ފޮޓޯގެލަރީ / ދުނިޔެ

ރޯދަ ވީއްލުން އެކި ގައުމުތަކުން

ހަފީޒާ އަހުމަދު

8 ޖޫން 2016

އިސްލާމީ އެކި ގައުމުތަކުގައި ރޯދަ ވީއްލުން

ޕާކިސްތާން: ޖޫން 7، 2016: ރަމަޟާން މަހު ފުރަތަމަ ދުވަހުގެ ރޯދަ ވީއްލުމަށް ޕާކިސްތާނުގެ ފިރިހެނުންތަކެއް މިސްކިތުގައި ޖޫސް ތައްޔާރުކުރަނީ.-- ފޮޓޯ: އޭއެފްޕީ

ތުރުކީ: ޖޫން 6، 2016: ރަމަޟާން މަހު ފުރަތަމަ ދުވަހު ތުރުކީ ބަޔަކު، އިސްތަންބުލްގައި ހުންނަ ބްލޫ މިސްކިތު ގޯތިތެރޭގައި ރޯދަ ވީއްލަނީ.-- ފޮޓޯ: އޭއެފްޕީ

ކުވައިތު: ޖޫން 7، 2016: ރަމަޟާން މަހު ފުރަތަމަ ދުވަހުގެ ރޯދަ ވީއްލުމަށް ކުވޭތުގެ މާރުކޭޓެެއްގައި މީހަކު ސެލެޑް ހަދަނީ.-- ފޮޓޯ: އޭއެފްޕީ

އަފްޣާނިސްތާން: ޖޫން 6، 2016: ރަމަޟާން މަހު ފުރަތަމަ ދުވަހުގެ ރޯދަ ވީއްލުމަށް ކުޑަކުދިންތަކެއް ކާނާ ހޯދުމަށް ކިއޫއެއްގައި މަޑުކޮށްލައިގެން.-- ފޮޓޯ: އޭއެފްޕީ

އަފްޣާނިސްތާން: ޖޫން 7، 2016: ރަމަޟާން މަހު ފުރަތަމަ ދުވަހުގެ ރޯދަ ވީއްލުމަށް ފަގީރުންނަށް ކާނާ ބަހަނީ.-- ފޮޓޯ: އޭއެފްޕީ

ޕާކިސްތާން: ޖޫން 7، 2016: ރަމަޟާން މަހު ފުރަތަމަ ދުވަހުގެ ރޯދަ ވީއްލުމަށް ޕާކިސްތާނުގައި ބަޔަކު ހެދިކާ ހަދަނީ. -- ފޮޓޯ: އޭއެފްޕީ

ޕާކިސްތާން: ޖޫން 7، 2016: ރަމަޟާން މަހު ފުރަތަމަ ދުވަހުގެ ރޯދަ ވީއްލުމަށް ޕާކިސްތާނުގެ ބޭކަރީއަކުން ކާއެއްޗެހި ތައްޔާރުކުރަނީ.-- ފޮޓޯ: އޭއެފްޕީ

ކަރާޗީ: ޖޫން 7، 2016: ރަމަޟާން މަހު ފުރަތަމަ ދުވަހު ޕާކިސްތާނު މީހަކު ކަރާޗީގެ މާރުކޭޓުން އަނބު ގަންނަނީ.-- ފޮޓޯ: އޭއެފްޕީ

އިސްތަންބުލް: ޖޫން 6، 2016: ރަމަޟާން މަހު ފުރަތަމަ ދުވަހުގެ ރޯދަ ވީއްލުމަށް އިސްތަންބުލްގެ ބުލޫ މިސްކިތު ކުރިމަތީގައި އޮތް ވިނަގަނޑުގައި ބަޔަކު ރޯދަ ވީއްލަނީ.-- ފޮޓޯ: އޭއެފްޕީ

ޕާކިސްތާން: ޖޫން 7، 2016: ރަމަޟާން މަހު ފުރަތަމަ ދުވަހުގެ ރޯދަ ވީއްލުމަށް ޕާކިސްތާނުގެ ޕިޝާވަރުގެ މިސްކިތެއްގައި ތިބި ބަޔަކަށް ޖޫސް ބަހަނީ.-- ފޮޓޯ: އޭއެފްޕީ

ޕާކިސްތާން: ޖޫން 7، 2016: ރަމަޟާން މަހު ފުރަތަމަ ދުވަހުގެ ރޯދަ ވީއްލުމަށް ޕާކިސްތާނުގެ މިސްކިތަކަށް ޖަމާވެފައިތިބި މީހުންނަށް ޖޫސް ބަހަނީ.-- ފޮޓޯ: އޭއެފްޕީ

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454

mihaaru logo

Copyright © 2025 Mihaaru · Terms and Conditions · Privacy Policy