ގައުމީ ދުވަހުގެ ރަސްމީ ޖަލްސާ
ހ.އ އުތީމު - އޮގަސްޓް 15، 2026: ދިވެހިރާއްޖޭގެ ގައުމީ ދުވަހުގެ ރަސްމީ ޖަލްސާ: އުތީމްގައި ބޭއްވި މި ޖަލްސާ ޝަރަފުވެރި ކޮއްދެއްވީ ރައީސް ޑރ. މުހަމައްދު މުއިއްޒު. މިއަހަރު ޝަރަފުވެރިކަމުގެ ގައުމީ އިނާމު ލިބިވަޑައިގެންނެވީ ތިން ބޭފުޅަކަށާއި ޖަމިއްޔާއަކަށް، ހިތްވަރު ދިނުމުގެ ގައުމީ އިނާމު، ހަތް ބޭފުޅަކާއި ކުންފުންޏަކަށް، އަދި ހިދުމަތުގެ ގައުމީ އިނާމު، އެއް ބޭފުޅެއްގެ ހަނދާނަށް ވަނީ އަރުވާފައި. -- ފޮޓޯތައް: ރައީސް އޮފީސް
ނިޝާން ދިޔަމިގިލީ ޝަރަފުގެ އިއްޒަތް، ކަށިމާ އަހުމަދު ޝާކިރަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އެރުއްވުމަށް ފަހު ފޮޓޯއަކަށް ހުއްޓިވަޑައިގެން. -- ފޮޓޯ: ރައީސް އޮފީސް
ނިޝާން ދިޔަމިގިލީ ޝަރަފުގެ އިއްޒަތް ލިބިވަޑައިގެންނެވި ކަށިމާ އަހުމަދު ޝާކިރު ރަސްމީ އިއްޒަތުގައި ވަޑައިގަންނަވަނީ -- ފޮޓޯ: ރައީސް އޮފީސް
ދިވެހި އަދަބިއްޔާތުގެ ދާއިރާއިން ޝަރަފުވެރިކަމުގެ ގައުމީ އިނާމު ލިބިވަޑައިގެންނެވި އަހުމަދު އާމިރު (ފަރެސް އާމިރު)އަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އިނާމު ހަވާލުކޮށް ދެއްވަނީ.-- ފޮޓޯ: ރައީސް އޮފީސް
ވިޝުއަލް އާޓްސްގެ ދާއިރާއިން ހިތްވަރު ދިނުމުގެ ގައުމީ އިނާމު ލިބިވަޑައިގެންނެވި އިސްމާއިލް އަބްދުލްޣަފޫރުއަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އިނާމު ހަވާލުކޮށް ދެއްވަނީ.-- ފޮޓޯ: ރައީސް އޮފީސް
ހިތްވަރު ދިނުމުގެ ގައުމީ އިނާމު ލިބިވަޑައިގެންނެވި ފަރާތަކަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އިނާމު ހަވާލުކޮށް ދެއްވަނީ.-- ފޮޓޯ: ރައީސް އޮފީސް
ދިވެހި ތާރީހުގެ ދާއިރާއިން ހިތްވަރު ދިނުމުގެ ގައުމީ އިނާމު ލިބިވަޑައިގެންނެވި ކޮމާންޑް ސާޖަންޓް މޭޖާ އަބްދުﷲ ސައީދުއަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އިނާމު ހަވާލުކޮށް ދެއްވަނީ.-- ފޮޓޯ: ރައީސް އޮފީސް
މުއާސަލާތާއި އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާއިން ހިތްވަރު ދިނުމުގެ ގައުމީ އިނާމު ލިބިވަޑައިގެންނެވި އަރުޝަދު އަހުމަދަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އިނާމު ހަވާލުކޮށް ދެއްވަނީ.-- ފޮޓޯ: ރައީސް އޮފީސް
ޝަރަފުގެ ގައުމީ އިނާމު ލިބުނު ޖަމިއްޔާ، ސޮަސައިޓީ ފޯ ހެލްތު އެޑިއުކޭޝަން (ޝީ) އަށް ރައީސް ޑރ މުހައްމަދު މުއިއްޒު އިނާމު ހަވާލުކޮށްދެއްވަނީ: ޝީ އުފެއްދީ އޭޕްރީލް 7، 1988ގަ. ދިވެހިންގެ މެދުގައި ސިއްހީ ހޭލުންތެރިކަން އިތުރުކުރަން އުފެއްދި އެ ޖަމިއްޔާ އިން މިހާތަނަށް ގިނަ މަސައްކަތްތަކެއް ވަނީ ކޮށްދީފަ -- ފޮޓޯ: ރައީސް އޮފީސް
