މާލެ ސަރަހައްދުގެ ވައި ތަޣައްޔަރުވެފައި
މާލެ - ނޮވެމްބަރު 23، 2026: މާލެ ސަރަހައްދުގައި ދުންފުސް ނުވަތަ ނުފާސު ވައިގެ އަސަރު ބޮޑުވެފައި. ކޮންމެ އަހަރަކު ވެސް ހުޅަނގު މޫސުން ނިމި، އިރުވައި މޫސުން ފެށެން ކައިރިވުމާ އެކު ރާއްޖޭގެ ވައިގެ ސަރަހައްދުގައި ތަޣައްޔަރު ވައި ގިނަވޭ. އަދި އިރުވައި މޫސުން ފެށި އެ މޫސުމުގެ ގިނަ ދުވަސްތައް ދަނީ، އުތުރު އިންޑިއާގެ ސަރަހައްދުތަކުން އަންނަމުންދާ މި ތަޣައްޔަރު ވައިގެ ތެރޭގައި. ރާއްޖޭގައި ނޭވާލާ ނިޒާމުގެ ބަލިތައް ރިޕޯޓްކުރި އަދަދު އަހަރަކަށް ވުރެ އަހަރެއް އިތުރުވެފައިވާކަން ވެސް އެޗްޕީއޭގެ ތަފާސްހިސާބުތަކުން ވަނީ އެނގިފައި. -- ފޮޓޯތައް: ފަޔާޒު މޫސާ | މިހާރު
މާލޭ ސަރަހައްދު އެއްކޮށް ކަހަލަގޮތަކަށް ފުސްވެފައި: ނުސާފު ވައި ނުވަތަ ދުންފުހުގެ އަސަރު މިއަދު މުޅި ރާއްޖެއަށް ކުރަމުންދާ ކަމަށް މެޓުން ވަނީ ބުނެފައި.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
މާލެ ސަރަހައްދުގެ ވައި ނުސާފުވެފައިވާ ވަގުތެއްގައި ސިނަމާލެ ބްރިޖުގެ ހައިވޭގައި ބަޔަކު ސައިކަލް ދުއްވާފައި ދަނީ.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު
މިއަދު ހުޅުމާލެއިން އެއާޕޯޓު ފެންނަ ވަރު، ދުންފުހުގެ ސަބަބުން ވައި ނުސާފުވެފައި-- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
މޯލްޑިވިއަން އެއާލައިނެއް ވެލާނާ އެއާޕޯޓަށް ޖައްސަން އަންނަނީ: މިހާރު އާންމުކޮށް ކޮންމެ އަހަރަކު ވެސް، އިރުވައި މޫސުމުގައި ރާއްޖެ އަށް ޖައްވު ތަޣައްޔަރުވުމުގެ ސަބަބުން ފުސްކަމުގެ އަސަރު ކުރޭ -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
މާލޭ ސަރަހައްދު ވިލިމާލެއާ ދިމާލު އެއްކޮށް ކަހަލަގޮތަކަށް ފުސްވެފައި: މިހާރު އާންމުކޮށް ކޮންމެ އަހަރަކު ވެސް، އިރުވައި މޫސުމުގައި ރާއްޖެ އަށް ޖައްވު ތަޣައްޔަރުވުމުގެ ސަބަބުން ފުސްކަމުގެ އަސަރު ކުރޭ -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
މާލޭ ސަރަހައްދު ތިލަފުއްޓާ ދިމާލު އެއްކޮށް ކަހަލަގޮތަކަށް ފުސްވެފައި: މިހާރު އާންމުކޮށް ކޮންމެ އަހަރަކު ވެސް، އިރުވައި މޫސުމުގައި ރާއްޖެ އަށް ޖައްވު ތަޣައްޔަރުވުމުގެ ސަބަބުން ފުސްކަމުގެ އަސަރު ކުރޭ -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
މާލޭ ސަރަހައްދު ތިލަފުއްޓާ ދިމާލު އެއްކޮށް ކަހަލަގޮތަކަށް ފުސްވެފައި: މިހާރު އާންމުކޮށް ކޮންމެ އަހަރަކު ވެސް، އިރުވައި މޫސުމުގައި ރާއްޖެ އަށް ޖައްވު ތަޣައްޔަރުވުމުގެ ސަބަބުން ފުސްކަމުގެ އަސަރު ކުރޭ -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
މަޖީދީމަގު ދުންފުހުގެ ސަބަބުން ވައި ނުސާފުވެފަ: ކުރިއަށް އޮތް ތިން ދުވަހު ވެސް ވައި ނުސާފުވާނެތީ ރައްކާތެރިވާން ވަނީ އިލްތިމާސް ކޮއްފަ .---ފޮޓޯ: ފަޔާޒު މޫސާ| މިހާރު
ހުޅުމާލެ ފޭސް ދޭއް ސަރަހައްދުގެ ވައި ނުސާފުވެފައި: ނުސާފު ވައި ނުވަތަ ދުންފުހުގެ އަސަރު މިއަދު މުޅި ރާއްޖެއަށް ކުރަމުންދާ ކަމަށް މެޓުން ވަނީ ބުނެފަ .---ފޮޓޯ: ފަޔާޒު މޫސާ| މިހާރު
މާލެ ސަރަހައްދުގެ ވައި ނުސާފުވެފައިވާ ވަގުތުގައި ސިނަމާލެ ބްރިޖުން ބަޔަކު ސައިކަލް ދުއްވާފައި ދަނީ .---ފޮޓޯ: ފަޔާޒު މޫސާ| މިހާރު
ބޮޑުތަކުރުފާނު މަގުން ބަޔަކު ސައިކަލް ދުއްވާފައި: ކުރިއަށް އޮތް ތިން ދުވަހު ވެސް ވައި ނުސާފުވާނެތީ ރައްކާތެރިވާން ވަނީ އިލްތިމާސް ކޮއްފަ .---ފޮޓޯ: ފަޔާޒު މޫސާ| މިހާރު
މާލެ ސަރަހައްދުގެ ވައި ނުސާފުވެފައިވާ ވަގުތެއްގައި ފެރީއެއް މާލެ ފަޅަށް ވަންނަން އަންނަނީ. --ފޮޓޯ: ފަޔާޒު މޫސާ| މިހާރު