ފޮޓޯގެލަރީ / ސަން އައިލެންޑް ރިސޯޓް އެންޑް ސްޕާ

މިހާރު ލެފުން: ސަން އައިލެންޑް ރިސޯޓް

ނިޝާން އަލީ

24 އެޕްރީލް 2017

ސަން އައިލެންޑް ރިސޯޓް: މީގެ 20 އަހަރު ކުރިން ހުޅުވި މި ރިސޯޯޓަކީ ވިލާ ގުރޫޕްގެ ޗެއާމަން ގާސިމް އިބްރާހީމް ހާއްސަ ޝައުގުވެރިކަމެއް ދެއްވައިގެން ހެދި ރިސޯޓެއް. ގާތްގަނޑަކަށް 48 މިލިއަން ޑޮލަރު ޚަރަދު ކުރައްވައިގެން ހެދި މި ރިސޯޓު ވެފައި ވަނީ ރާއްޖޭގައި މިހާތަނަށް ހިންގާ އެންމެ ބޮޑު ރިސޯޓް. މި ރިިސޯޓް ހުޅުވުމާއެކު ރާއްޖޭގެ ޓޫރިޒަމަށް ވަރަށް ބޮޑު އިންގިލާބެއް އައިސްފައިވާއިރު، ވަރަށް ގިނަ އާ ކަންތައްތަކެއް ވެސް ސަން އައިލެންޑާ އެކު ގާސިމް ވަނީ ތައާރަފު ކޮށްދެއްވާފައި.---މިހާރު ފޮޓޯތައް: ނިޝާން އަލީ

ސަން އައިލެންޑް: މާޗު 5، 2017: ރިސޯޓްގެ މަގުތައް ކުނިކެހުމުގައި ދިވެހިން އަންހެނުން: ސަން އައިލެންޑާ ކައިރީގައި އޮތް މާމިގިއްޔާއި ފެންފުށިން ކޮންމެ ދުވަހު ވަރަށް ހެނދުނާ އަންހެނުން އައިސް ރަށުތެރެ ކުނިކަހާ ސާފުކުރޭ -- ފޮޓޯ: ނިޝާން އަލީ/ މިހާރު

ސަން އައިލެންޑް: މާޗު 5، 2017: ރިސޯޓްގެ މަގަކުން މުވައްޒަފުން ހިނގާފައި ދަނީ: މިއީ ރީތި ރިސޯޓެއް -- ފޮޓޯ: ނިޝާން އަލީ/ މިހާރު

ސަން އައިލެންޑް: މާޗު 5، 2017: ރިސޯޓްގެ މަގުތައް ކުނިކެހުމުގައި ދިވެހިން އަންހެނުން: ސަން އައިލެންޑާ ކައިރީގައި އޮތް މާމިގިއްޔާއި ފެންފުށިން ކޮންމެ ދުވަހު ވަރަށް ހެނދުނާ އަންހެނުން އައިސް ރަށުތެރެ ކުނިކަހާ ސާފުކުރޭ -- ފޮޓޯ: ނިޝާން އަލީ/ މިހާރު

ސަން އައިލެންޑްގެ ބައެއް މުވައްޒަފުން އެ ރިސޯޓުގެ ފެހި މަގަކުން ބައިސްކަލު ދުއްވާފައި ދަނީ -- ފޮޓޯ: ނިޝާން އަލީ/ މިހާރު

ސަން އައިލެންޑް: މާޗު 5، 2017: ރިސޯޓުގެ ވަރަށް ރީތި، ފެހި މަގަކުން މުވައްޒަފުން ހިނގާފައި އަންނަނީ: މި ރިސޯޓުގެ ފެހިކަން އެއީ ޓޫރިސްޓުންގެ ތައުރީފު އޮހިފައިވާ ކަމެއް-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ސަން އައިލެންޑް: މާޗު 5، 2017: ފެހި ގަސްތަކުން ހިޔާވެފައި އޮތް، ރިސޯޓުގެ ރީތި މަގެއް-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ސަން އައިލެންޑް: މާޗު 5، 2017: އިޓާލިއަން ރެސްޓޯރެންޓް-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ސަން އައިލެންޑް: މާޗު 5، 2017: ރިސޯޓްގެ އަތިރިމަތީގައި ހުންނަ ކޮފީ ޝޮޕް -- ފޮޓޯ: ނިޝާން އަލީ/ މިހާރު

ސަން އައިލެންޑް: މާޗު 5، 2017: ޓޫރިސްޓުންތަކެއް ބިލިޔާޑް ކުޅެނީ-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ސަން އައިލެންޑް: މާޗު 5، 2017: ޓޫރިސްޓަކު ލޮބީގައި މަޑުކޮއްލައިގެން-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ސަން އައިލެންޑް: މާޗު 5، 2017: ރިސޯޓުގެ ފަޅު ތެރެއަށް މަޑިތައް ޖަމާވެފައި: މިއީ މި ރިސޯޓުގައި ކޮންމެ ދުވަހަކު ހަވީރު ޓޫރިސްޓުން އެންމެ ޝައުގުވެރިކަމާ އެކު ދެކެން ބޭނުންވާ މަންޒަރު: މަޑިތައް ކޮންމެ ދުވަހަކު އެއް ގަޑިއަކަށް އެއް ތަނަކަށް އެއްވެ އެއަށް ކާންދޭ މަންޒަރު ޓޫރިސްޓުން ބަލަން އާދޭ -- ފޮޓޯ: ނިޝާން އަލީ/ މިހާރު

ސަން އައިލެންޑް: މާޗު 5، 2017: ޓޫރިސްޓުންތަކެއް ބީޗުގައި-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ސަން އައިލެންޑް: މާޗު 5، 2017: ރިސޯޓުގެ ފެހި ސަރަހައްދު: ވަރަށް ހިމޭންކޮށް އޮންނަ މި ސަރަހައްދަކީ، މި ރިސޯޓަށް އަންނަ ޓޫރިސްޓުންނަށް އެންމެ ހިތްގައިމު އެއް ސަރަހައްދު -- ފޮޓޯ: ނިޝާން އަލީ/ މިހާރު

ސަން އައިލެންޑް: މާޗު 5، 2017: ރިސޯޓުގެ ފެހި ސަރަހައްދު: ވަރަށް ހިމޭންކޮށް އޮންނަ މި ސަރަހައްދަކީ، މި ރިސޯޓަށް އަންނަ ޓޫރިސްޓުންނަށް އެންމެ ހިތްގައިމު އެއް ސަރަހައްދު -- ފޮޓޯ: ނިޝާން އަލީ/ މިހާރު

ސަން އައިލެންޑް: މާޗު 5، 2017: ދެ ޓޫރިސްޓަކު ކަނދުފަތި ދުއްވާލުމަށް ތައްޔާރުވަނީ-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ސަން އައިލެންޑް: މާޗު 5، 2017: ރިސޯޓުގެ މަގުމަތީގައި ހުރި ކުރުނބާ ގާޑިއާއެއް ކައިރީގައި ދެ ޓޫރިސްޓަކު މަޑުކޮށްލައިގެން-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ސަން އައިލެންޑް: މާޗު 5، 2017: ޓޫރިސްޓަކު ކެނޯ ދުއްވަނީ-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ސަން އައިލެންޑް: މާޗު 5، 2017: ދެ ޓޫރިސްޓަކު ކެނޯއެއް ދުއްވަނީ-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ސަން އައިލެންޑް: މާޗު 5، 2017: ރިސޯޓްގެ ފެހި މަގެއް: މި ރިސޯޓްގެ އެންމެ ހާއްސަ އެއް ކަމަކީ ރަށުގެ ފެހިކަން. ގަސްތައް އިންދުމާއި ބެލެހެއްޓުމުގައި ވެސް ގިނަ މުވައްޒަފުންތަކެއް ގެންގުޅޭ-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ސަން އައިލެންޑް: މާޗު 5، 2017: ދެ ޓޫރިސްޓަކު ރެސްޓޯރަންޓު ބޭރުގައި ކަނީ-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ސަން އައިލެންޑް: މާޗު 5، 2017: ރިސޯޓްގައި އޮތް ކައިވެނީގެ ރަސްމިއްޔާތެއްގައި ޖެނެރަލް މެނޭޖަރު ޑރ. އަބްދުﷲ މައުސޫމް (ކޮޅަށް ވާތުން 4 ގައި): މި ރިސޯޓްގައި މިހާތަނަށް ވަރަށް ގިނަ ކައިވެނިތައް ވަނީ ބާއްވާފައި -- ފޮޓޯ: ނިޝާން އަލީ/ މިހާރު

ސަން އައިލެންޑް: މާޗު 5، 2017: ރިސޯޓްގައި ހުރި ސްޕާގެ ބޭރު: މި ސްޕާއަކީ އެންމެ ޒަމާނީ ފެންްވަރުގެ ސްޕާއެއް-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ސަން އައިލެންޑް: މާޗު 5، 2017: ރިސޯޓުގައި ޓޫރިސްޓުންތަކެއް ހިނގާލަނީ-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ސަން އައިލެންޑް: މާޗު 5، 2017: ވޯޓާ ބަންގަލޯގެ ރޫމެއްގެ ބޭރު-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ސަން އައިލެންޑް: މާޗު 5، 2017: ވޯޓާ ބަންގަލޯގެ ރޫމެއް ބެޑް އަޅާ ތައްޔާރުކޮށްފައި-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ސަން އައިލެންޑް ރިސޯޓް، މާޗް 5، 2017: ރިސޯޓްގެ ވޯޓާ ބަންގަލޯއެއްގެ ސިޓިން އޭރިއާ -- ފޮޓޯ: ނިޝާން އަލީ/ މިހާރު

ސަން އައިލެންޑް ރިސޯޓް، މާޗް 5، 2017: ރިސޯޓްގެ ލޮބީގައި އޮތް ފެންގަނޑެއް: މި ރިސޯޓް ޑިޒައިން ކޮށްފައިވާ ގޮތުން ހުރިހާ ތަނަކީ ވެސް ގުދުރަތީ ރީތިކަން ހިމެނޭ ގޮތަށް ޑިޒައިން ކޮށްފައިވާ ތަންތަން -- ފޮޓޯ: ނިޝާން އަލީ/ މިހާރު

ސަން އައިލެންޑް ރިސޯޓް، މާޗް 5، 2017: ރިސޯޓުގެ ޓޫރިސްޓުންނަށް މުވައްޒަފަކު ހިދުމަތް ދެނީ: ސަން އައިލެންޑަކީ ރާއްޖޭގެ މުވައްޒަފުން އެންމެ ގިނަ ރިސޯޓް. މި ރިސޯޓްގައި 900އެއްހާ މުވައްޒަފުން ވަޒީފާ އަދާކުރާއިރު އޭގެ ތެރޭގައި ވަރަށް ގިނަ އަދަދަށް ދިވެހިން ހިމެނޭ -- ފޮޓޯ: ނިޝާން އަލީ/ މިހާރު

މާޗް 5، 2017- ވިލާގެ ޗެއާމަން ގާސިމް އޭނާގެ ސަން އައިލެންޑް ރިސޯޓުގެ މަގެއްގެ ދެ ފަރާތުގައި ހައްދާފައިވާ ރުށްތައް "މިހާރު"ގެ ނޫސްވެރިންނަށް ދައްކާލައްވަނީ.---މިހާރު ފޮޓޯ: ނިޝާން އަލީ

ސަން އައިލެންޑް ރިސޯޓް، މާޗް 5، 2017: ރިސޯޓްގެ އޯނަރު ގާސިމް އިބްރާހިމް ސަން އައިލެންޑް ރިސޯޓްގައި ސައިކަލް ދުއްވަވަނީ: މި ސައިކަލަކީ ސަން އައިލެންޑް ހަދަމުން ދިޔަ ދުވަސްވަރު އެ ރަށަށް ގެންދިޔަ ސައިކަލެއް. ގާސިމް ސަން އަށް ވަޑައިގެންފި ނަމަ މުޅިން ވެސް އުޅުއްވާނީ މި ސައިކަލްގައި -- ފޮޓޯ: ނިޝާން އަލީ/ މިހާރު

ސަން އައިލެންޑް ރިސޯޓް، މާޗް 5، 2017: ރިސޯޓްގެ އޯނަރު ގާސިމް އިބްރާހިމް އެ ރިސޯޓުގެ ރީތި މަގަކުން ހިންގަވާފައި ވަޑައިގަންނަވަނީ. އެހެން ހަތަރު ރިސޯޓެއް ވެސް ހިންގަވާ ގާސިމްގެ ސަން އައިލެންޑަކީ އޭނާ އަށް ވަރަށް ޚާއްސަ ރިސޯޓެއް -- ފޮޓޯ: ނިޝާން އަލީ/ މިހާރު

ސަން އައިލެންޑް ރިސޯޓް، މާޗް 5، 2017: ރިސޯޓަށް އައި ޓޫރިސްޓުންތަކެއް ބީޗްގައި. މި ރިސޯޓަށް ތަކުރާރުކޮށް އެތައް ބައިވަރު ޓޫރިސްޓުންނެއް އާދޭ -- ފޮޓޯ: ނިޝާން އަލީ/ މިހާރު

ސަން އައިލެންޑް ރިސޯޓް، މާޗް 5، 2017: ރިސޯޓުގެ މޫދު ކޮޓަރިތައް ގުޅުވާލައިފައިވާ ފާލަމުން ދެ ޓޫރިސްޓަކު ބައިސްކަލްގައި ދަނީ. މި ރިސޯޓުގައި ހުރިހާ ޓޫރިސްޓުން އުޅެނީ ބައިސްކަލްގައި. ސަބަބަކީ ރަށް ބޮޑުވެފައި މުޅި ރަށުގައި ހިނގާފައި އުޅުމަކީ ފަސޭހަ ކަމަކަށް ނުވާތީ. ބައިސްކަލްގައި އުޅުމަކީ ޓޫރިސްޓުންނަށް ވަރަށް ތަފާތު ތަޖުރިބާއެއް -- ފޮޓޯ: ނިޝާން އަލީ/ މިހާރު

ސަން އައިލެންޑް ރިސޯޓް، މާޗް 5، 2017: ރިސޯޓްގެ ބީޗް: މިއީ ބޮޑު ރަށަކަށް ވެފައި، ރިސޯޓުގެ ވަށައިގެން ރީތި ބީޗެއް އޮވޭ -- ފޮޓޯ: ނިޝާން އަލީ/ މިހާރު

ސަން އައިލެންޑް ރިސޯޓުގެ މަތިން މަގާފައިވާ ފޮޓޯއެއް: ވަރަށް ހިތްގައިމު ސަރަހައްދެއްގައި ހަދާފައިވާ ގިނަ އަދަދެއްގެ މޫދު ކޮޓަރިތަކުގެ ތެރޭގައި ޕްރެޒިޑެންޝަލް ސުއިޓްތަކެއް ވެސް ހިމެނޭ. މި މޫދު ކޮޓަރިތައް ހިމެނޭ ސަރަހައްދަކީ ވަރަށް އާދަޔާޚިލާފު ގުދުރަތީ ރީތިކަމެއް ހިމެނޭ ސަރަހައްދެއް .-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ފަހުގެ ފޮޓޯ ގެލަރީ

photo gallery icon

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454

mihaaru logo

Copyright © 2021 Mihaaru · Terms and Conditions · Privacy Policy