ކުޅިވަރުގެ ދާއިރާއިން މީހުން ތަމްރީނު ކުރުމުގެ ރޮނގުން ހިތްވަރު ދިނުމުގެ ގައުމީ އިނާމު، ގައުމީ ފުޓްބޯޅަ ޓީމުގެ ކުރީގެ އެސިސްޓަންޓް ކޯޗު މަރްހޫމް އިހުސާން އަބްދުލްގަނީ (ސާންތީ) ގެ ހަނދާނަށް، ސާންތީގެ ކޮއްކޮ އަހުސަން އަށް އިނާމު ހަވާލުކޮށްދެއްވަނީ -- ފޮޓޯ: ރައީސް އޮފީސް
ހިތްވަރު ދިނުމުގެ ގައުމީ އިނާމު ލިބިވަޑައިގެންނެވި ބޭފުޅުން ރައީސް ޑރ މުހައްމަދު މުއިއްޒާ އެކު ގުރޫޕް ފޮޓޯއަކަށް ހުއްޓިލައިގެން. -- ފޮޓޯ: ރައީސް އޮފީސް
މި އަހަރުގެ ގައުމީ ދުވަހުގެ ރަސްމީ ޖަލްސާ: އުތީމުގައި ބޭއްވި މި ޖަލްސާގައި ރައީސް ޑރ މުހައްމަދު މުއިއްޒުގެ ދެކަނބަލުންނާއި ދައުލަތުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވި. -- ފޮޓޯ: ރައީސް އޮފީސް
މި އަހަރުގެ ގައުމީ ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސް ޑރ މުހައްމަދު މުއިއްޒުގެ ދެކަނބަލުންނާއި އާޓްސް، ކަލްޗާ އެންޑް ހެރިޓޭޖް މިނިސްޓަރު ހީނާ ވަލީދު ބައިވެރިވެ ވަޑައިގަންނަވަނީ -- ފޮޓޯ: ރައީސް އޮފީސް
މި އަހަރުގެ ގައުމީ ދުވަހުގެ ރަސްމީ ޖަލްސާގައި ދައުލަތަށް ގިނަ ދުވަހު ހިދުމަތް ކުރެއްވި ބައެއް ބޭފުޅުން ބައިވެރިވެ ވަޑައިގަންނަވަނީ -- ފޮޓޯ: ރައީސް އޮފީސް
މި އަހަރުގެ ގައުމީ ދުވަހުގެ ރަސްމީ ޖަލްސާ ފެށުމުގެ ގޮތުން ދިވެހި ސިފައިން ގައުމީ ދިދަ ޖަހަނީ -- ފޮޓޯ: ރައީސް އޮފީސް
އުތީމުގައި ބޭއްވި މި އަހަރުގެ ގައުމީ ދުވަހުގެ ރަސްމީ ޖަލްސާގައި އާޓްސް، ކަލްޗާ އެންޑް ހެރިޓޭޖް މިނިސްޓަރު ހީނާ ވަލީދު ވާހަކަދައްކަވަނީ -- ފޮޓޯ: ރައީސް އޮފީސް
ނިޝާން ދިޔަމިގިލީ ޝަރަފުގެ އިއްޒަތް ލިބިވަޑައިގެންނެވި ކަށިމާ އަހުމަދު ޝާކިރު ގައުމީ ދުވަހުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގަންނަވަނީ --- ފޮޓޯ: ރައީސް އޮފީސް
އުތީމުގައި ބޭއްވި މި އަހަރުގެ ގައުމީ ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސް ޑރ މުހައްމަދު މުއިއްޒު ވާހަކަފުޅު ދައްކަވަނީ: އިސްލާމީ އިންތަކާ ފުށުއަރާ ގާނޫނު ނުހެދޭނެ ހަރުދަނާ ނިޒާމެއް ގާއިމްކުރާނެކަމަށް މި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ ވިދާޅުވެފަ -- ފޮޓޯ: ރައީސް އޮފީސް
ގައުމީ ދުވަހުގެ ރަސްމީ ޖަލްސާގައި "ދިވެހި ގައުމިއްޔަތުގެ ދަސްތާ" ފޮތް ރައީސް ނެރެދެއްވަނީ -- ފޮޓޯ: ރައީސް އޮފީސް