުރި ބައެއް ހިދުމަތްތަކާ ބެހޭގޮތުން މައުލޫމާތު ދެނީ -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
ފައިނޭންޝަލް އެކްސްޕޯގައި ބަޔަކު ހަރަކާތްތެރިވަނީ: އެ އެކްސްޕޯ ކުރިއަށް ދާނީ މިއަދުން ފެށިގެން އަންނަ ހޮނިހިރު ދުވަހުގެ ނިޔަލަށް ހުޅުމާލޭގެ ސެންޓްރަލް ޕާކްގައި -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
ފައިނޭންޝަލް އެކްސްޕޯގައި ހުޅުވާފައިވާ މީރާގެ ސްޓޯލްގައި ސްކޫލް ކުދިންތަކަކަށް މީރާގެ މުވައްޒަފުން މައުލޫމާތު ދެނީ -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
ފައިނޭންޝަލް އެކްސްޕޯގައި ބަޔަކު ހަރަކާތްތެރިވަނީ: އެ އެކްސްޕޯ ކުރިއަށް ދާނީ މިއަދުން ފެށިގެން އަންނަ ހޮނިހިރު ދުވަހުގެ ނިޔަލަށް ހުޅުމާލޭގެ ސެންޓްރަލް ޕާކްގައި -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
ފައިނޭންޝަލް އެކްސްޕޯގައި ހުޅުވާފައިވާ ދިނަފް ހޮސްޕިޓަލިޓީ ފަންޑްގެ ސްޓޯލަށް ޒިޔާރަތްކުރި މީހަކަށް މައުލޫމާތު ދެނީ -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
ފައިނޭންޝަލް އެކްސްޕޯގައި ހުޅުވާފައިވާ އެމްއެމްއޭގެ ސްޓޯލްގައި އެކި ޒަމާންތަކުގައި ރާއްޖޭގައި ބޭނުންކުރި ފައިސާތައް ދައްކާލަނީ -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
ފައިނޭންޝަލް އެކްސްޕޯގައި ހުރި ސްޓޯލެއްގައި މީހުންނަށް މައުލޫމާތު ދެނީ: އެ އެކްސްޕޯގައި މާލީ ދާއިރާގެ 30 ފަރާތަކުން ބައިވެރިވޭ -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
ފައިނޭންޝަލް އެކްސްޕޯގައި ދިރާގުގެ ސްޓޯލަށް ޒިޔާރަތްކުރި ބައެއް މީހުންނަށް އެ ކުންފުނީގެ މުވައްޒަފުން މައުލޫމާތު ދެނީ -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
ފައިނޭންޝަލް އެކްސްޕޯގައި ބަޔަކު ހަރަކާތްތެރިވަނީ: އެ އެކްސްޕޯ ކުރިއަށް ދާނީ މިއަދުން ފެށިގެން އަންނަ ހޮނިހިރު ދުވަހުގެ ނިޔަލަށް ހުޅުމާލޭގެ ސެންޓްރަލް ޕާކްގައި -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު